Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީންގެ ޝަރީއަތް

އަމީން ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް ދައުލަތުން އެދިއްޖެ

އެކަން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 އޮކްޓޯބަރު 2021 | އަންގާރަ 10:45
ޓެރަރިސްޓެއް ކަމަށް ބުނާ މުޙައްމަދު އަމީނު

ޓެރަރިސްޓެއް ކަމަށް ބުނާ މުޙައްމަދު އަމީނު

ޓެރަރިސްޓެއް ކަމަށް ބުނާ މުޙައްމަދު އަމީން، ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ޕީޖީ އޮފީހުން އެކަމަށް އެދި ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. އެކަން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ.

އަމީނުގެ ދައުވާތައް ބާތިލުކުރުމަށް ހައިކޯޓުން ނިންމާފައިވާގޮތާމެދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހިތްހަމަ ނުޖެހޭތީ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްގެން، އެ ދައުވާތައް ބާތިލުކުރީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ދާދި ފަހުން ވަނީ ޙުކުމް ކޮށްފައެވެ. އަދި އަމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި އޭރު ބަލަމުން ދިޔަ ހިސާބުން ކުރިއަށް ގެންދިއުމަށް ވެސް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

ޝަރީއަތް ނިމެންދެން އަމީން ބަންދުކުރުމުގެ އަމުރެއް ނެރުމަށް ދައުލަތުން އެދިފައިވާއިރު، އަމީންގެ މައްޗަށް 1 މަސް ދުވަހުގެ މޮނިކޮން އަމުރެއް ސް ވަނީ ނެރެފައެވެ.

އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައިވަނީ ހައިކޯޓުންނެވެ. މި އަމުރު ނެރެފައިވަނީ 1 މަސް ދުވަހަށެވެ. އަމީންގެ މައްޗަށް ނެރެފައިވާ މޮނިކޮން އަމުރުގައި ވަނީ އޭނާއަށް، އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައެވެ. މީގެ އިތުރުން މާލެއިން ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށް މި އަމުރުގައިވެއެވެ.

އަމީނަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ)އިން އޭނާއަށް މާލީ ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައިވެއެވެ. 

އަމީނަކީ ރާއްޖޭގެ އައިއެސްގެ ލީޑަރު ކަމަށާއި، ހަނގުރާމަތަކަށް އޭނާ މީހުން ރެކްރޫޓް ކުރާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އަމީންކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު