Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޮރިއޭރޯ ގައުމީ ޓީމާ ހަވާލުވުން

އިޓަލީއަށް ކުޅުނު މޮރިއޭރޯ ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވަނީ

20 އޮކްޓޯބަރު 2021 | ބުދަ 20:41

މޮރިއޭރޯއަކީ މި އަހަރު ގައުމީ ޓީމަށް ކޯޗުކޮށްދޭނެ ތިންވަނަ ކޯޗު

އަތޫފް އާތިފް
އަތޫފް އާތިފް | 20 އޮކްޓޯބަރު 2021 | ބުދަ 20:41
އިޓަލީއަށް މީގެ ކުރިން ކުޅުނު މިޑްފީލްޑަރު ފްރެންސެސްކޯ މޮރިއޭރޯ

އިޓަލީއަށް މީގެ ކުރިން ކުޅުނު މިޑްފީލްޑަރު ފްރެންސެސްކޯ މޮރިއޭރޯ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އައު ކޯޗަކަށް އިޓަލީ އާއި އިންޓަ މިލާނަށް މީގެ ކުރިން ކުޅުނު މިޑްފީލްޑަރު ފްރެންސެސްކޯ މޮރިއޭރޯ ހަމަޖައްސާފައިވާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 52 އަހަރުގެ މޮރިއޭރޯ ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައެވެ. އެހެންކަމުން އަވަސް މުސްތަގުބަލެއްގައި ރަސްމީކޮށް ގައުމީ ޓީމާ މޮރިއޭރޯ ހަވާލުވާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރާއްޖޭގެ ގައުމީ ޓީމާ މޮރިއޭރޯ ހަވާލުވާއިރު، އޭނާ އެންމެ ފަހުން މަސައްކަތް ކުރީ އަލްބޭނިއާގެ ޑީނަމޯ ޓިރަނާގައެވެ. އަދި މީގެ ކުރިން އައިވަރީ ކޯސްޓުގެ ކުލަބު އެފްރިކާ ސްޕޯޓްސްގައިވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ. އަދި އިޓަލީގެ ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގެ ކުލަބުތަކަށްވެސް މޮރިއޭރޯ ވަނީ ކޯޗުކަން ކޮށްދީފައެވެ.

ފުޓްބޯޅަ ކުޅުމުގެ ކެރިއަރަށް ބަލާއިރު މޮރިއޭރޯ ވަނީ އިޓަލީގެ ލެޗޭ އާއި، ކަލިއަރީ އާއި، ރޯމާ އާއި، އިންޓަގެ އިތުރުން ނާޕޮލީއަށްވެސް ކުޅެފައެވެ. އަދި ސެޒާ މަލްޑިނީގެ ކޯޗުކަމުގައި އިޓަލީގެ ގައުމީ ޓީމުން ފުރުސަތު ހޯދި މޮރިއޭރޯ ވަނީ 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ކުޅެފައެވެ.

ރާއްޖޭގެ ގައުމީ ޓީމާ މޮރިއޭރޯ ހަވާލުވާނެ ކަމަށް ރިޕޯޓުތައް ބުނިއިރު، މިއީ ގައުމީ ޓީމަކަށް މޮރިއޭރޯ އިރުޝާދުދޭނެ ފުރަތަމަ ޓީމަށެވެ. އަދި މިއީ އޭޝިއާގައި އޭނާ މަސައްކަތް ކުރާނެ ފުރަތަމަ ފަހަރުވެސްމެއެވެ.

މޮރިއޭރޯ ވެގެންދާނީ މި އަހަރު ތެރޭގައި ގައުމީ ޓީމަށް ކޯޗުކަންކޮށްދޭނެ ތިންވަނަ ކޯޗަށެވެ. މީގެ ކުރިން ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެއިން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ނެދަލެންޑްސްގެ މާޓިން ކޫޕްމަން ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި މި ފަހުން ނިމުނު ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ ވަގުތީ ގޮތުން ހަވާލުވީ އެސިސްޓަންޓް ކޯޗު އަލީ ސުޒޭންއެވެ.

މައުލޫމާތު ލިބޭ ގޮތުން މޮރިއޭރޯއާއެކު ރާއްޖޭން އެންމެ އަވަހަށް ނުކުންނާނީ ސްރީ ލަންކާގައި އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް މުބާރާތަށެވެ.

ހަތަރު ގައުމު މި މުބާރާތުގައި ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއެވެ. އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތް ބާއްވާއިރު، ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި އަށްވަނަ ދުވަހުގެރޭ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އަދި އޭގެ ފަހުން 11 ވަނަ ދުވަހު ހަވީރު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ކުޅޭނީ 14 ވަނަ ދުވަހެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް