Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޝަރަފުވެރިކަމުގެ ގައުމީ އިނާމު

ޝަރަފުވެރިކަމުގެ ގައުމީ އިނާމު މަޝްހޫރު ރެފުރީ މައްލާއަށް

7 އޮކްޓޯބަރު 2021 | ބުރާސްފަތި 02:57

ހިތްވަރުދިނުމުގެ ގައުމީ އިނާމު ތިން ބޭފުޅަކު ވަނީ ހާސިލުކުރައްވާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 7 އޮކްޓޯބަރު 2021 | ބުރާސްފަތި 02:57
ކުޅިވަރުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލުކުރެއްވި މަޝްހޫރު ރެފުރީ މައްލާ ޅަތުއްތު

ކުޅިވަރުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލުކުރެއްވި މަޝްހޫރު ރެފުރީ މައްލާ ޅަތުއްތު

ކުޅިވަރުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ކުރީގެ މަޝްހޫރު ރެފުރީ މައްލާ ޅަތުއްތުއަށް ލިބިވަޑައިގެންފިއެވެ.

ބުދަ ދުވަހުގެރޭ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ރަސްމީ ޖަލްސާގައި މި އިނާމު މައްލާއަށް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މައްލާ ފާހަގަކުރެވިފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ރެފުރީންގެ ތެރޭގައެވެ. އެގޮތުން މައްލާ ވަނީ 1969 ވަނަ އަހަރުން ފެށިގެން 1995 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ހުރިހާ ޑިވިޝަނުގެ ރެފުރީކަން ކުރައްވާފައެވެ. އެކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން މީގެ ކުރިން 1990 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމުވެސް މައްލާ ހާސިލުކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކުޅިވަރުގެ ދާއިރާން ހިތްވަރުދިނުމުގެ ގައުމީ އިނާމު ތިން ބޭފުޅަކު ވަނީ ހޯދާފައެވެ.

ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ހިންގުމާއި، ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން އިބްރާހީމް މުޙައްމަދު ގައުމީ އިނާމު ހާސިލްކުރެއްވިއިރު، އޭނާ ފާހަގަވަގެންދަނީ ވޭތުވެދިޔަ 28 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ބާސްކެޓްބޯޅަ ކުރިއަރުވުމަށާއި، ބާސްކެޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. 

ސާލިޔާ ފާހަގަވެގެން ގޮސްފައިވަނީ އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ފަރާތެއްގެ ގޮތުގައެވެ. މީގެ އިތުރުން ފާއިތުވެދިޔަ 13 އަހަރު ދުވަހުގެ ތެރޭގައި ގައުމީ ޓީމަށާއި މާލޭގެ ކުލަބުތަކުގެ އިތުރުން އަތޮޅު ތެރޭގެ ގިނަ ކުލަބުތަކަށް ސާލިޔާ ކުޅެފައިވެއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސް ޢަލީ ރަޝީދު ފާހަގަކުރެވިގެން އަންނަނީ ވަރަށް ހަގު އުމުރުގައި ޓީޓީ ކުޅެން ފަށައި، ގައުމީ ފެންވަރުގައި މެދު ނުކެނޑި 20 އަހަރު ޓީޓީ ކުޅެއްވި ފަރާތެއްގެ ގޮތުގައެވެ. މީގެ އިތުރުން ޢަލީ ރަޝީދު އަންނަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ޓީޓީއަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުންނެވެ.

މައްލާ ޅަތުއްތު

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް