Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމުގެ ޚާއްސަ މެޗު

އުއްޗު އާއި އެސްޓީއޯއިން ގައުމީ ޓީމަށް އެއް މިލިޔަން ރުފިޔާ

29 އޮކްޓޯބަރު 2021 | ހުކުރު 14:27

މި ފައިސާ ބަހާލާނީ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަހަމައަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 އޮކްޓޯބަރު 2021 | ހުކުރު 14:27
ގައުމީ ޓީމުން ކުރެއްދޫގައި ކުޅުނު ޚާއްސަ މެޗަށްފަހު

ގައުމީ ޓީމުން ކުރެއްދޫގައި ކުޅުނު ޚާއްސަ މެޗަށްފަހު

މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (އުއްޗު) އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް އެއް މިލިޔަން ރުފިޔާގެ ފައިސާގެ އިނާމެއް ދީފިއެވެ.

ގައުމީ ޓީމަށް ފައިސާގެ އިނާމެއް އެރުވީ އުއްޗުގެ ދައުވަތަކަށް ކުރެއްދޫ އައިލެންޑް ރިސޯޓުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު ޚާއްސަ މެޗަށްފަހުއެވެ. މި މެޗުގައި ގައުމީ ޓީމާ ދެކޮޅަށް ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޓީމު ނުކުތްއިރު، މި މެޗުން ގައުމީ ޓީމު މޮޅުވީ ފަސޭހަކަމާއެކު 7-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ގައުމީ ޓީމުގެ އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ހެޓްރިކް ހެދިއިރު، އަސަދުﷲ އަބްދުﷲ (އަސަކޮ) ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން ގައުމީ ޓީމުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު އުމެއިރާއި އަލީ ފާސިރު (ސެންޓޭ) އެވެ. މި މެޗުގައި ކުރެއްދޫއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ގުރޭޝް އަބްދުލް ރައްޒާގެވެ.

މި މެޗަށްފަހު އުއްޗު ވަނީ މެޗުން މޮޅުވި ގައުމީ ޓީމަށް ފަސް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދެއްވާފައެވެ. އަދި އެސްޓީއޯއިންވެސް ވަނީ ގައުމީ ޓީމަށް ފަސް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. ދެން ގައުމީ ޓީމަށް ފައިސާގެ އިނާމު ދިނީ ދިރާގުގެ އިތުރުން ވިލާ ޓްރެވަލްސްއިންނެވެ. އެގޮތުން މި ކޮންމެ ކުންފުންޏަކުން ވަނީ ގައުމީ ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އެހެންކަމުން ގައުމީ ޓީމަށް ޖުމްލަ 1.2 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެ އިތުރުން މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ލިޓަސްއިން އިނާމެއްގެ ގޮތުގައި ސައިކަލެއް ހުށަހެޅިއިރު، އެ އިނާމު ލިބިފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދަގަނޑޭއަށެވެ. އަދި ސަންފްރަންޓުން ހުށަހެޅި ބެޓެރި ސައިކަލް ކުރެއްދޫގެ ކެޕްޓަން ގުރޭޝް އަބްދުލް ރައްޒާގަށް ލިބުނުއިރު، ސަންފްރަންޓުން ދެން ހުށަހެޅި ބައިސްކަލް ލިބުނީ ކުރެއްދޫގެ ކޯޗު މުޙައްމަދު އަބްދުލް ޣަނީއަށެވެ.

މި މެޗަށްފަހު ދެއްވި އިންޓަވިއުއެއްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގައުމީ ޓީމަށް މި ލިބުނު ފައިސާ ބަހާލާނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަހަމައަށް ކަމަށެވެ.

އުއްޗުގެ ދައުވަތަކަށް ކުޅުނު މި ޚާއްސަ މެޗުގެ ޓްރާންސްޕޯޓް ޕާޓްނަރުންނަކީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި، މަންތާ އެއާ އަދި މޯލްޑިވިއަންއެވެ. އަދި މި ޚާއްސަ މެޗުގެ މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީއެވެ. ކުރެއްދޫގައި ކުޅުނު މި މެޗު ރާއްޖެޓީވީން ވަނީ ވަގުތުން ގެނެސްދީފައެވެ.

ގައުމީ ޓީމުން ކުރެއްދޫގައި ޚާއްސަ މެޗެއް ކުޅުނުއިރު، މިދިޔަ ހަފުތާގައި ގައުމީ ޓީމުން ވަނީ ހދ. ކުޅުދުއްފުށި ސިޓީގައިވެސް ޚާއްސަ މެޗެއް ކުޅެފައެވެ. އެ މެޗަކީ ކުޅުދުއްފުށީގައި ސަރުކާރުގެ ފަރާތުން އެޅި ފެންވަރު ރަނގަޅު ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު މެޗެކެވެ. އެ މެޗުން ގައުމީ ޓީމު މޮޅުވީ ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުންނެވެ.

ގައުމީ ޓީމަށް ދެން އެންމެ އަވަހަށް އޮތް މުބާރާތަކީ އަންނަ ނޮވެމްބަރު މަހު ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް) އެވެ. މުބާރާތުގައި ހަތަރު ގައުމު ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ދާދި ފަހުން ވަނީ އައު ކޯޗު ފްރެންސެސްކޯ މޮރިއޭރޯއާއެކު ފަރިތަކުރުންތައް ފަށާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް