Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމަށް ޖާޒީ ހަވާލުކުރުން

ޓީ20 ކޮލިފައިންގައި ވާދަކުރާ ގައުމީ ކްރިކެޓް ޓީމަށް ޖާޒީ ހަވާލުކޮށްފި

18 އޮކްޓޯބަރު 2021 | ހޯމަ 05:13

ކޮލިފައިން މެޗުތައް ދޯހާގައި ކުޅޭނީ މި މަހުގެ 23-29 އަށް

އަތޫފް އާތިފް
އަތޫފް އާތިފް | 18 އޮކްޓޯބަރު 2021 | ހޯމަ 05:13
ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި މަހު ކުޅެން ނިންމާފައިވާ ކްރިކެޓުގެ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފިއެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފައިވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އާދީއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި، އެ ބޯޑުގެ ރައީސް މުޙައްމަދު ފައިސަލެވެ.

މި ފަހަރުގެ ކޮލިފައިންގައި ގައުމީ ޓީމު ވާދަކުރާއިރު، މިއީ ރާއްޖޭން 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ފަހުން ބައިނަލްއަގުވާމީ ކްރިކެޓް މެޗުތަކަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ. ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހޭނީ ގަތަރު، ސައުދީ އަރަބިއްޔާ، ކުވައިތު އަދި ބަހްރޭނެވެ. މި ޒޯނުގެ ކޮލިފައިން މެޗުތައް ގަތަރުގެ ވެރިރަށް ދޯހާގައި ކުޅޭއިރު، މެޗުތައް ތާވަލުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ދިނުމަށް އާދީއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް ވިދާޅުވީ މީގެ ކުރިންވެސް ކްރިކެޓް ބޯޑުން ދެމުން އަންނަ ބޯނަސްތައް ކުޅުންތެރިންނަށް އަލުން ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮލިފައިންގައި މޮޅުވާ ކޮންމެ މެޗަކަށް 20،000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށާއި، މި ބޯނަސް ދިނުމަށް ނިންމީ ކުޅުންތެރިންނަށް މޮޅުވުމަށް ލިބޭނެ އިތުރު ހިތްވަރެއްގެ ގޮތުން ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖެ.އެމްވީ" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ގައުމީ ކްރިކެޓް ޓީމުގެ އަޙްމަދު ނީޝަމް ނާސިރު ބުނީ ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ތައްޔާރުވާން މީގެ 18 މަސް ދުވަސް ކުރިން މަސައްކަތް ފަށާފައިވާ ކަމަށާއި، އެކަމަކު ކޮވިޑް-19 އާ ގުޅިގެން އެކިކަހަލަ ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. އެކަމަކު ކޮލިފައިންއަށް ޓީމު ނުކުންނައިރު، ޓީމުގެ ރޫހު ރަނގަޅު ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު މަހްފޫޒް ބުނީ ފަރިތަކުރުންތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، އެކަމަކު ކޮވިޑުގެ ހާލަތާ ގުޅިގެން ކޮންމެސް ވަރެއްގެ ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ. ނަމަވެސް ކޮލިފައިންގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ބުންޏެވެ.

މި ފަހަރުގެ ކޮލިފައިންގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ގަތަރާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި މި މަހުގެ 27 ވަނަ ދުވަހު ނުކުންނާނީ ބަހްރޭނާ ދެކޮޅަށެވެ. އަދި ކޮލިފައިންގެ ފަހު މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ކުވައިތާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް