Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

ރައްކާވެ ތިބިއްޔާ ދަތުރެވެ!

ދަތުރު ކުރާންވާނީ ސަލާމަތްވާނެ މަގު ހޯދައިގެން

ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2021 | އާދީއްތަ 13:18
ސަމާލުކަން ދޭން ލާޒިމުކުރާ ކަންކަމަށް ސަމާލުކަން ނުދެވިގެން ކަނޑުމަތީގައި ހިތާމަވެރި ހާދިސާތައް ހިނގަމުންދޭ

ސަމާލުކަން ދޭން ލާޒިމުކުރާ ކަންކަމަށް ސަމާލުކަން ނުދެވިގެން ކަނޑުމަތީގައި ހިތާމަވެރި ހާދިސާތައް ހިނގަމުންދޭ

ދިވެހި ހަރުބަހެއްގައި ބުނެވެއެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ. މިބަހުގެ މުރާދަކީ ދަތުރު ކުރާންވާނީ ސަލާމަތްވާނެ މަގު ހޯދައިގެންނެވެ. ކަންކަން ކުރާންވާނީ އަދި ކަންކަމުގައި އުޅޭންވާނީ ވިސްނާބަލައިގެންނެވެ. މިގޮތް ދޫކޮށްލައިފިއްޔާ ކިތަންމެ ދެރަގޮތެއްވެސް މެދުވެރިވެދާނެއެވެ. ނުރައްކަލެއް ކުރިމަތިވާނީ ބުނެ އަންގާފައެއް ނޫނެވެ. ކަންކަން ކުރިމަތިވާނީ ހަމަ ކުއްލިއަކަށެވެ. ނުރައްކަލެއް ކުރިމަތިވާ ހިނދު އެކަމަކުން އަރައިގަނެވޭނީ ދުރާލާ ތައްޔާރުވެ ހުންނަ މިންވަރަކުންނެވެ. ސަމާލުވެ ވިސްނައިބަލައި ހުރެވޭ މިންވަރަކުންނެވެ. މިއީ އެންމެ ގަދީމީ ޒަމާނުއްސުރެ ދިވެހި ކާބަފައިން ބުނަމުން އައި ބަހެކެވެ. ޒުވާނުން ކަންކަމަށް ހާނުވައި ލޯހުޅުވައިގެން ސަމާލުވެގެން ތިބުމަށް ބާރު އެޅުމުގެ ގޮތުން ބުނެ އުޅުނު އިންޒާރުގެ ބަހެކެވެ.

ދިވެހިރާއްޖޭގެ ރަށްތައް އެތުރިގެންވަނީ މާސިންގާ ބިޔަ ކަނޑެއްގެ މެދުގައެވެ. އެއްރަށުން އަނެއް ރަށަށް ދެވެނީ ކަނޑު ދަތުރެެއް ކޮށްގެންނެވެ. ޒަމާނީ ބަދަލުތަކާއެކު ދަތުރުފަތުރަށް ލުއިފަސޭހަކަން ލިބި ދަތުރުތައް އަވަސްވިޔަސް ކަނޑުތައް އަމާނެއް ނޫނެވެ. މޫސުންވެސް އަމާނެއް ނޫނެވެ. އެހެންވީމާ ދަތުރަކަށް ނުކުންނައިރު ކާބަފައިން އެންމެ ކުރީޒަމާނުގައިވެސް ދެމުން އައި އިންޒާރުގެ މަތިން ހަނދާންކުރުން ލާޒިމެވެ. ދަތުރުކުރަންވާނީ ރައްކާތެރިކަމަށްޓަކައި އެޅެންހުރި އެންމެހައި ފިޔަވަޅުތައް އަޅައިގެންނެވެ. ގާނޫނުން ލާޒިމުކުރާ އެންމެހައި ކަންކަންވެސް ފުރިހަމަކޮށްގެންނެވެ. އެކަމަކު ކަންކަން ހިނގަމުން އަންނަނީ އެގޮތަށް ބާވައެވެ. ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވެވޭބާވައެވެ. ހިނގަމުންދާ ހިތާމަވެރި ހާދިސާތަކަށް ބަލައިލީމާ ޖަވާބަކީ ނޫނެކޭއެވެ. ކަންކަން އެގޮތަކަށެއް ނުހިނގައެވެ.

ދަތުރުމަތީގައި ކުއްލިޔަކަށް ދިމާވާ ހިތާމަވެރި ހާދިސާޔަކަށްފަހު ކަންކަން ބަލައި ހޯދީމާ ފެންނާން އޮންނަ ހަގީގަތަކީ ގަވާއިދުތަކަށް ތަބާވެވިފައި ނޯންނަކަމެވެ. ކުޑަމިނުން ލައިފް ޖެކެޓްވެސް އަޅައިގެން ނުތިބެވޭކަމެވެ. އުޅަނދުގައި އުފުލުމަށް ހުއްދަނޫން އަދަދަށް މީހުންވެސް އަރައިތިބިކަމެވެ. މޫސުމަށް ސަމާލުވުމަށް އެކި އިދާރާތަކުން އެކި ކުލަކުލައިގައި ނެރޭ އިންޒާރުތަކަށް އަޅާލެވިފައި ނޯންނަކަމެވެ. މިހެންގޮސް ވަރަށް ގިނަ ކަންކަމެވެ. ރައްކާތެރިކަމަށްޓަކައި ގަވާއިދުތައް ހެދިފައި ހުންނަނީ އެންމެންގެ ހެވާއި ލާބަޔަށެވެ. އެއީ ކަރުދާހުގައި ލިޔެފައި ރީއްޗަށް ރައްކާކުރަން ހަދާ އެއްޗެއް ނޫނެވެ. އެއީ ހަމަ ކޮންމެ މީހަކުވެސް ތަބާވުން ލާޒިމު އެއްޗެކެވެ. އެޔަށް ތަބާވެވޭނަމަ ހިތާމަވެރި ހާދިސާތަކުގައި ކިތަންމެ ބައެއްގެ ފުރާނަ ސަލާމަތްވީހެވެ. އާއިލާތައް ބިކަވެގެން ނުދިޔައީހެވެ.

މިޒާތުގެ ވާހަކަ ހަމަ ކޮންމެ ދުވަހަކުވެސް ދައްކަން ޖެހެއެވެ. އެއީ ކޮންމެހެން ހިތާމަވެރި ހާދިސާއެއް ހިނގީމާ އެދުވަހަކު އެކަނި ދައްކާންޖެހޭ ވާހަކައެއް ނޫނެވެ. އެކަމަކު ގިނައިން އެކަހަލަ ވާހަކަ ދެއްކެނީ ހިތާމަވެރި ހާދިސާއެއް ހިނގައިގެން އުޅޭ ވަގުތެއްގައެވެ. އެކަހަލަ ވާހަކަ ދައްކައި އިންޒާރު ދިނުމަށް އެންމެ މުނާސަބުކަން ބޮޑީވެސް މީހުންގެ ސިކުނޑީގައި ހާދިސާގެ ނުރައްކާތެރިކަން ތާޒާކޮށް ހުންނަ ވަގުތުގައި ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިއަދަކީ އަނެއްކާވެސް އެކަހަލަ ދުވަހެކެވެ. މިއަދަކީ ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއްގައި ޒުވާން މަންމަޔަކާއި އޭނާގެ ތުއްތު ދަރިފުޅު ދުނިޔެއިން ވަކިވުމުގެ ހިތާމައިގައި މުޅި ގައުމު ކަރުނައަޅަމުންދާ ދުވަހެކެވެ. އެކަން އެގޮތަށް މެދުވެރިވީ ކީއްވެގެންތޯޔާއި ކޮން ބައެއްގެ އިހުމާލުންތޯ ސުވާލު ކުރެވެމުންދާ ދުވަހެކެވެ.

ބަލައިލި ކޮންމެ ދިމާޔަކުން ފެންނަނީ އިހުމާލެވެ. އެންމެ ފުރަތަމަ ދަތުރަށް ފެށުމަކީވެސް އިހުމާލެވެ. ރާއްޖޭގެ މޫސުން އިއްޔެއާއި މިއަދު ވަރަށް ގޯހެވެ. ވަރަށްވެސް ބޮޑަށެވެ. ވައިބާރުވެފައި ކަނޑުގެ ރާޅުތައް އުހެވެ. ގިނަ އުޅަނދުތައް ކަނޑަކަށް ނުނިކުމެއެވެ. ކަމާބެހޭ އިދާރާތަކުން ދީފައިވާ ލަފަޔަށް ތަބާވެގެން ތިބީއެވެ. އެކަމަކު އަނެއް ބަޔަކަށް ރައްކާތެރިކަމަށްވުރެ މުހިންމީ ވިޔަފާރިއެވެ. ޝެޑިއުލް ކުރެވިފައިވާ ދަތުރުތައް ފިއްޔެއްވެސް ތަފާތުނުކޮށް ކުރުމެވެ. އެގޮތުން ދަތުރަށް ނުކުތީއެވެ. ދަތުރަށް ނުކުތްއިރު އުޅަނދުގެ ލައިފް ޖެކެޓްތައް ހުރީ ދަތުރުވެރިންގެ ގަޔަކު ނޫނެވެ. އެތަކެތި ހުރީ އުޅަނދުގެ އެހެން ތަނެއްގައެވެ. ކުއްލިއަކަށް އުޅަނދުގެ ދިރުނބާކޮޅަށް ބިންދާލި ރާޅު ފަހަތުކޮޅުން ފައިބަައިގެންދިޔައީ ދަތުރުވެރިންގެ ތެރެއިން މަންމަޔަކާއި އޭނާގެ ތުއްތު ދަރިފުޅުވެސް ގޮވައިގެންނެވެ.

ދެން އޮތީ ކަންބޮޑުވުމާއި އުދާސް އެންމެ ބޮޑަށް އެކުލެވޭ ވާހަކައެވެ. އެ ދެމައިން ސަލާމަތް ކުރުމަށް ކަނޑަށް ފުންމާލީ ކުއްޖާގެ ބައްޕަ އެކަންޏެވެ. ދެފުރާނަ ސަލާމަތް ކުރުމަށް ކަނޑަށް ފުންމާލީ އެންމެ މީހެކެވެ. އެކަމަކު އެއްފަހަރާ އޭނާއަށް ދެމީހުން ސަލާމަތް ކުރެވޭނެ ބާވައެވެ. އެއީ އެހާލަތުގައި އެކަށީގެންވާ ކަމެއް ނޫނެވެ. އުޅަނދުގައި ދެންތިބި މީހުން ކޮބައިބާވައެވެ؟ ފަތަން އެނގޭ މީހަކު ނެތީބާވައެވެ؟ ހާލަތުގެ ބިރުވެރިކަން މޭރުންވާ އެހެން ބަޔަކު ނެތީބާވައެވެ. ފަޅުވެރިން ކޮބައިބާވައެވެ؟ ފަރުދީ ޒިންމާޔަކީ ވެސް އޮންނަ އެއްޗެކެވެ. އެހީވުމާއި އެއްބާރުލުން ދިނުމަކީވެސް އޮންނަ ކަމެކެވެ. އެކަމަކު އެދެމައިންނަށް އެކަން ކޮށްދޭން ހުރީ ބައްޕަ އެކަންޏެވެ. އެހެން މީހުންނަށް ތިބެވުނީ މަންޒަރު ބެލުމުގައެވެ. އަޅުގަނޑު ހިތުން މިއީ ވަރަށް ދެރަ ކަމެކެވެ. އިންސާނުންގެ ގޮތުގައި ލަދުވެސް ގަންނާންވީ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޖުމުހޫރީ 55" މި ޖުމުހޫރިއްޔާގެ ކާމިޔާބީގެ އަލިގަދަ ދަލީލެއް

"ޖުމުހޫރީ 55" މި ޖުމުހޫރިއްޔާގެ ކާމިޔާބީގެ އަލިގަދަ ދަލީލެއް

11 ނޮވެމްބަރު 2023
ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!

ރާއްޖޭގެ މިހާރުގެ އާބާދީގެ ޒުވާނުންނަށް ނޮވެންބަރު 3 ނުފެނޭ!

03 ނޮވެމްބަރު 2023
ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

06 ސެޕްޓެމްބަރު 2023
ދައުލަތުގެ ރައީސުންގެ ވާހަކަ

ދައުލަތުގެ ރައީސުންގެ ވާހަކަ

28 އޯގަސްޓު 2023
ރައީސުލްޖުމްހޫރިއްޔާ ހޮވުމުގެ 12 ވަނަ ރިޔާސީ އިންތިޚާބު ޑިމޮކުރަސީގެ 4 ވަނަ ރިޔާސީ އިންތިޚާބު

ރައީސުލްޖުމްހޫރިއްޔާ ހޮވުމުގެ 12 ވަނަ ރިޔާސީ އިންތިޚާބު ޑިމޮކުރަސީގެ 4 ވަނަ ރިޔާސީ އިންތިޚާބު

22 އޯގަސްޓު 2023

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު