Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެމްކޯ

ވެމްކޯއިން ކުނި ބަލައި ނާންނަ ނަމަ ހޮޓްލައިން ނަންބަރަށް މައުލޫމާތު ވައިބަރ ކޮށްލާ

އައިޑީކާޑު ނަންބަރާއި ވެމްކޯގެ އެކައުންޓް ނަންބަރާއި ގޭގެ އެޑްރެސް ވައިބަރ ކުރުމަށް ވަނީ އެދިފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2021 | އާދީއްތަ 07:36
ވެމްކޯ އިން ކުނި ނަގަނީ

ވެމްކޯ އިން ކުނި ނަގަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުނި ނުނެގި ހުންނަ ގެތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެދި ކަސްޓަމަރުންނަށް ޚާއްސަ ހޮޓްލައިނެއް ގާއިމުކޮށްފިއެވެ.

ވެމްކޯ އިން ބުނީ ޚިދުމަތަށް ރަޖިސްޓްރީވެފައިވާ ކަސްޓަމަރުންގެ ގެތަކުން ކުނި ނުނެގި ހުންނަ ނަމަ ވެމްކޯގެ ހޮޓްލައިން ނަންބަރު 7998047ށް މައުލޫމާތު ވައިބަރ ކުރުމަށް އެދޭ ކަމަށެވެ. އަދި އައިޑީކާޑު ނަންބަރާއި ވެމްކޯގެ އެކައުންޓް ނަންބަރާއި ގޭގެ އެޑްރެސް ހިއްސާކުުރުމުން ވެމްކޯ އިން އަވަހަށް ޖަވާބު ލިބިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

ވެމްކޯ އިން މި ޚިދުމަތް ތައާރަފުކޮށްފައިމިވަނީ ކުނި ބަލައި ނުގޮސްގެން ބައެއް ކަސްޓަމަރުން އެ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ދަނޑިވަޅެއްގައެވެ. ވެމްކޯ އިން ބުނީ މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދީ ކަންތައްތައް ކައިރިން މޮނީޓަރ ކުރަން އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ވެމްކޯ އިން މިހެން ބުނެފައިވާއިރު ވެމްކޯގެ ޚިދުމަތް ހޯދުމަށް ރަޖިސްޓްރީކުރުމަށް އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި މިހާތަނަށް ރަޖިސްޓްރީކޮށްފައިވަނީ އެންމެ 2،000 މީހުން ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ. ވެމްކޯގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރ އަޙުމަދު ޢާޒިމް ވިދާޅުވީ މާލެ އަދި ވިލިމާލޭގައި އެކަނިވެސް 45،000 އަށްވުރެ ގިނަ ގޭބީސީ އެބަހުރި ކަމަށް ރެކޯޑުތަކުން ދައްކާ ކަމަށެވެ. އެއީ ހުޅުމާލޭގެ ގޭބީސީތައް ނުލައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޢާޒިމް ވިދާޅުވީ ވެމްކޯއިން މާލެ ސަރަހައްދުން ކުނި ނެގުމުގެ ޚިދުމަތް ދޭ ގޮތަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. ސެޕްޓެމްބަރު 7 ވަނަ ދުވަހުން ފެށިގެން ގޭގެއަށް ގޮސްގެން ކުނި ނެގުމަށް ވެމްކޯއިން ނިންމި ނިންމުމާ ގުޅިގެން ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީ ނުކުރާ ގޭބީސީތަކަށް ރަޖިސްޓްރީކުރުމަށް 2 ހަފުތާގެ މުއްދަތެއް ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ އޮކްޓޯބަރު 1އާ ހަމައަށް ކަމަށާއި، އެ މުއްދަތުގައި މަގުމަތީގައި ހުރި ކުނިވެސް ނަގާފައިވާކަމަށް ވިދާޅުވިއެވެ.

ޢާޒިމް ވިދާޅުވީ އޭރު ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީކޮށްފައިވަނީ އެންމެ 9،000 ގޭބީސީން ކަމަށެވެ. 20 އިންސައްތަ ވެސް ޚިދުމަތާ ގުޅިފައިނުވާތީ ޚިދުމަތާ ގުޅުމަށް އިތުރުކޮށްދިން މުއްދަތުގައި ވެމްކޯގެ ޚިދުމަތް ހޯދުމަށް އެދި އަލަށް ރަޖިސްޓްރީކޮށްފައިވަނީ އެންމެ 2،000 ގޭބީސީން ކަމަށް ޢާޒިމް ވިދާޅުވިއެވެ. އަދި މިހާތަނަށް ވެމްކޯގެ ޚިދުމަތާ ގުޅިފައިވަނީ އެންމެ 12،000 ގޭބީސީން ކަމަށެވެ.

ވެމްކޯއިން މިހާރު ކުނި ނަގަމުންދަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ގޭގެއިންނެވެ. މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނި ނެގުމުގެ މަސައްކަތް މިހާރު ވެމްކޯއިންނެއް ނުކުރެއެވެ. ވެމްކޯއިން މަގުމަތިން ކުނި ނެގުމުގެ ޚިދުމަތް ދިނީ ކޮވިޑް-19ގެ ހާލަތާ ގުޅިގެންނެވެ. އެއީ އެ ދުވަސްވަރު ގޭގެއަށް ގޮސް ކުނި ނެގުމަކީ ރައްކާތެރި ކަމެއް ކަމުގައި ނުވާތީއެވެ.

ވެމްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު