Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމު ގަތަރަށް ފުރުން

ޓީ20 ކޮލިފައިންއަށް ގައުމީ ކްރިކެޓް ޓީމު ގަތަރަށް

19 އޮކްޓޯބަރު 2021 | އަންގާރަ 10:18

ގައުމީ ޓީމު ފުރާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 އޮކްޓޯބަރު 2021 | އަންގާރަ 10:18
ގަތަރަށް ފުރި ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން

ގަތަރަށް ފުރި ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން

މި މަހު ކުޅެން ނިންމާފައިވާ ކްރިކެޓުގެ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ގަތަރަށް ފުރައިފިއެވެ.

މި ފަހަރުގެ ކޮލިފައިންގައި ގައުމީ ޓީމު ވާދަކުރާއިރު، މިއީ ރާއްޖޭން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ފަހުން ބައިނަލްއަގުވާމީ ކްރިކެޓް މެޗުތަކަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ. ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހޭނީ ގަތަރު، ސައުދީ އަރަބިއްޔާ، ކުވައިތު އަދި ބަހްރޭނެވެ. މި ޒޯނުގެ ކޮލިފައިން މެޗުތައް ގަތަރުގެ ވެރިރަށް ދޯހާގައި ކުޅޭއިރު، މެޗުތައް ތާވަލުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮލިފައިން މެޗުތައް ކުޅުމަށް އަންގާރަ ދުވަހުގެ ހެނދުނު ގައުމީ ކްރިކެޓް ޓީމު ފުރިއިރު، ކޮލިފައިންއާ ދިމާކޮށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ވަނީ ގައުމީ ކްރިކެޓް ޓީމުތަކަށް ޚާއްސަ ބޯނަސް ސްކީމެއް އަލުން ތައާރަފުކޮށްފައެވެ.

އެގޮތުން ބައިނަލްއަގުވާމީ ކްރިކެޓް މުބާރާތްތަކުން މޮޅުވާ އަންހެން އަދި ފިރިހެން ޓީމަކަށް ބޯނަހެއްގެ ގޮތުގައި 20،000 ރުފިޔާ ދޭން ނިންމާފައިވާއިރު، 50 ލަނޑު ހަދާ ކުޅުންތެރިއަކަށް 2،500 ރުފިޔާ ދޭން ވަނީ ނިންމާފައެވެ. އަދި ސެންޗަރީއެއް ހަދާ ކުޅުންތެރިއަކަށް 5،000 ރުފިޔާ ދޭއިރު، ތިން ވިކެޓް ނަގާ ކުޅުންތެރިއަކަށް 1،500 ރުފިޔާ ދިނުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ފަސް ވިކެޓް ނަގާ ކުޅުންތެރިއަކަށް 2،500 ރުފިޔާގެ ބޯނަހެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

އަންގާރަ ދުވަހުގެ ހެނދުނު ގައުމީ ކްރިކެޓް ޓީމު ގަތަރަށް ފުރިއިރު، ކޮލިފައިންއަށް ފުރުމުގެ ކުރިން ޖާޒީ ދިނުމަށް އާދީއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތަށްފަހު "ރާއްޖެ.އެމްވީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އަޙްމަދު ނީޝަމް ނާސިރު ބުނީ ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވާން މީގެ 18 މަސް ދުވަސް ކުރިން މަސައްކަތް ފެށި ކަމަށާއި، އެކަމަކު ކޮވިޑް-19 އާ ގުޅިގެން އެކިކަހަލަ ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. އެކަމަކު ކޮލިފައިންއަށް ޓީމު ނުކުންނައިރު، ޓީމުގެ ރޫހު ރަނގަޅު ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު މަހްފޫޒް ބުނީ ފަރިތަކުރުންތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، އެކަމަކު ކޮވިޑުގެ ހާލަތާ ގުޅިގެން ކޮންމެސް ވަރެއްގެ ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ. ނަމަވެސް ކޮލިފައިންގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ބުންޏެވެ.

މި ފަހަރުގެ ކޮލިފައިންގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ގަތަރާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި މި މަހުގެ 27 ވަނަ ދުވަހު ނުކުންނާނީ ބަހްރޭނާ ދެކޮޅަށެވެ. އަދި ކޮލިފައިންގެ ފަހު މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ކުވައިތާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް