Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެންޑަރ މިނިސްޓްރީގެ މަސައްކަތްތައް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕީގެ ޚިދުމަތް ހަރުދަނާ ކުރަނީ!

28 އޮކްޓޯބަރު 2021 | ބުރާސްފަތި 12:22

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގައުމީ ނިޒާމެއް އެކުލަވާލާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 28 އޮކްޓޯބަރު 2021 | ބުރާސްފަތި 12:22
ޖެންޑަރ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ

ޖެންޑަރ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ބޭނުންވާ އެކިއެކި ތެރަޕީގެ ޚިދުމަތް ރަގަޅު ފެންވަރެއްގައި ރާއްޖެއިން ލިބެން ނެތުމާއެކު މި ޚިދުމަތްތަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ޖެންޑަރ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ރިޒްނާ ޒަރީރު, ރާއްޖެއެމްވީއަށް ވިދާޅުވީ; ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނުގެ ދަށުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގައުމީ ނިޒާމެއް އެކުލަވާލާނެ ކަމަށާއި، އެ ނިޒާމް ގާއިމްކޮށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ. މި ނިޒާމްގެ ދަށުން އިޖްތިމާއީ ޚިދުމަތް ފޯރުކޮށްދިނުމާއި ކުޑަކުދިންނާއި ގުޅިގެން ހުށަހެޅޭ މައްސަލަތަކުގައި މަސައްކަތްކުރާނެ ގޮތާއި, އޯލްޓަނޭޓިވް ކެއަރ އަދި ފޮސްޓަރ ކެއަރގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަނޑައެޅޭ އިޖްރާއާތުތައް ތަންފީޒުކުރުމުގެ މަސައްކަތްކުރާނެ ކަމަށް ރިޒްނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރިޒްނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ބޭނުންވާ އެކިއެކި ތެރަޕީގެ ޚިދުމަތް ރަނގަޅު ފެންވަރެއްގައި ރާއްޖެއިން ލިބެން ނެތުމުން, މި ޚިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ މައުލޫމާތު ޑޭޓާބޭސްއެއްގައި ރެކޯޑްކުރެވި, ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ހޯދުމާއި, މައްސަލަތަކުގެ އަދާހަމަތަކާއި, ސުޕަވައިޒްކުރުމަށް ބޭނުންވާ މައުލޫމާތު ފަސޭހައިން ލިބޭނެ މަގު ފަހިކުރާނެ ކަމަށް ރިޒްނާ ވިދާޅުވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ ތެރެއިން އެއް އާއިލާއަކަށް ނިސްބަތްވާ ކުދިންނަށް އެއްކޮށް ދިރިއުޅުމުގެ ފުރުސަތު ފޮސްޓަރިންގގެ އާ ނިޒާމެއްގެ ތެރެއިން ގާއިމްކުރާނެކަން ފާހަގަކުރައްވައި ރިޒްނާ ވިދާޅުވީ, އިޖްތިމާއީ ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ދާއިރާގެ މަސައްކަތު ތަމްރީން ލިބިފައިވާ ބަޔަކަށްހެދުމާއި ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން އިޖްތިމާޢީ ޚިދުމަތް ދިނުމުގެ މަސައްކަތް ހަރުދަނާކުރާނެ ކަމަށެވެ. އަދި ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން ގެންދާ މީހުން ވަގުތީ ގޮތުން މަރުކަޒުކޮށްގެން ފަރުވާދެވޭނެ މަރުކަޒެއް ގާއިމްކުރުމާއެކު އެފަރާތަށް ބޭނުންވާ ޚިދުމަތްތަށް ފޯރުކޮށްދޭވޭނެ ކަމަށް ރިޒްނާ ވިދާޅުވިއެވެ.

ރިޒްނާ ވިދާޅުވީ ކުޑަކުދިންނާއި، އަންހެނުންނާއި، ދޮށީ އުމުރުގެ މީހުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމާއި އަނިޔާއިން ރައްކާތެރިކަން ހޯދައި ދިނުމަށް މުޖުތަމައުގެ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. ކުޑަކުދިންނާއި، އަންހެނުންނާއި އުމުރުންދުވަސްވީ މީހުންނާއި ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ހައްގަކަށް އުނިކަމެއް ލިބިގެން ހުށަހެޅޭ މައްސަލަތަށް މަދުކުރުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ޕްރޮގްރާމްތައް ރާވައި ހިންގާނެ ކަމަށް ރިޒްނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓްރީގެ ހިންގުން ހަރުދަނާކޮށް ހަރުދަނާކޮށް ކުރާ ހޭދަ ކުޑަކޮށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކުރާނެ ކަމަށާއި، އުމުރުންދުވަސްވީ މީހުންނަށް އެކަށީގެންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެލްޑަރލީ ވެލްނެސް ސެންޓަރެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމުކުރާނެ ކަމަށެވެ.

ރިޒްނާ ވިދާޅުވީ ކޮމިއުނިޓީ ސޯޝަލް ގްރޫޕްތައް ގާއިމްކޮށް ބޭނުންވާ ތަމްރީންތައް ދިނުމާއެކު، ލާމަރުކަޒީ އުސޫލުން އިޖްތިމާއީ ޚިދުމަތް ފޯރުކޮށް ދިނުމަށް, ޚާއްސަކޮށް އެންމެ މަދު އާބާދީތައް ދިރިއުޅެމުންދާ ރަށްތަކަށްވެސް ފަސޭހައިން ޚިދުމަތް ދެވޭނެ މަގު ފަހިކުރުން ހިމެނޭ ކަމަށެވެ. އަދި ކާރިސާއަކާ ގުޅިގެން ނާޒުކު ހާލަތަށް ދާ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރަން ފަށާނެ ކަމަށެވެ.

އަންހެނުން ވަޒީފާގެ މާހައުލަށް ނުކުތުމަށް ބާރުވެރިކުރުވައި އެކަމަށް މަގުފަހިކުރުމަށް ޑޭކެއަރ ޚިދުމަތް އެކަށީގެންވާ އަގެއްގައި ލިބޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްތައް ކުރާނެކަންވެސް ރިޒްނާ ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް