އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި ފިރިހެނެއް ހައްޔަރުކޮށްފި
22 އޮކްޓޯބަރު 2021 | ހުކުރު 07:57އަނިޔާ ލިބުނީ 19 އަހަރުގެ އަންހެނަކަށް

އަމްނާ އިމާދު | 22 އޮކްޓޯބަރު 2021 | ހުކުރު 07:57

އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި،
ޒުވާން އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި ޒުވާން ފިރިހެނެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ބުރާސްފަތި ދުވަހުގެ ރޭ 1:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިމައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވި ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އެ ފިރިހެން މީހާ މީގެ ކުރިން ވެސް އެއަންހެން މީހާއަށް އަނިޔާކޮށްފައިވެއެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު އިތުރަށް ތަހުގީގު ކުރަމުންނެވެ.





