Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެގްރޯ ބޯޓު

އެގްރޯ ބޯޓު ބަނުމަށްޓަކައި ފަންޑު ވަނީ ހަމަޖެހިފައި: އެގްރޯނެޓް

22 އޮކްޓޯބަރު 2021 | ހުކުރު 07:32

ހައްދާ ބާވަތްތައް ރާއްޖޭގެ އެއް ހިސާބުން އަނެއް ހިސާބަށް ގެންދިޔުމަށް ގޮންޖެހުންތަކާ ކުރިމަތިވަމުންދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 އޮކްޓޯބަރު 2021 | ހުކުރު 07:32
ވީ މާރުކޭޓް

ވީ މާރުކޭޓް

އެގްރޯ ބޯޓު ބަނުމަށްޓަކައި ފަންޑު ހަމަޖެހިފައިވާ ކަމަށް ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހާރޫން ވިދާޅުވީ ރާއްޖޭގައި ހައްދާ ބާވަތްތައް ރާއްޖޭގެ އެއް ހިސާބުން އަނެއް ހިސާބަށް ގެންދިޔުމަށް ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަމަށެވެ. އަދި މިހާރު ދަނޑުވެރިން ހައްދާ ބައެއް ތަކެތި އެއްރަށުން އަނެއް ރަށަށް ގެންދަނީ މުދާ އުފުލާ ބޯޓު ފަހަރު މެދުވެރިކޮށް ކަަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނަމަވެސް އެގްރޯނެޓްގެ ބޯޓާއެކު މި ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ހާރޫން ވިދާޅުވީ ޔޫއެންޑީޕީގެ އެހީތެރިކަމާއެކު އެގްރޯ ބޯޓު ބަނުމަށް ފަންޑު ހަމަޖެހިފައިވާ ކަމަށާއި އަންނަ އަހަރު މި ބޯޓު ވުޖޫދުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ހާރޫން ވިދާޅުވީ މިހާރު ދަނޑުވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަނޑު ހެއްދުމަށް ބޭނުންވާ ވަރަށް ބިން ނުލިބުން ކަމަށެވެ. ބިން ބޮޑެތި ރަށްރަށުން ވެސް ދަނޑު ހެއްދުމަށް ބިން ހޯދުމަށް ދަތިތަކާ ކުރިމަތިވާކަމުގެ ޝަކުވާ ދަނޑުވެރިން ކުރާކަމަށް ހާރޫން ވިދާޅުވިއެވެ. ބިމުގެ މައްސަލައަށް ހައްލުހޯދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ގާއިމުކޮށްގެން އެކަން ކުރުންކަމަށް ހާރޫން ވިދާޅުވިއެވެ.

މި ސިނާއަތްތަކީ މުސްތަގްބަލް އޮތް ސިނާއާތެއްކަން ފާހަގަކުރައްވާ ހާރޫން ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތަށް ޒުވާނުން ނިކުންނަ އިންސައްތަ އިތުރުކުރަން ޖެހިފައިވާ ކަމަށެވެ. ހާރޫން މިހެން ވިދާޅުވެފައިވާއިރު ދަނޑުވެރިކަމުގެ ސިނާއަތަށް ޒުވާނުން ނެރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވަނީ ވިދާޅުވެފައެވެ.

ދަނޑުވެރިކަމުގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުުރުމަށް ތ. ކަނޑޫދޫގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިނާއީ ފެންވަރެއްގައި ދަނޑުވެރިކަން ކުރާނެ ޒުވާނުން އުފެދިގެން ދިޔުމަކީ ސަރުކާރުގެ އުންމީދު ކަމަށާއި ސަރުކާރުން އެކަމަށް ބޭނުންވާ މަގު ފަހިކޮށްދޭނެ ކަމަށެވެ.

ރިސޯޓުތަކުން ބޭނުންވަނީ ތަކެތި މެދުނުކެނޑި ލިބޭނެ ކަމުގެ ޔަގީންކަން ކަމަށާއި ދަނޑުވެރިން ވެސް ބޭނުންވަނީ ހައްދާ ތަކެތި ވިއްކޭނެ ކަމުގެ ޔަގީންކަމަށްވާއިރު ސަޕްލައި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ދަނޑުވެރިކަން ހިއްސާ ކުރަނީ ރާއްޖޭގެ ޖީޑީޕީގެ 1.6 އިންސައްތަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރެވޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި މާކެޓް އެބައޮތް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮވިޑާ ގުޅިގެން ތަޖުރިބާގެ އަލީގައި ކަންތައްތަކެއް ދަސްވި ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްޔިތުންގެ ދިިރިއުޅުމަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހިފައިވާ ކަމަށެވެ. ކާބޯތަކެތީގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށާއި ދަނޑުވެރިންނަށް ދިމާވާ ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ދަނޑުވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިގު މުއްދަތަކަށް ބިން ނުލިބުން ކަމަށް ވެސް ވިދާޅުވިއެވެ. ދަނޑުވެރިކަން ބޮޑަށް ކުރަމުން އަންނަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ކަމަށްވާއިރު ކައުންސިލްތަކާ ވާހަކަދައްކައިގެން ފަސޭހައިން ބިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ދަނޑުވެރިން ހިއްސާކޮށްފައިވާ ބައެއް ކަންބޮޑުވުންތަކަށް ބަލާއިރު ތާޒާ ކަންމަތީގައި އުފައްދާ ތަކެތި ބާޒާރަށް ނެރުމާއި ހަމަ އަގު ނުލިބުމާއި ޓެކްނޮލޮޖީގެ ވަސީލަތައް ދަނޑުވެރިންނާއި ހަމައަށް ފޯރުކޮށް ނުދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. ވިސްނުމަކީ ރާއްޖޭގައި އުފައްދާ ބާވަތްތައް ރާއްޖޭގައި ބޭނުންވާ ވަރަށް އުފެއްދޭނެ ޕްލޭނަކާއެކު ކުރިއަށް ގެންދިޔުމާއި އެފަދަ ބާވަތްތައް އެތެރެ ކުރާ ގައުމުތަކުން އިމްޕޯޓް ޑިއުޓީ ބޮޑުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. ލޯނު ލިބުމުގެ ދަތިކަން ދަނޑުވެރިންނަށް ހުރިިއިރު ލޯނުތަކަށް ވާސިލްވެވޭނެ ގޮތްތައް މިނިސްޓްރީ ހަމަޖައްސާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ތަކެތި ހެއްދުމުގައި ބޭނުންކުރާ ކެމިކަލް ކާނާ ބޭނުން ނުކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިކަމުގެ ބައެއް ބަލިތަކަށް ފުރުސަތު ބޮޑުވެގެންދާކަމަށް ބެލެވިފައިވާ ކަމަށާއި އެކަންތައްތައް އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް ގައުމީ ޔުނިވަރސިޓީއާއެކު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އޯގަނިކް ފާމިންގއަށް ސަމާލުކަން ދިނުމަށް ރައީސް ވަނީ ބާރު އަޅުއްވާފައެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

18 މާރިޗު 2017

ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި

18 މާރިޗު 2017
ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
11 މާރިޗު 2017

ރާއްޖެޓީވީ އަބުރު ފަންޑު ހަރަކާތް ދެއްވަދޫގައި ފަށައިފި

11 މާރިޗު 2017
ރާއްޖެޓީވީ އަބުރު ފަންޑު ހަރަކާތް ދެއްވަދޫގައި ފަށައިފި
10 މާރިޗު 2017

ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި

10 މާރިޗު 2017
ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި
10 މާރިޗު 2017

ރާއްޖެ ޓީވީގެ "އަބުރު ފަންޑު" ހުޅުވުން މިއަދު ހަވީރު

10 މާރިޗު 2017
ރާއްޖެ ޓީވީގެ "އަބުރު ފަންޑު" ހުޅުވުން މިއަދު ހަވީރު
08 މާރިޗު 2017

ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ

08 މާރިޗު 2017
ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް