Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަމަހަމަ މުސްތަގުބަލެއް ހޯދުން

ހަމަހަމަ މުސްތަގުބަލެއް ހޯދުމަށް އެންމެން އެކުގައި މަސައްކަތް ކުރުމުގެ މަގު ޗާޓެއް ހަދަންޖެހޭ: ރައީސް

27 އޮކްޓޯބަރު 2021 | ބުދަ 02:28

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 27 އޮކްޓޯބަރު 2021 | ބުދަ 02:28
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް،

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް،

އެންމެންނަށް ދެމެހެއްޓެނިވި، ރައްކާތެރި، ހަމަހަމަ މުސްތަގުބަލެއް ހޯދުމަށް އެންމެން އެކުގައި މަސައްކަތްކުރުމުގެ މަގު ޗާޓެއް ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަތީ ފަންތީގެ ބޭފުޅުންނަށް އަމާޒުކޮށްގެން 'ޑެލިވަރިންގ ކްލައިމެޓް އެކްޝަން – ފޮރ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ' ގެ ނަމުގައި އ.ދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ނ.ޢ.ޢ.ވ އަބްދުﷲ ޝާހިދު، އިސްނަންގަވައިގެން ހިންގެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ކުއްލި ބަދަލުތަކުގެ ތެރެއިން ބޯކޮށް ވާރޭވެހުމާއި، ޖަންގަލިތަކުގައި ރޯވުން ފަދަ ކަންކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ނޭދެވޭ އަސަރުތައް ހުރިހާ ގައުމަކަށް ވެސް ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މިހުރިހާ ގެއްލުމެއްގެ ސަބަބުން އަންނަނީ 1.1 ގެ ހޫނުމިނެއްކަން ފާހަގަކުރައްވައި އެއީ މިއަދު ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތުކަމުގައި ވިޔަސް އެކަން މާދަމާ ވާނީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ޙާލަތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ވަނީ ހުރިހާ ގައުމަކުން ވެސް 'ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން' (އެން.ޑީ.ސީ) އަށް އިންގިލާބީ ބަދަލެއް ގެނެސް، މީހުން ދުނިޔޭގައި ދިރިއުޅުމަށް އެކަށީގެންވާ އެންމެ ރަނގަޅު ސިނޭރިއޯގެ ގޮތުގައި ބަޔާންކުރާ ހޫނުމިންކަމުގައިވާ 1.5 ޑިގްރީއަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

ރައީސް ވަނީ މި ޖަލްސާއިންނާއި، ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސުންނާއި އަދި ކުރިއަށް އޮތް ޖީ-20 ގެ ބައްދަލުވުންމުން މުޅި ދުނިޔެ ގުޅިގެން ދުނިޔޭގެ ފެންވަރެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ބޮޑެތި އިޤްތިޞާދުތަކުން ގްރީން ހައުސް ގޭސް ޖައްވަށް ބޭރުކުރާ މިންވަރު މަދުކުރުމަށް ގަދައަޅައި މަސައްކަތްކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. ހަމައެއާއެކު ގެއްލުން ކުޑަކުރުމަށްކުރާ މަސައްކަތަކީ ހަމައެކަނި ކުރިމަތިވާ ކަންބޮޑުވުންތަކުގެ ދެބައިކުޅަ އެއްބައިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ހުރިހާ ގައުމަކުން އެއްބައިވެގެން މަސައްކަތްކުރުމަށް ބާރުއަޅުއްވައި، ރައީސް ވަނީ 2030 އާ ހަމައަށް އަންނަ އިރު ރާއްޖެއިން ނެޓް ޒީރޯ ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ ބައިނަލްއަގުވާމީ އެހީތެރިކަމާއެކު ހާސިލުކުރެވިދާނެ ލަނޑުދަނޑިއެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ ސަބަބުންނާއި، އެހެނިހެން ސަބަބުތަކާ ހުރެ ކުދި ގައުމުތަކަށް ކުރިއަށްދިއުމަށް އުނދަގޫތަކެއް ހުރިކަން ފާހަގަކުރައްވައި އެހެން ގައުމުތަކުން އެހީތެރިވުމަށް ބާރުއަޅުއްވާފައެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން، އެމަނިކުފާނު ވަނީ 76 ވަނަ ޔޫ.އެން.ޖީ.އޭ އަށް ދިވެހި ކުޑަކުދިން ފޮނުވާފައިވާ ސިޓީތަކުގައި ލިޔެފައިވާ ''އެކުދިންގެ ތިމާވެށި އަންނަން އޮތް ޖީލަށް ރައްކާތެރިކޮށްދިނުމަށް'' އެދި ލިޔެފައިވާ ވާހަކަ ތަކުރާރުކުރައްވާފައެވެ. އަދި ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ޒުވާނުންނާއި އަންނަން އޮތް ޖީލު އެދޭގޮތަށް ދުޅަހެޔޮ، ދެމެހެއްޓެނިވި އަދި ފާގަތި މުސްތަގުބަލެއް ކަށަވަރުކޮށްދިނުމަށް ބާރުއަޅުއްވާފައެވެ.

'ޑެލިވަރިންގ ކްލައިމެޓް އެކްޝަން – ފޮރ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ' މަތީފަންތީގެ ބައްދަލުވުން އަމާޒުކޮށްފައިވަނީ 1.5 ޑިގްރީގެ އަމާޒަށް ވާސިލުވުމަށް މިހާރު އަދި ބޭނުންވާ ފަންނީ އަދި މާލީ ފަރަގު ފޫބެއްދޭނީ ކިހިނެތްތޯ ބެލުމަށެވެ. މި ހައިބްރިޑް މީޓިންގގެ މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކަށް އެއްފަހަރާ ފިޔަވަޅު އަޅައި އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތައް ކުޑަކުރުމަށް މަސައްކަތްކުރެވޭނެ އެންމެ ރަނގަޅުގޮތް ދެއްކުމެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
09 ފެބުރުއަރީ 2017

އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު

09 ފެބުރުއަރީ 2017
އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް