Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުން ހިންގަމުންދާ އޮޕަރޭޝަން

ފުލުހުން ހިންގަމުންދާ ބޮޑު އޮޕަރޭޝަނުގައި އިތުރު 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 އޮކްޓޯބަރު 2021 | ހުކުރު 18:20
ފުލުހުން ހިންގި އޮޕަރޭޝަންގައި އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތި

ފުލުހުން ހިންގި އޮޕަރޭޝަންގައި އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެތި

މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.

އެކަމާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި މެރިން ޕޮލިސް އާއި ފޮރެންސިކްސް އަދި ރ. އަތޮޅު ފުލުހުން ގުޅިގެން މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގާތްގަނޑަކަށް 215 ކިލޯގެ ހެރޮއިން ހޯދާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ސީޕީ ވަނީ އެ އޮޕަރޭޝަނަށް އިންޑިއާ ސަރުކާރާއި އެމްއެންޑީއެފްއިން ވެދިން އެހީއަށް ޝުކުރު އަދާކުރައްވާފައެވެ.

Advertisement - newsAdvertisement

މިއޮޕަރޭޝަންގައި އެމްއެންޑީއެފް އާއި އިންޑިޔާއިން ވެދީފައިވަނީ ކޮން އެހީތެރިކަމެއްކަމާއި އޮޕަރޭޝަންގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

މަސްތުވާތަކެތި ހޯދުމަށް ކުރިޔަށްގެންދާ އޮޕަރޭޝަންގެ ތެރެއިން 215 ކިލޯގެ މަސްތުވާތަކެތި މިއަތުލައިގަތީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް އަދި ފޮރެންސިކް ޓީމުން ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ހިންގި އޮޕަރޭޝަނެއްގައި 100 އެއްހާ ކިލޯގެ ހެރޮއިން އަތުލައިގަތް ފަހުންނެވެ. މި މައްސަލައިގައި 10 މީހަކު ހައްޔަރުކުރިއެވެ. އެގޮތުން ހެރޮއިން އަތުލައިގަތީ ތަފާތު 10 ސަރަހައްދުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު އޭރު ވިދާޅުވީ 10 ސަރަހައްދަކުން މަސްތުވާތަކެތި އަތުލައިގަތް ކަމަށެވެ. އެ އޮޕަރޭޝަނުގައި، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކާއި ބައެއް ފަޅުރަށްތައް ބަލައި ފާސްކޮށްފައިވާއިރު، 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފަޅުރަށެއްގައި ފޮރުވާފައި ހުއްޓައި ފުލުހުންވަނީ ހޯދާފައެވެ.

އެކަމާ ގުޅޭ ފަހުގެ މައުލޫމާތުތައް ހިއްސާކޮށް ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނާއި 25 އަހަރު، 26 އަހަރު، 27 އަހަރު، 30 އަހަރު، 34 އަހަރު، 35 އަހަރުގެ މީހަކާ އަދި 61 އަހަރުގެ މީހެއް ކަމަށެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ދެ ބިދޭސިންކަން ފާހަގަކޮށް ފުލުހުން ބުނީ މި އެންމެންނަކީވެސް ފިރިހެނުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަދި އަނެއް ދެ މީހުން ކޯޓުން ވަނީ ދޫކޮށްލާފައެވެ. އެ ދެ މީހުން ދޫކޮށްލުމުން އިސްތިއުނާފު ކުރުމަށް އެދި މިހާރު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު