Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަމްޝާދާއި ޝާރިހުގެ މައްސަލަ

ޖަމްޝާދާއި، ޝާރިހު ހައްޔަރުކުރީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރާ ކަމުގެ ތުހުމަތުގައި!

24 އޮކްޓޯބަރު 2021 | އާދީއްތަ 09:33

ޖަމްޝާދާއި ޝާރިހް ދޫކޮށްލީ މި މަހުގެ 23 ގައި

އަމްނާ އިމާދު
އަމްނާ އިމާދު | 24 އޮކްޓޯބަރު 2021 | އާދީއްތަ 09:33
ހައްޔަރުން ދޫކޮށްލި ޖަމްޝާދާއި، ޝާރިހު،

ހައްޔަރުން ދޫކޮށްލި ޖަމްޝާދާއި، ޝާރިހު،

އދ. ދަނގެތިން ހައްޔަރު ކުރި މުހައްމަދު ޖަމްޝާދާއި، ޝާރިހު އަލީ އަދި އިތުރު އަންހެނެއް ހައްޔަރުކުރީ އެރަށު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކޮށް، ރަށުގެ އާންމު މަސްލަހަތު ނަގާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ދަނގެތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 20 އަހަރުގެ ފިރިހެން މީހާއާއި 31 އަހަރުގެ ފިރިހެން މީހާ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި 21 އަހަރުގެ އަންހެން މީހާ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ އެތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދަނގެތި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކޮށް، ރަށުގެ އާންމު މަސްލަހަތު ނަގާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ މުޖުތަމައުގެ ސަލާމަތަށާއި، އަދި އެމީހުންގެ ރައްކާތެރިކަމަށެވެ.

އޮކްޓޫބަރު މަހުގެ 14 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ދަނގެތީގެ ވިޔަފާރިވެރިޔާ 57 އަހަރުގެ މަހުމޫދު އަބޫބަކުރު ގެއްލިގެން ހޯދަނިކޮށް ފެނުނީ ބޮލަށާއި ފަޔަށް ގޯއްޏެއް ލައްވައި، ވަޅެއްގައި އެކޮޅުކޮޅުން އެލުވާފައިވަނިކޮށެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

މި މަރާ ގުޅިގެން އެރަށުގެ ރައްޔިތުން ޖަމްޝާދާއި، ޝާރިހަށް ތުހުމަތު ކުރިއެވެ. އެ މައްސަލައާ ގުޅިގެން އެ ދެމީހުންގެ އިތުރުން އިތުރު އަންހެނަކަށް ހިމާޔަތް ދީގެން އދ. މަހިބަދޫ ގެންދިޔައެވެ. އަދި އެމީހުން ހައްޔަރުކުރީ އެހެން މައްސަލައެއްގައި ކަމަށް ފުލުހުން ހާމަކޮށްފައިވަނީ މި މަހުގެ 15 ވީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.

މަހުމޫދު މަރުގެ މައްސަލައާ ގުޅިގެން އެރަށުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ރަށުގެ އެކި ސަރަހައްދުތައް ބަންދުކޮށްފައިވާއިރު، ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވެއެވެ. އަދި ތަހުގީގަށް ބޭނުންވާ ބައެއް ހެކިތައް ހޯދިފައިވެއެވެ. އެގޮތުން މަހުމޫދުގެ މޯބައިލް ފޯނު ހޯދާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މަހުމޫދު މަރާލި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ސާލިމް މި މަހުގެ 16 ވީ ހޮނިހިރު ދުވަހު ހައްޔަރުކުރި ނަމަވެސް އޭނާ އެކަނި މި އަނިޔާވެރި އަމަލު ނުހިންގޭނެ ކަމަށް އާއިލާއިން ބުނެއެވެ. ސާލިމް އަކީ މަޑުމައިތިރި، ނަމާދު ކުރާ ރަނގަޅު މީހެއް ކަމަށާއި، އޭނާ އެފަދަ ކަމެއް ކުރާނެ ކަމަށް ގަބޫލުކުރަން ދަތިކަމަށް ވެސް އާއިލާއިން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް