Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ކަޕް ކޮލިފައިން

ބަހްރޭން އަތުންވެސް ޒުވާން ގައުމީ ޓީމު ބަލިވެއްޖެ

28 އޮކްޓޯބަރު 2021 | ބުރާސްފަތި 23:03

ފުރަތަމަ މެޗުން އިރާގު އަތުންވެސް ރާއްޖެ ވަނީ ބަލިވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 23:03
ރާއްޖެ އާއި ބަހްރޭން ބައްދަލުކުރި މެޗުގެ ތެރެއިން

ރާއްޖެ އާއި ބަހްރޭން ބައްދަލުކުރި މެޗުގެ ތެރެއިން

އަންނަ އަހަރު އުޒްބެކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ 23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ދެވަނަ މެޗުން ބަހްރޭން އަތުން ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.

ކޮލިފައިންގެ ގްރޫޕް ސީގައި ރާއްޖެ އާއެކު ދެން ހިމެނުނީ ބަހްރޭނާއި އިރާގެވެ. މި ގްރޫޕުގައި އަފްޣާނިސްތާން ހިމެނުނު ނަމަވެސް، ފަހު ވަގުތު އަފްޣާނިސްތާނަށް ބަހްރޭނަށް ދެވޭގޮތް ވަނީ ނުވެފައެވެ. އެހެންކަމުން ކޮންމެ ގައުމަކަށްވެސް ކޮލިފައިންގައި ކުޅެން ލިބުނީ ދެ މެޗެވެ.

މި ފަހަރުގެ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން އިރާގު އަތުން 4-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވެފައިވާއިރު، ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ވަނީ ބަހްރޭން އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

ބަހްރޭނުގައި ކުޅުނު މި މެޗުގެ 16 ވަނަ މިނެޓުގައި އެ ގައުމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަދްނާން ފަވާޒެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ލީޑު ފުޅާކުރަން ބަހްރޭނަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ބަހްރޭން ކުޅުންތެރިޔާ ފޮނުވާލި ޕެނަލްޓީ ރާއްޖޭގެ ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ) ވަނީ މަތަކޮށްފައެވެ.

އެކަމަކު އޭގެ އިރުކޮޅެއް ފަހުން މުޙައްމަދު ގައްޔޫމް ވަނީ ލަނޑެއް ޖަހައި، ބަހްރޭނުގެ ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި ބަހްރޭނުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ލިބުނު އިތުރު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އައްބާސް ފަދޭލެވެ.

މި ފަހަރުގެ ކޮލިފައިންގައި ބަހްރޭން އަތުން 3-0 ގެ ނަތީޖާއަކުން ރާއްޖޭގެ ޒުވާން ގައުމީ ޓީމު ބަލިވިއިރު، ރާއްޖޭން ވަނީ 2015 ވަނަ އަހަރުވެސް 23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ބަހްރޭނާ ދެކޮޅަށް ކުޅެފައެވެ. އެ ފަހަރު އޮމާނުގައި ބޭއްވި ކޮލިފައިންގައި ބަހްރޭނާ ވާދަކޮށް ރާއްޖެ ބަލިވީ ހަމަ 3-0 ގެ ނަތީޖާއަކުންނެވެ.

މި ފަހަރުގެ ކޮލިފައިންގައި 11 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށް އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެއެވެ. އަދި އެ 11 ގްރޫޕުން ދެވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް