Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިނަރެސް ފްލެޓްތައް

ވިނަރެސް އެޕާރޓްމެންޓްތައް އަންނަ އަހަރު މެދުތެރޭގައި ނިމޭނެ

28 އޮކްޓޯބަރު 2021 | ބުރާސްފަތި 13:48

ވިނަރެސް މަޝްރޫއުގެ ދަށުން ތައްޔާރު ކުރާ 1،344 ފްލެޓް ހުންނާނީ 10 ޓަވަރަށް ބަހާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 13:48
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަމުން ގެންދާ ވިނަރެސް އެޕާރޓްމެންޓްތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަމުން ގެންދާ ވިނަރެސް އެޕާރޓްމެންޓްތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ ވިނަރެސް އެޕާރޓްމެންޓްތައް އަންނަ އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ވިނަރެސްގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި, ޖޫން ނުވަތަ ޖުލައި މަހުގެތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. ވިނަރެސް އެޕާރޓްމެންޓް ގަތުމަށް އަންނަ މަހު އާއްމުންނަށް ހުޅުވާލާއިރު، ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންގެ ތެރެއިން ވިނަރެސްއިން އެޕާރޓްމެންޓް ބޭނުންވާ މީހުންނާއި، އެޕާރޓްމެންޓް ގަތުމަށް ސީލައިފަށް ފައިސާ ދެއްކި މީހުންނާއި، ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ވިނަރެސްއިން އެޕާރޓްމެންޓް ލިބޭ މީހުން ކަނޑައެޅުމުގެ މަސައްކަތްވެސް މިހާރު އެޗްޑީސީން ގެންދަނީ ކުރަމުންނެވެ. އެޗްޑިސީން ބުނީ، އެ މީހުންގެ ތެރެއިން ވިނަރެސްގެ މިންގަނޑަށް ފެތޭ މީހުންނަށް އެޕާރޓްމެންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްލި މީހުންގެ ތެރެއިން ވިނަރެސްގެ އެޕާރޓްމެންޓަށް އެދި ހުށަހަޅާފައިވަނީ 76 މީހުންނެވެ. ސީލައިފަށް ފައިސާ ދެއްކި މީހުނެގެ ތެރެއިން ވިނަރެސްގެ އެޕާރޓްމެންޓަށް 400ށްވުރެ ގިނަ މީހުން ވަނީ ހުށަހަޅާފައެވެ. އަދި ގުޅީފަޅުން ފްލެޓް ގަންނަން ފައިސާ ދެއްކި މީހުންގެ ތެރެއިން ވިނަރެސްގެ އެޕާރޓްމެންޓަށް އެދި ހުށަހަޅާފައިވަނީ 91 މީހުންނެވެ. މި ފޯމްތައް އެޗްޑީސީން ގެންދަނީ އިވެލުއޭޓް ކުރަމުންނެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ތައްޔާރު ކުރާ 1،344 ފްލެޓް ހުންނާނީ 10 ޓަވަރަށް ބަހާފައެވެ. އަދި ކޮންމެ ޓަވަރެއްގައި 13 ފަންގިފިލާ ހުންނަ އިރު ކޮންމެ އެޕާޓްމެންޓެއްގައި ތިން ކޮޓަރިއާއި ތިން ފާޚާނާގެ އިތުރުން ބެލްކަންޏެއް ހުންނާނެއެވެ.

ވިނަރެސް ފްލެޓުތަކުގެ ޖާގަ ބޮޑުވި ނަމަވެސް އޭގެ އަގު ހިޔާ ފްލެޓުތަކަށް ވުރެ ބޮޑު ވާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. ވިނަރެސް އެޕާރޓްމެންޓެއްގެ ކުލި އުޅޭނީ ގާތްގަނޑަކަށް 17،000 ރުފިޔާގައެވެ. ފައިސާ ދެއްކުމަށް އެކި މޮޑެލްތައް ވަނީ ކަނޑައަޅާފައެވެ.

ވިނަރެސް އެޕާރޓްމެންޓްތަކުގައި ހަތަރު ބާވަތެއްގެ އެޕާޓްމެންޓު ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނަރ ވިއު، އައުޓަރ ވިއު އަދި ސްޓޭންޑާރޑް ވިއު އެޕާރޓްމެންޓުތަކެވެ. އޭގެ ތެރެއިން ސްޓޭންޑާޑް ވިއު އެޕާޓްމެންޓުގައި ހުންނާނީ 883 އަކަފޫޓެވެ. ނަމަވެސް ބާކީ ތިން ބާވަތުގެ އެޕާޓްމެންޓުގައި 902 އަކަފޫޓު ހުންނާނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް