Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުވައްމުލަކުގެ އިހުގެ ނެރުތައް ބަންދު ކުރުން

ފުވައްމުލަކުގެ އިހުގެ ނެރުތައް ބަންދު ކުރުމުގެ މަސައްކަތް ކުރިއަތް އޮތް ދެ މަސް ތެރޭގައި ނިންމާލެވޭނެ: އާޒިމް

26 އޮކްޓޯބަރު 2021 | އަންގާރަ 12:12

ފުވައްމުލަކު ސިޓީގެ އިހުގެ ނެރުތައް ބަންދު ކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 އޮކްޓޯބަރު 2021 | އަންގާރަ 12:12
ފުވައްމުލަކު ސިޓީގެ އިހުގެ ނެރުތައް ބަންދު ކުރުމުގެ މަސައްކަތް ފެށުން

ފުވައްމުލަކު ސިޓީގެ އިހުގެ ނެރުތައް ބަންދު ކުރުމުގެ މަސައްކަތް ފެށުން

ފުވައްމުލަކުގެ އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ކުރިއަތް އޮތް ދެ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މި މަސައްކަތް ފެށުމަށް އަންގާރަ ދުވަހު ފުވައްމަލު ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ, އެތައް ހިތާމަވެރި ހާދިސާތައް މި ނެރުގައި ހިނގާފައިވާ ތަނަކަށް މިތަން ވާއިރު, އެމްޓީސީސީގެ އިޖުތިމާއީ މަސައްކަތުގެ ދަށުން ފަށާ މި މަސައްކަތަކީ އެތައް ގިނަ ރައްޔިތުންގެ ފުރާނައާ ގުޅުން ހުރި މަސައްކަތެއް ކަމަށެވެ.

Advertisement - newsAdvertisement

މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ދުވާލެއްގެ މައްޗަށް ހަތަރު ގަޑިއިރު މަސައްކަތުގައި ހޭދަވާނެ ކަމަށާއި, މިއީ ފަސޭހަ މަސައްކަތަކަށް ވެގެން ނުދާނެ ކަމަށް ވެސް އާޒިމް ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ދުވަހަކު ވެސް މި މަސައްކަތް 8 ގަޑިއިރު ކުރެވޭނަމަ މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

70 ރަށެއްގައި އެކި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވާއިރު 53 ޕްރޮޖެކްޓަށްވުރެން ގިނަ މަަސައްކަތް ކުންފުނިން ނިންމާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިކަންތައްތައް މި ކުރިއަށް ގެންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އެއްބާރުލުމާއި މަޝްވަރާގެ މަތިން ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރަން ރައީސް ސޯލިހާއެކު މަޝްވަރާތައް ކުރެއްވި ކަމަށާއި, ކެޕޭސިޓީ އިތުރު ކުރައްވާނެ ކަމަށް ރައީސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވިދާޅުވި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އަދި ސަރުކާރުން ވެދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވާ ހުރިހާ މަސައްކަތްތައް, ކަނޑައެޅިފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ފުވައްމުލަކުގެ އިހުގެ ނެރު ސަރަހައްދުގައި މީގެ ކުރިން އެކި ހިތާމަވެރި ހާދިސާތައް ހިނގާފައިވާއިރު, ބައެއް މީހުން އެތަނަށް މޫދަށް އެރި އުޅުމުގެ ތެރޭގައި ވަނީ ނިޔާވެފައެވެ. އަދި މިކަމާއި ގުޅިގެން އެ ރަށުގެ ގިނަ އަދަދެއްގެ އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް