Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމުގެ ޚާއްސަ މެޗު

ގައުމީ ޓީމުން ކުރެއްދޫ ރިސޯޓުގައި ޚާއްސަ މެޗެއް ކުޅެނީ

24 އޮކްޓޯބަރު 2021 | އާދީއްތަ 13:12

މެޗު ރާއްޖެޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 އޮކްޓޯބަރު 2021 | އާދީއްތަ 13:12
ގައުމީ ޓީމުން ކުޅުދުއްފުށީގައި ކުޅުނު ޚާއްސަ މެޗަށް ނެރުނު ފުރަތަމަ އެގާރަ

ގައުމީ ޓީމުން ކުޅުދުއްފުށީގައި ކުޅުނު ޚާއްސަ މެޗަށް ނެރުނު ފުރަތަމަ އެގާރަ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޚާއްސަ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

މި މެޗަކީ ގައުމީ ޓީމަށް ހިތްވަރުދެއްވުމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (އުއްޗު) ދެއްވި ދައުވަތަކަށް ކުޅެވިގެންދާ މެޗެކެވެ. އަންނަ ހުކުރު ދުވަހުގެ ހަވީރު ކުރެއްދޫގައި މި މެޗު ކުޅޭއިރު، މި މެޗުގައި ގައުމީ ޓީމާ ދެކޮޅަށް ނުކުންނާނީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޓީމެވެ.

ހުކުރު ދުވަހުގެ ހަވީރު 16:00 ގައި ކުޅޭ މި މެޗުން މޮޅުވާ ޓީމަކަށް ޚާއްސަ އިނާމެއް ދެއްވުމަށް އުއްޗު ވަނީ ނިންމަވާފައެވެ. އަދި މި ޚާއްސަ މެޗު "ރާއްޖެޓީވީ" އިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މެޗު "ރާއްޖެ.އެމްވީ" އިން ލައިވް ސްޓްރީމް ކުރާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ކުރެއްދޫގައި ގައުމީ ޓީމުން ޚާއްސަ މެޗެއް ކުޅޭއިރު، ހޮނިހިރު ދުވަހު ގައުމީ ޓީމުން ވަނީ ހދ. ކުޅުދުއްފުށި ސިޓީގައިވެސް ޚާއްސަ މެޗެއް ކުޅެފައެވެ. އެ މެޗަކީ ކުޅުދުއްފުށީގައި ސަރުކާރުގެ ފަރާތުން އެޅި ފެންވަރު ރަނގަޅު ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު މެޗެކެވެ. އެ މެޗުން ގައުމީ ޓީމު މޮޅުވީ ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުންނެވެ.

ކުޅުދުއްފުށީ ޓާފް ދަނޑު ރަސްމީކޮށް ހުޅުވުމަށް ހޮނިހިރު ދުވަހުގެ ހަވީރު ގައުމީ ޓީމުން ޚާއްސަ މެޗެއް ކުޅުނުއިރު، އެ މެޗަކީ މި މަހު މާލޭގައި ކުރިއަށްދިޔަ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" އަށްފަހު ގައުމީ ޓީމުން ކުޅުނު ފުރަތަަމަ މެޗެވެ. އެކަމަކު އެ މެޗުގައި ގައުމީ ޓީމުގެ ސްކޮޑަށް ބައެއް ބަދަލުތައް ގެނައިރު، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފުވެސް ވަނީ ގައުމީ ޓީމަށް ކުޅުއްވާފައެވެ.

ގައުމީ ޓީމަށް ދެން އެންމެ އަވަހަށް އޮތް މުބާރާތަކީ އަންނަ ނޮވެމްބަރު މަހު ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް) އެވެ. މުބާރާތުގައި ހަތަރު ގައުމު ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހޯމަ ދުވަހު ގައުމީ ޓީމުން ފަރިތަކުރުންތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް