Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޮރިއޭރޯ ގައުމީ ޓީމާ ހަވާލުވުން

ގައުމީ ޓީމުގެ އައު ކޯޗަކަށް އިޓަލީއަށް ކުޅުނު މޮރިއޭރޯ

21 އޮކްޓޯބަރު 2021 | ބުރާސްފަތި 15:00

މޮރިއޭރޯ ގައުމީ ޓީމާ ހަވާލުވީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 15:00
ގައުމީ ޓީމުގެ އައު ކޯޗު މޮރިއޭރޯއާއެކު އެފްއޭއެމުގެ ސީނިއާ ނައިބު ރައީސް އަލީ އުމަރާއި ޓެކްނިކަލް ޑިރެކްޓަރު ޑުންގާ

ގައުމީ ޓީމުގެ އައު ކޯޗު މޮރިއޭރޯއާއެކު އެފްއޭއެމުގެ ސީނިއާ ނައިބު ރައީސް އަލީ އުމަރާއި ޓެކްނިކަލް ޑިރެކްޓަރު ޑުންގާ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އައު ކޯޗަކަށް އިޓަލީ އާއި އިންޓަ މިލާނަށް މީގެ ކުރިން ކުޅުނު މިޑްފީލްޑަރު ފްރެންސެސްކޯ މޮރިއޭރޯ ހަމަޖައްސައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ގައުމީ ޓީމުގެ އައު ކޯޗަކަށް މޮރިއޭރޯ ހަމަޖެއްސިކަން އިއުލާންކުރައްވާފައެވެ. މައުލޫމާތު ލިބޭ ގޮތުން އުމުރުން 52 އަހަރުގެ މޮރިއޭރޯ ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ރާއްޖޭގެ ގައުމީ ޓީމާ މޮރިއޭރޯ ހަވާލުވިއިރު، އޭނާ އެންމެ ފަހުން މަސައްކަތްކުރީ އަލްބޭނިއާގެ ޑީނަމޯ ޓިރަނާގައެވެ. އަދި މީގެ ކުރިން އައިވަރީ ކޯސްޓުގެ ކުލަބު އެފްރިކާ ސްޕޯޓްސްގައިވެސް ވަނީ މަސައްކަތްކޮށްފައެވެ. އަދި އިޓަލީގެ ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގެ ކުލަބުތަކަށްވެސް މޮރިއޭރޯ ވަނީ ކޯޗުކަންކޮށްދީފައެވެ.

އެއަށްފަހު ރާއްޖޭގެ ގައުމީ ޓީމާ މޮރިއޭރޯ ހަވާލުވިއިރު، މިއީ ގައުމީ ޓީމަކަށް މޮރިއޭރޯ އިރުޝާދުދޭނެ ފުރަތަމަ ފަހަރެވެ. އަދި މިއީ އޭޝިއާގައި އޭނާ މަސައްކަތް ކުރާނެ ފުރަތަމަ ފަހަރުވެސްމެއެވެ.

މޮރިއޭރޯގެ ފުޓްބޯޅަ ކުޅުމުގެ ކެރިއަރަށް ބަލާއިރު އޭނާ ވަނީ އިޓަލީގެ ލެޗޭ އާއި، ކަލިއަރީ އާއި، ރޯމާ އާއި، އިންޓަގެ އިތުރުން ނާޕޮލީއަށްވެސް ކުޅެފައެވެ. އަދި ސެޒާ މަލްޑިނީގެ ކޯޗުކަމުގައި އިޓަލީގެ ގައުމީ ޓީމުން ފުރުސަތު ހޯދި މޮރިއޭރޯ ވަނީ 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައިވެސް ކުޅެފައެވެ.

ގައުމީ ޓީމުގެ އައު ކޯޗަކަށް މޮރިއޭރޯ ހަމަޖެއްސިއިރު، އޭނާ ވެގެންގޮސްފައިވަނީ މި އަހަރު ތެރޭގައި ގައުމީ ޓީމަށް ކޯޗުކަންކޮށްދޭނެ ތިންވަނަ ކޯޗަށެވެ. އެގޮތުން މީގެ ކުރިން ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެއިން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ނެދަލެންޑްސްގެ މާޓިން ކޫޕްމަން ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި މި ފަހުން ނިމުނު "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ ވަގުތީ ގޮތުން ހަވާލުވީ އެސިސްޓަންޓް ކޯޗު އަލީ ސުޒޭނެވެ.

ގައުމީ ޓީމުގެ ކޯޗުގެ މަގާމާ މޮރިއޭރޯ ހަވާލުވިއިރު، އަންނަ ނޮވެމްބަރު މަހު ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް) ގައި ރާއްޖެ ވާދަކުރާނެއެވެ. އެ މުބާރާތުގައި ހަތަރު ގައުމު ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއެވެ. އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތް ބާއްވާއިރު، ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި އަށްވަނަ ދުވަހުގެރޭ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އަދި އޭގެ ފަހުން 11 ވަނަ ދުވަހު ހަވީރު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ކުޅޭނީ 14 ވަނަ ދުވަހެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް