Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ލ.ކަލައިދޫގެ ތަރައްގީގެ މަޝްރޫއުތައް

ކަލައިދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްއަށް ދަންނަވައިފި

ކައުންސިލް އިދާރާ ބާވެ ދުވަސްވެފައި ވުމާއި، ކަލައިދޫ ބަނދަރުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ދަންނަވާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2021 | އާދީއްތަ 13:24
ރައީސް، ކަލައިދޫ ކައުންސިލްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސް، ކަލައިދޫ ކައުންސިލްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ލ. ކަލައިދޫގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަމާލުކަމަށް ގެނެސްދެއްވައިފިއެވެ.

އާދީއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ކަލައިދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް އެންމެ މުހިންމުކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވައި, އެކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

Advertisement - newsAdvertisement

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކަލައިދޫ ބަނދަރުގެ ދަތިކަމާއި, ކައުންސިލް އިދާރާ ބާވެ ދުވަސްވެފައި ވުމާއި, އަދި ސްކޫލްގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަކާއި އަދި ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާއީ ތަރައްގީއަށް މުހިންމު ކަންކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކަލައިދޫގެ ތަރައްގީއަށް ކުރިއަށް ގެންދާ, އަދި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ބައެއް ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ރޭވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވެސް ބައްލަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކަލައިދޫ

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: އިސްދޫ އަދި ކަލައިދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

29 އޮކްޓޯބަރު 2025
ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: އިސްދޫ އަދި ކަލައިދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް
13 ސެޕްޓެމްބަރު 2023

ކަލައިދޫ – ދަނބިދޫ ކޯޒްވޭ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަނީ

13 ސެޕްޓެމްބަރު 2023
ކަލައިދޫ – ދަނބިދޫ ކޯޒްވޭ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަނީ
05 ނޮވެމްބަރު 2022

ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް

05 ނޮވެމްބަރު 2022
ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު