Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާއަށް ކުރަމުންދާ ވިއްސާރަ

ކެރެލާގައި ފެން ބޮޑުވެ، މަރުވި މީހުންގެ އަދަދު 35 އަށް!

19 އޮކްޓޯބަރު 2021 | އަންގާރަ 07:01

އާދިއްތަ ދުވަހު މަރުވި މީހުންގެ ތެރޭގައި 3 މީހުން ހިމެނޭ އަދި ހޯމަ ދުވަހު މަރުވި މީހުންގެ ތެރޭގައި 9 މީހުން ހިމެނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 އޮކްޓޯބަރު 2021 | އަންގާރަ 07:01
ކެރެލާގައި ފެން ބޮޑުވެފައި

ކެރެލާގައި ފެން ބޮޑުވެފައި

ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރަމުންދާ ވިއްސާރައިގައި އިންޑިއާގެ ކެރެލާގައި ފެން ބޮޑުވެ، 35 މީހަކު މަރުވެއްޖެއެވެ.

މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ކެރެލާގެ ދެކުނަށާއި، މެދުތެރެއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ވިއްސާރައިގައި ކެރެލާގެ ގިނަ ސިޓީތަކެއްގައި ފެން ބޮޑުވެފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މިހާތަނަށް އައިއިރު 35 މީހަކު މަރުވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އާދިއްތަ ދުވަހު މަރުވި މީހުންގެ ތެރޭގައި 3 މީހުން އަދި ހޯމަ ދުވަހު މަރުވި މީހުންގެ ތެރޭގައި 9 މީހުން ހިމެނޭކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި 6 މެންބަރުންގެ އާއިލާއެއްވެސް ވަނީ ގެއްލިފައެވެ. ކުރިއަށްއޮތްތަނުގައި މި އަދަދުތައް އިތުރުވުން އެކަށީގެންވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ކެރެލާގައި ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުގެ ބައެއް ހިސާބުތަކުން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ. އިންޑިއާގެ ރެސްކިއު ޓީމުން ބުނީ ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއީ ސީރިއަސް ހާލަތެއް ކަމަށް ކެރެލާގެ ޗީފް މިނިސްޓަރ ޕިނަރާއީ ވިޖަޔަން ވަނީ ސިފަކުރައްވާފައެވެ. އަދި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކެރެލާގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުންދާނެ ކަމުގެ އިންޒާރު އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ދީފައިވާކަމަށް ވެސް ޕިނަރާއީ ވިދާޅުވިއެވެ. އެހެންނަމަވެސް އެންމެ ފަހުން ބެލި ބެލުމުން މި ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ދައްކާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މޯގަން ފްރީމަން ނުފެންނާތީ އުޒްބަކިސްތާނުގައި ފިލްމެއް އެޅުވުން މަނާކޮށްފި

15 މާރިޗު 2017
މޯގަން ފްރީމަން ނުފެންނާތީ އުޒްބަކިސްތާނުގައި ފިލްމެއް އެޅުވުން މަނާކޮށްފި
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް