Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ-މޯލްޑިވްސް ރައުންޑްޓޭބަލް

އިންޑިއާ-މޯލްޑިވްސް ރައުންޑްޓޭބަލް "ކަނެކްޓް ޓު ޓްރެވެލް" ބައްދަލުވުން ބާއްވައިފި

މުމްބާއީގެ އޯޓީއެމް ތަމްސީލު ކުރާ ފަރާތްތައް ހިމެނޭ ވަފުދު ވެސް މި ބައްދަލުވުމުގައި ބައިވެރިވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2021 | އަންގާރަ 17:54
އިންޑިއާ-މޯލްޑިވްސް ރައުންޑްޓޭބަލް "ކަނެކްޓް ޓު ޓްރެވެލް"

އިންޑިއާ-މޯލްޑިވްސް ރައުންޑްޓޭބަލް "ކަނެކްޓް ޓު ޓްރެވެލް"

އިންޑިއާ ހައިކޮމިޝަންއިން, މިނިސްޓްރީ އޮފް ޓުއަރިޒަމްއާއި އެމްއެމްޕީއާރްސީއާ ގުޅިގެން ހޮޓެލް ޖެންގައި އިންޑިއާ-މޯލްޑިވްސް ރައުންޑްޓޭބަލް "ކަނެކްޓް ޓު ޓްރެވެލް" ބައްދަލުވުން އޮކްޓޫބަރު 12 ވަނަ ދުވަހު ބާއްވައިފިއެވެ.

އިންޑިއާގެ ޓުއަރ އެންޑް ޓްރެވެލް އެޖެންސީތަކާއި، ޓުއަރ އޮޕަރޭޓަރުންގެ އިތުރުން ޓްރެވެލް ލިޔުންތެރިން އަދި މުމްބާއީގެ އޯޓީއެމް ތަމްސީލު ކުރާ ފަރާތްތައް ހިމެނޭ ވަފުދެއް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިމުގެ ދާއިރާގެ އެކިއެކި ހިއްސާދާރުން ވެސް ބައިވެރިވިއެވެ. އިންޑިއާގެ ވަފްދު މި ބައްދަލުވުމަށް ފަހު އިންޑިއާ އަދި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ގުޅުވުމަށް ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތް ކުރާނެއެވެ.

އިންޑިއާގެ މި ވަފްދުގެ އަމާޒަކީ ރާއްޖޭގެ ޓުއަރިޒަމްގެ، އެންމެ މަތީ ފަންތީގެ އަދި އެމްއައިސީއީ، ގެސްޓްހައުސް އަދި ފިލްމު ޕްރޮޑަކްޝަންއަށް ޚާއްސަ ކޮށްގެން އިންޑިއާއާ ފަތުރުވެރިކަމުގެ ގުޅުން ބަދަހި ކުރުމެވެ.

އޯޓީއެމްގެ އޮންލައިން ޕްލެޓްފޯމް ބީ2ބީ ޓްރެވެލް މާޓްއަކީ އިންޑިޔާގެ އެންމެ ބޮޑު އަދި އެންމެ ގިނަ ބައިނަލްއަޤްވާމީ ޓްރެވެލް އެޖެންސީތަށް އަދި ފަތުރުވެރިން ބޭނުންކުރާ މިފަދަ ޕްލެޓްފޯމް އެވެ. މި ބައްދަލުވުމަށް އަދި އިންޑިއާ ވަފްދުގެ ދަތުރުތަކުގެ ޓްރެވެލް ޕާޓްނާޒް އަކީ އިންޑިގޯ އެއަރލައިންސް، ޓީއެމްއޭ އަދި މަންތާ އެއަރއެވެ.

އިންޑިގޯ އަކީ ބަޖެޓް އެއާލައިންސް ތެރެއިން ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އެއާލައިނެވެ. އަދި އިންޑިއާގެ 6 ސިޓީއަކުން މާލެއަށް ހަފްތާއަކު 35 ފްލައިޓް ރާއްޖެއާއި އިންޑިއާ ގުޅާލަދޭ އެންމެ ބޮޑު އެއާލައިންއެވެ.

މީގެ 3 އަހަރު ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ވަނަ ގައުމުގެ ގޮތުގައި އޮތް އިންޑިއާ މިއަދު ވަނީ ލިސްޓްގެ އެއްވަނައިގައެވެ. މިއަދު ރާއްޖެ އަންނަ ކޮންމެ 4 ފަތުރުވެރިއަކުން އެކަކީ އިންޑިއާގެ ފަތުރުވެރިއެކެވެ. 2021 ފުރަތަމަ 9 މަސް ތެރޭގައި 200000 އިންޑިއާގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ. މިއީ 2019ގައި ކޮވިޑް ޕެންޑެމިކްގެ ކުރިން ރާއްޖެ ޒިޔާރަތް ކުރި އިންޑިއާގެ ފަތުރުވެރިންގެ އަދަދަށް ވުރެ ބޮޑު އަދަދެކެވެ.

ރާއްޖެއާއި އިންޑިއާ ދެމެދު ހަފްތާއަކު 60 ފްލައިޓް ދަތުރުކުރެއެވެ. އެއީ އެއަރ އިންޑިއާ، ގޯފަރސްޓް، ސްޕައިސްޖެޓް، ވިސްތާރާ، އަދި މޯލްޑިވިއަންއެވެ. މޯލްޑިވިއަންއިން އިންޑިއާގެ 7 ސިޓީއަކަށް މާލެއިން ދަތުރުކުރެއެވެ. މީގެ އިތުރުން ކައިރި މުސްތަޤްބަލެއްގައި މާފަރު އަދި މާމިގިލި އެއާޕޯޓުންވެސް މޯލްޑިވިއަން އަދި ފްލައިމީގެ ދަތުރު އިންޑިއާއަށް ކުރަން ފަށާނެއެވެ.

އިންޑިއާއާއި ދިވެހިރާއްޖޭ އެއަރބަބްލް އެއްބަސްވުން އޯގަސްޓް މަހުގައި ގާއިމްކުރެވުނު ހިސާބުން އިންޑިއާގެ ފަތުރުވެރިންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުން ލިބުނެވެ. ތިންވަނަ ގައުމަކަށް ދަތުރު ކުރުމަށް އިންޑިއާގެ ރައްޔިތުންގެ ޓްރާންސިޓް މަންޒިލަކަށް ރާއްޖެ ވުމުގެ ސަބަބުން ކޮވިޑް-19 ޕެންޑެމިކްގައި އެންމެ އަސަރުކުރި ގެސްޓްހައުސްތަކަށް ވެސް ވަރަށް ބޮޑު ކުރިއެރުން ލިބުނެވެ.

އިންޑިއާ މޯލްޑިވްސް ރައުންޑްޓޭބަލް އަދި އިންޑިއާ ވަފްދުގެ ދަތުރުތަކުގެ ސަބަބުން އިންޑިއާއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ކުރިއަރައި ފުޅާވެގެން ދާނެއެވެ. އިންޑިއާގެ ފަތުރުވެރިންގެ އަދަދު އިތުރުވުމުން ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވެ ދެގައުމު ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

އިންޑިއަން ހައި ކޮމިޝަންމިނިސްޓްރީ އޮފް ޓުއަރިޒަމްއެމްއެމްޕީއާރްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން  ގޮވާލައިފި

ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން ގޮވާލައިފި

16 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު