Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސީއެމްބިއުލޭންސް ފޮނުވުން

2015 ވަނަ އަހަރު ސިފައިންނާ ޙަވާލުކުރި ސީ އެމްބިއުލާންސްތައް ބޭނުން ނުކުރެވޭ ޙާލަތުގައި

ސީ އެމްބިއުލާންސްގެ ޚިދުމަތަކީ ދިވެހި ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2021 | އަންގާރަ 05:02
ސިފައިންނާ ޙަވާލުކޮށްފައިވާ ސީއެމްބިއުލާންސްއެއް- ގިނަ އުޅަނދުތައް މިހާރުވެސް ހުރީ ބޭނުން ނުކުރެވޭ ޙާލަތުގައި

ސިފައިންނާ ޙަވާލުކޮށްފައިވާ ސީއެމްބިއުލާންސްއެއް- ގިނަ އުޅަނދުތައް މިހާރުވެސް ހުރީ ބޭނުން ނުކުރެވޭ ޙާލަތުގައި

2015 ވަނަ އަހަރު ސިފައިންނާ ޙަވާލުކުރި ސީ އެމްބިއުލާންސްތަކަކީ ކުރީގައި ހޮސްޕިޓަލުތަކުގައި ބޭނުންކުރަމުން އައި ލޯންޗުފަހަރުކަމަށާއި، އެ އުޅަނދުތައް ބޭނުން ނުކުރެވޭ މިންވަރަށް ބާވެ މަރާމާތު ކުރަން ޖެހިފައިވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެހެން ވިދާޅުވީ، އއ. އަތޮޅު ހޮސްޕިޓަލަށް ވަސީލަތްތައް ފުރިހަމަ، އައު ސީ އެމްބިއުލާންސްއެއް ލިބޭނީ ކޮން ތާރީޚެއްގައިތޯ ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން ކުރެއްވި ސުވާލަށް ލިއުމުން ދެއްވި ޖަވާބުގައެވެ.

Advertisement - newsAdvertisement

މެމްބަރު ކުރެއްވި ސުވާލުގައި ވަނީ އއ. އަތޮޅު ހޮސްޕިޓަލުގައި ސީ އެމްބިއުލާންސްގެ ނަމުގައި ބޭނުންކުރާ އާދައިގެ ކުޑަ ލޯންޗު މިހާރު ބޭނުން ނުކުރެވޭ ވަރަށް ބާވެ ފަޅައިގެންގޮސް ޙަލާކުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އިންޖީނުތައް ވެސް މައްސަލަ ޖެހިފައިވާކަމަށް ވިދާޅުވެ މެމްބަރު ވަނީ އއ. އަތޮޅު ހޮސްޕިޓަލަށް ވަސީލަތްތައް ފުރިހަމަ، އައު ސީ އެމްބިއުލާންސްއެއް ލިބޭނީ ކޮން ތާރީޚެއްގައިތޯ ސުވާލު ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ލިއުމުން ދެއްވި ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، ސީ އެމްބިއުލާންސްގެ ޚިދުމަތަކީ ދިވެހި ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ކަމަށެވެ. އަދި އެ ޚިދުމަތް ފޯރުކޮށްދެވެން އޮތް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭތޯ އެމްއެންޑީއެފުން އަބަދުވެސް މަސައްކަތް ކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ޖަވާބުގައި އިތުރަށް ވިދާޅުވީ، މި ޚިދުމަތް މިހާރުވެސް ފޯރުކޮށްދެމުން ގެންދަނީ ގިނަ ގޮންޖެހުންތަކާއެކު ކަމަށެވެ. އެގޮތުން ސީއެމްބިއުލާންސްގެ ޚިދުމަތް ފެށުމަށްޓަކައި 2015 ވަނަ އަހަރު އެމްއެންޑީއެފާ ޙަވާލުކުރި އުޅަނދުތަކަކީ ގިނަ ދުވަސްތަކެއްވެ ޙާލަތު ދަށްވެފައިވާ އުޅަނދުތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އޭރު ޙަވާލު ކުރެވުނު 27 އުޅަނދަކީ ވެސް ކުރީގައި ހޮސްޕިޓަލުތަކުގައި ބޭނުންކުރަމުން އައި ލޯންޗުފަހަރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެއީ ބޭނުންކުރާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އުޅަނދުތަކެއްކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި މުޅި ސީއެމްބިއުލާންސް ފްލީޓަށް ބަލާއިރު މިހާރުވެސް ގްރައުންޑް ކުރެވިފަައިވާ މިންވަރު އިތުރުވުމާއި، ޙާލަތު ދަށްވުމުގެ ސަބަބުން ކައިރި މުސްތަޤުބަލެއްގައި ދޫކޮށްލަންޖެހޭކަމަށް ލަފާކުރެވޭ އުޅަނދުތައް ހުރި ނަމަވެސް ބަޖެޓުގެ ދަތިކަމުގެ ސަބަބުން އެތަކެތި ދޫކޮށްލެވެން ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 2021 ގައި ފްލީޓަށް އިތުރުކުރި 6 އުޅަނދު ފިޔަވައި ހުރިހާ އުޅަނދެއް ވެސް ވަރަށް އަވަހަށް މަރާމާތު ކުރަން ޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އއ. ރަސްދޫގައި ބޭނުންކުރާ ސީއެމްބިއުލާންސްއަކީ ވެސް އޭގެ ތެރެއިން އުޅަނދެއް ކަމަށެވެ. އެ ސީއެމްބިއުލާންސް 7 ސެޕްޓެމްބަރު 2021 ގައި ބަލި މީހަކު ގޮވައިގެން އއ. ރަސްދޫއިން މާލެ އައުމަށްފަހު އެނބުރި ދިޔަ ދަތުރުގައި ހަލާކުވެ މިހާރު އޮތީ މަރާމާތުގައެވެ. އަދި އެ އުޅަނދުގައި އިތުރަށް ކުރަން ޖެހިފައިވާ މަރާމާތުތަކުގެ ތަފްސީލު ވެސް މިނިސްޓަރ ވަނީ އަރުވާފައެވެ. އެ މަރާމާތުތަކަށްފަހު 25 އޮކްޓޯބަރު 2021 ގައި ސީއެމްބިއުލާންސް އޮޕަރޭޝަނަށް ގެނެވޭނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެކަމަށްޓަކައި 65000 ރުފިޔާ ޚަރަދުވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ސީއެމްބިއުލާންސްތައް މަރާމާތު ކުރުމަށާއި، ބައުވެ ޙާލަތު ދަށްވެފައިވާ އުޅަނދުތައް ބަދަލުކުރުމަށް އެކަށޭނަ މިންވަރަށް ބަޖެޓު ނެތް ކަމަށެވެ. މިހާރުވެސް އޭރު ޙަވާލުކުރި 27 އެމްބިއުލާންސްގެ ތެރެއިން 10 އުޅަނދު ވަނީ ބޭނުން ނުކުރެވޭ އަދި މަރާމާތު ވެސް ނުކުރެވޭ މިންވަރަށް ހަލާކުވުމުން ޚިދުމަތުން ބާކީކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު