Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދު މާލެ ވަޑައިގަންނަވަނީ

ރައީސް ނަޝީދު ހޯމަ ދުވަހުގެ ހަވީރު މާލެ ވަޑައިގަންނަވަނީ

ރައީސް ނަޝީދު މާލެ ވަޑައިގަންނަވަނީ ހޯމަދުވަހުގެ ހަވީރު 3:00ގައި އީކޭ ފްލައިޓަކުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2021 | ހޯމަ 07:09
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް / އެމަނިކުފާނު މާލެ ވަޑައިގަންނަވަނީ 5 މަސް ފަހުން

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް / އެމަނިކުފާނު މާލެ ވަޑައިގަންނަވަނީ 5 މަސް ފަހުން

މިހާރު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޯމަދުވަހު މާލެ ވަޑައިގަންނަވާކަން ރާއްޖެއެމްވީއަށް ކަށަވަރުވެއްޖެއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރަކު ވިދާޅުވީ، ރައީސް ނަޝީދު މާލެ ވަޑައިގަންނަވަނީ ހޯމަދުވަހުގެ ހަވީރު 3:00ގައި އީކޭ ފްލައިޓަކުން ކަމަށެވެ. އެމަނިކުފާނު މާލެ ވަޑައިގަންނަވަނީ، މޭ 6 ގައި އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއަށް 5 މަސް ވެފައިވަނިކޮށެވެ.

Advertisement - newsAdvertisement

މޭ 6 ވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރުމަގުގެ ކަންމަތީ އެމަނިކުފާނަށް އަމާޒުކޮށްދިން ހަމަލާއަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. ޖަރުމަންވިލާތުގައި ފަރުވާ ހޯއްދެވުމަށްފަހު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ، ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ. މިހާރު ރައީސް ނަޝީދު ހުންނެވީ، "އެކްސްޕޯ 2020"ގައި ބައިވެރިވެ ވަޑައިގަތުމަށް ދުބާއީގައެވެ.

ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާފުށް ވަދެ މުހިންމު ގުނަވަންތައް ފޫއަޅުވާލިއެވެ. ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލުމަށްފަހު ދިން މި ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކުން އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްކުރުމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ 16 ގަޑިއިރުގެ ދިގު އޮޕަރޭޝަނެއް ކޮށްފައެވެ.

ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭގޮތުން ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހު ވިދާޅުވީ ހާލުކޮޅު ކުރިއަށްވުރެ މާބޮޑަށް ރަނގަޅު ކަމަށެވެ. ހިނގާބިގާވެ އުޅެވޭ ކަމަށާއި، އަމިއްލައަށް ކަންކަން ކުރެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ކަނާއަތުގެ ތިން އިނގިލީގައި އައްސިކަން ހުންނާތީ އެތިން އިނގިލީގެ ބޭނުން ނުހިފޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެކުރިން އެމްޑީޕީގެ އަހަރީ ދުވަހާ ދިމާކޮށް އެމްޑީޕީގެ ކްލަބްހައުސް ހަރުގެ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ވިދާޅުވެފައިވަނީ އިނގިއްޔާއި ކަންފަތާއި ފައިގައި މައްސަލަ އުޅޭކަމަށެވެ. އަދި ކަނާތުގެ ތިން އިނގިއްޔެއް އައްސިވެފައި ހުންނަކަމަށް އެދުވަހު ވެސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ވާތު ކަންފަތުގައި އަޑުއިވުމުގައި ދަތިތަކެއް އެބަހުރިކަމަށް ނަޝީދު ވިދާޅުވިއެވެ. ވާތު ކަންފަތުގެ ތޫލިއަށް ލިބިފައި ހުރި ގެއްލުމާ ގުޅިގެން އިތުރު އޮޕަރޭޝަނެއް ނޮވެމްބަރ މަހު ކުރަން ޖެހިފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެނބުރި ވަޑައިގަންނަވާނެ ދުވަހެއް ދަންނަވަންދަތި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު އެނބުރި ވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅު ފެންނަ ވީޑިއޯއެއް އެމަނިކުފާނުގެ ކޮއްކޯފުޅު ނަޝާތު ސައްތާރު ވަނީ ޓްވިޓަރ އަށް ދޫކޮށްލައްވާފައެވެ. ފަސްމަސް ދުވަސް ފަހުން ޓްރެޑްމިލް މަތީގައި ދުވެވަޑައިގަންނަވަނިކޮށް ނަގާފައިވާ މި ވީޑިއޯއާއެކު އެމަނިކުފާނު އެނބުރި ވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅު މިވަނީ ފެނިގެންގޮސްފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީއެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި ރިކޮމެންޑޭޝަންތަކެއް ވެސް ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގައި ބައިވެރިވާ މީހުން ހައްޔަރުކޮށް މިހާރު ވަނީ ޝަރީއަތް ފަށާފައެވެ.

ރައީސް ނަޝީދުމޭ6ޓެރާރއެޓޭކްރައީސް ނަޝީދަށް އަމާޒު ކުރި ހަމަލާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6 ޙަމަލާގެ ޝަރީއަތް: ދިފާއީ ވަކީލަކު އެދިގެން ކެންސަލް

މެއި 6 ޙަމަލާގެ ޝަރީއަތް: ދިފާއީ ވަކީލަކު އެދިގެން ކެންސަލް

21 ޑިސެމްބަރު 2023
ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
މޭ 6ގެ ހަމަލާ: އަންނަ މަހު 3 އަޑުއެހުން ބާއްވަން ނިންމައިފި

މޭ 6ގެ ހަމަލާ: އަންނަ މަހު 3 އަޑުއެހުން ބާއްވަން ނިންމައިފި

29 އޮކްޓޯބަރު 2023
މެއި 6ގެ ހަމަލާ: ހަމަލާގައި ޒަހަމްވި މީހެއްގެ ހެކިބަސް ނަގައިފި

މެއި 6ގެ ހަމަލާ: ހަމަލާގައި ޒަހަމްވި މީހެއްގެ ހެކިބަސް ނަގައިފި

29 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު