Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒުވާން ގައުމީ ޓީމު ފުރުން

ކޮލިފައިން މެޗުތައް ކުޅުމަށް ޒުވާން ގައުމީ ޓީމު ބަހްރޭނަށް

18 އޮކްޓޯބަރު 2021 | ހޯމަ 09:58

ބަހްރޭނުގައި އިތުރު ދެ މެޗެއް ކުޅުމަށް އަންނަނީ މަސައްކަތްކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 އޮކްޓޯބަރު 2021 | ހޯމަ 09:58
ބަހްރޭނަށް ފުރި 23 އަހަރުން ދަށުގެ ގައުމީ ޓީމު

ބަހްރޭނަށް ފުރި 23 އަހަރުން ދަށުގެ ގައުމީ ޓީމު

އަންނަ އަހަރު އުޒްބެކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ 23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗުތައް ކުޅުމަށް ޒުވާން ގައުމީ ޓީމު ބަހްރޭނަށް ފުރައިފިއެވެ.

ކޮލިފައިން މެޗުތައް މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކުޅުމަށް ތާވަލުކޮށްފައިވާއިރު، ރާއްޖެ ހިމެނޭ ގްރޫޕް ސީގައި ދެން އޮތް ގައުމުތަކަކީ ބަހްރޭނުގެ އިތުރުން އިރާގާއި އަފްޣާނިސްތާނެވެ. މި މެޗުތައް ކުޅުމަށް ހޯމަ ދުވަހުގެ ހެނދުނު 23 އަހަރުން ދަށުގެ ގައުމީ ޓީމު ވަނީ ބަހްރޭނަށް ފުރާފައެވެ.

މި ފަހަރުގެ ކޮލިފައިންއާ ކުރިމަތިލާއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ޒުވާން ގައުމީ ޓީމުގެ ކޯޗަކަށް ރާއްޖޭގެ އެއް ނަމްބަރު ކޯޗު އަލީ ސުޒޭން ހަމަޖައްސާފައެވެ. އެކަމަކު އޭގެ ފަހުން ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ސީނިއާ ގައުމީ ޓީމުގެ ޒިންމާވެސް ސުޒޭނާ ހަވާލުކުރުމުން، ޒުވާން ގައުމީ ޓީމުގެ ކަންކަން ބަލަހައްޓާފައިވަނީ އެސިސްޓަންޓް ކޯޗުން ކަމަށްވާ ޒުވާން ކޯޗު ސޮބާހު މުޙައްމަދު އިބްރާހީމް (ސޮބާ) އާއި މުޙައްމަދު ޝާހިދު (ޝާޑު) އެވެ.

ބަހްރޭނަށް ފުރުމުގެ ކުރިން "ރާއްޖެ.އެމްވީ" އަށް ދިން އިންޓަވިއުއެއްގައި ސޮބާ ބުނީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ގާތްގަނޑަކަށް 10 ވަރަކަށް ތަމްރީނު މެޗުތައް ކުޅެ، ރަނގަޅު ނަތީޖާތަކެއްވެސް ނެރެފައިވާ ކަމަށެވެ. އެހެންކަމުން ކޮލިފައިންއާ ކުރިމަތިލާއިރު، ޓީމާ މެދު ހިތްހަމަޖެހުމެއް އެބައޮތް ކަމަށްވެސް ބުންޏެވެ. އަދި ބަހްރޭނުގައި އިތުރު ދެ މެޗެއް ކުޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެ މެޗުތައް ލިބެއްޖެނަމަ ޓީމުގެ ކުޅުންތެރިން ޕްރެޝަރުގައި ކުޅޭގޮތް ބަލާލެވި، ވަރަށް ބޮޑު ހިތްހަަމަޖެހުމެއް ލިބިގެންދާނެ ކަމަށްވެސް ސޮބާ ވަނީ ބުނެފައެވެ.

ކޮލިފައިންގައި ވާދަކުރާ ޒުވާން ޓީމުގެ ސްކޮޑުގައި ގައުމީ ސީނިއާ ޓީމުގައި ކުޅުނު ކުޅުންތެރިންވެސް ހިމެނެއެވެ. އޭގެ ތެރޭގައި މި ފަހަރު ސާފް ޗެމްޕިއަންޝިޕުގެ ސްކޮޑުގައި ހިމެނި ތަފާތު މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) އާއި ގޯލްކީޕަރު އަލީ ނާޖިހު (ނާޖީ) ހިމެނެއެވެ. މީގެ އިތުރުން މީގެ ކުރިން ސީނިއާ ގައުމީ ޓީމަށް ކުޅުނު ބައެއް ކުޅުންތެރިންވެސް ޒުވާން ޓީމުގެ ސްކޮޑުގައި ހިމެނެއެވެ.

ސޮބާ ބުނީ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ހައިޝަމް ކުޅުމަކީ ޒުވާން ޓީމަށް އޮތް ވަރަށް ބޮޑު ފައިދާއެއް ކަމަށެވެ. އޭގެ އިތުރުން ތިންވަނަ ގޯލްކީޕަރު ނާޖީވެސް ޒުވާން ޓީމާ ގުޅޭނެ ކަމަށާއި، މީގެ އިތުރުން ސީނިއާ ޓީމުގައި އެކި ފަހަރު މަތިން ފުރުސަތު ލިބި، ބޮޑު ޓީމާއެކު މަސައްކަތްކޮށްފައި ތިބި ކުޅުންތެރިން ޒުވާން ޓީމުގައި ހިމެނުމަކީ ޓީމަށް އޮތް އިތުރު ފައިދާއެއް ކަމަށްވެސް ސޮބާ ވަނީ ބުނެފައެވެ.

ކޮލިފައިން މެޗުތަކަށް ޒުވާން ގައުމީ ޓީމު ބަހްރޭނަށް ފުރިއިރު، އެ ޓީމު އެކުލަވާލުމަށް މިދިޔަ އޯގަސްޓް މަހުގެ ފަހުކޮޅު ޓްރަޔަލްތައް ފެށިއެވެ. އޭގެ ފަހުން ޒުވާން ގައުމީ ޓީމުން ވަނީ ޅ. އަތޮޅުގައި ކޭމްޕުކޮށް، ތަމްރީނު ހަ މެޗެއް ކުޅެފައެވެ.

މި ފަހަރުގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. ކޮލިފައިންގެ ދެވަނަ މެޗުގައި އެ މަހުގެ 29 ވަނަ ދުވަހު ބަހްރޭނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު، ފަހު މެޗުގައި 31 ވަނަ ދުވަހު ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.

ކޮލިފައިންގައި 11 ގްރޫޕް ހިމެނޭއިރު، ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށް އޭއެފްސީ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެއެވެ. އަދި އެ 11 ގްރޫޕުން ދެވަނައަށްދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަކަށްވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް