Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަޒަރްބައިޖާނާއި އީރާންގެ މައްސަލަ

އަޒަރުބައިޖާނާއި އީރާންގެ ބޯޑަރުގައި އީރާނުން އަސްކަރީ ފަރިތަކުރުންތަކެއް

2 އޮކްޓޯބަރު 2021 | ހޮނިހިރު 11:24

ފަރިތަކުރުންތަކަކީ ސަރަހައްދީ ބިރުވެރި ކަމަކަށް ވެގެންހިނގައިދާނެ : އަޒަރްބައިޖާން

އާދަމް ސައީދު
އާދަމް ސައީދު | 2 އޮކްޓޯބަރު 2021 | ހޮނިހިރު 11:24
އަޒަރްބައިޖާނާއި އީރާންގެ ބޯޑަރު

އަޒަރްބައިޖާނާއި އީރާންގެ ބޯޑަރު

އަޒަރުބައިޖާނާއި އީރާން ގުޅިފައި އޮންނަ ބޯޑަރު ސަރަހައްދުގައި އީރާނުގެ އަސްކަރީ ފަރިތަކުރުންތަކެއް ފަށައިގެން ކުރިޔަށް ގެންދާތީ އެކަމަކީ ސަރަހައްދީ ބިރުވެރި ކަމަކަށް ވެގެން ހިނގައިދާނެ ކަމަށް އަޒަރުބައިޖާނުން ބުނެ އެވެ.

އަސްކަރީ ފަރިތަކުރުންތައް އާއްމުގޮތެއްގައި އީރާނުން އެގައުމުގެ އިމުގެތެރޭގައި ބޭއްވިނަމަވެސް، މިނިވަން ގައުމުތަކެއްގެ ބޯޑަރާ ގުޅޭ ހިސާބުގައި މިފަދަ ފަރިތަކުރުންތަކެއް ބޭއްވުމަކީ އެހެން މާނައެއް ނެގިދާނެ ކަމެއް ކަމަށާއި، ސޮވިއެޓް ޔުނިއަން އުވާލެނުފަހުން މިގޮތަށް އިމުން ބޭރުގައި އީރާނުން މިފަދަ ތަމްރީންތަކެއް ބާއްވާ ފުރަތަމަ ފަހަރުކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

އެގައުމުގެ އަސްކަރީ ޑިޕާޓްމަންޓުން ބުނެފައިވަނީ، މި ތަމްރީނުތަކުގައި އީރާނުން ބަރުހަތިޔާރާއި، އިލެކްޓްރޯނިކް ހަތިޔާރާއި، ޑްރޯން އަދި ގައިޑެޑް އުޅަނދު ބޭނުންކުރާނެ ކަމަށެވެ. އަދި އެސަރަހައްދުގައި އަސްކަރީ ފަރިތަކުރުންތައް ބާއްވަނީ އަޒަރުބައިޖާނަށް އަދި އަރުމޭނިއާއަށް ބިރު ދެއްކުމަކަށް ނޫންކަމަށާއި، އަޒަރުބައިޖާނާއި އަރުމޭނިއާ، ކަރަބާޚް މައްސަލާގައި ކުރި ހަނގުރާމައިގައި އައިސިސް ޖަމާއަތުން އީރާނަށް ވަދެގަތުމަށް އީރާންގެ އެސަރަހައްދު ބޭނުންކުރި ކަމަށެވެ. އަދި އީރާނުން ސަމާލުނުވިނަމަ އައިސިސް ގުރޫޕްތައް މިހާރު އުޅޭނީ އީރާން ތެރޭގައި ކަމަށްވެސް އެގައުމުގެ އަސްކަރީ ޑިޕާޓްމަންޓުންވަނީ ބުނެފައެވެ.

އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް ކުރިން ވިދާޅުވި ގޮތުން އީރާންގެ އަސްކަރީ އުޅަނދުތައް އަޒަރުބައިޖާނަށް ވަދެފައިވާކަމަށާއި އެ އުޅަނދުތަކުގެ ފިޔަވަޅުތައް އެސަރަހައްދުގައި ފެންނަން ހުރި ކަމަށެވެ. އަދި އެބޭފުޅާ ވިދާޅުވި ގޮތުން އީރާންގެ އެ އަމަލުތައް އަޒަރުބައިޖާނުން ބަލައެއް ނުގަންނާނެ ކަމަށާއި އެއީ އީރާނުން އެގައުމަށް އިޙްތިރާމް ނުކުރުން ކަމަށެވެ. އަދި އެބޭފުޅާ ވިދާޅުވީ ސުލްހަވެރިކަމުގައި ތިބެން ބޭނުން ނަމަ އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރަން ވާނެ ކަމަށެވެ.

އީރާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
13 ނޮވެމްބަރު 2025

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
11 ނޮވެމްބަރު 2025

އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި

11 ނޮވެމްބަރު 2025
އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި
10 ނޮވެމްބަރު 2025

ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި

10 ނޮވެމްބަރު 2025
ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި
07 ނޮވެމްބަރު 2025

ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި

07 ނޮވެމްބަރު 2025
ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި
04 އޯގަސްޓު 2025

އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި

04 އޯގަސްޓު 2025
އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި
17 ޖުލައި 2025

އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

17 ޖުލައި 2025
އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް