Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދުހަމްގެ ޝަރީއަތް

އަދުހަމްގެ ޝަރީއަތް ސިއްރު ކުރުމާ ގުޅޭގޮތުން ނަޝީދު: އެއީ ޤައުމުތަކުގައި ކޮށްއުޅޭ ކަމެއް

އަދުހަމުގެ މައްޗަށް 4 ދައުވާއެއް ވަނީ އުފުލިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2021 | ބުދަ 09:23
އަދުހަމް މުހައްމަދު ރަޝީދު- މި މައްސަލައާއި ގުޅިގެން އަދުހަމުގެ މައްޗަށް 4 ދައުވާއެއް ވަނީ އުފުލިފައި

އަދުހަމް މުހައްމަދު ރަޝީދު- މި މައްސަލައާއި ގުޅިގެން އަދުހަމުގެ މައްޗަށް 4 ދައުވާއެއް ވަނީ އުފުލިފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މެއި 6 ވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގައި ބޮންގޮއްވާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އަދުހަމްގެ ޝަރީއަތް ސިއްރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އެކަމުގެ ފަހަތުގައި ސަބަބުތަކެއްވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ވަނީ ރައީސް ނަޝީދަށް ސުވާލު އަމާޒުކޮށްފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ޝަރީއަތްތައް ސިއްރުކުރަނީ އިތުރަށް ކަންކަމާ ގުޅޭގޮތުން ފާޅުވެގެންދާ ނުކުތާތަކާއި، އޭގެ ސަބަބުން ބަޔަކަށް ގެއްލުންލިބި، ބަޔަކު ޓާގެޓުވެގެންދާނެތީ ކަމަށެވެ. އަދި ފަނޑިޔާރުންގެ ސަލާމަތަށް ވެސް ޤައުމުތަކުގައި އެކަންކޮށް އުޅޭކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޝަރީއަތުގެ މަޖިލިސް ވަކި ހިސާބަކުން ފަނޑިޔާރުންވަނީ ސިއްރުކުރައްވާފައެވެ. އެއީ ގައުމީ ސަލާމަތާ ގުޅުން ހުރި ވާހަކަތަކެއް ޝަރީއަތުގެ މަޖިލީހުގައި ދެކެވޭތީ ކަމަށާއި، އެބައި ނިމުމުން އަލުން މަޖިލިސް ހުޅުވާލާނެ ކަމަށް ފަނޑިޔާރު އެ އަޑުއެހުމުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން، އެއްވެސް މަޖުބޫރުކަމެއް ނުފޫޒެއް ނެތި ހަތަރު ދައުވާއަށް ވެސް އިއުތިރާފްވާކަމަށް، އެ ޓެރަރިސްޓު ހަމަލާގައި ބޮންގޮއްވާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލިފައިވާ އަދުހަމް ވަނީ ބުނެފައެވެ. މި މައްސަލައިގައި އުފުލާފައިވާ ދައުވާތައް ސާފުވެއްޖެކަން ފާހަގަކޮށް އަދުހަމް ބުނީ، އެއްވެސް މަޖުބޫރު ކަމެއް އަދި ނުފޫޒެއް ނެތި އަމިއްލަ އިޚުތިޔާރުގައި 4 ދައުވާއަށް ވެސް އިއުތިރާފުވާ ކަމަށެވެ. އަދުހަމުގެ އިއުތިރާފުގެ އެއްބަސްވުން ވެސް ދައުލަތުން މިހާރު ވަނީ ކޯޓާ ހިއްސާކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އަދުހަމުގެ މައްޗަށް 4 ދައުވާއެއް ވަނީ އުފުލިފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިސްޓު ޖަމާއަތަކަށް ތާއިދުކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެ މީހެއްގެ ފުރާނަ ނަގާލަން މަސައްކަތް ކުރުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓްރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު