Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލެ ލީގު

ޔޫވީ އަތުން އީގަލްސްއަށް ފަސޭހަ މޮޅެއް

22 މެއި 2017 | ހޯމަ 23:52

ޔޫވީ އަތުން އީގަލްސް މޮޅުވީ 1-0 ގެ ނަތީޖާއަކުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 22 މެއި 2017 | ހޯމަ 23:52
ޔުނައިޓެޑް ވިކްޓްރީ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުނައިޓެޑް ވިކްޓްރީ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުނައިޓެޑް ވިކްޓްރީ އަތުން ހަނި މޮޅެއް ހޯދައި އީގްލްސް އިން އެސްޓީއޯ މާލެ ލީގުގެ ދެވަނަ ބުރުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ލީގުގެ ދެވަނަ ބުރުގައި މިދެޓީމް ކުޅުނު ފުރަތަމަ މެޗް އީގަލްސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އާދިއްތަ ދުވަހުގެ ރޭ ކުޅެން އޮތް މެޗް ވިއްސާރަ ވުމުގެ ސަބަބުން، ކުޅެފައިވަނީ ހޯމަ ދުވަހުގެ ރޭގައެވެ.

މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމަށްވެސް ވަނީ ލަނޑެއް ކާމިޔާބުކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނު އިރުގައިވެސް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފުގައި އީގަލްސްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަހުމަދު ނައުފަލް އެވެ.

މި ލަނޑަށް ފަހުގައި މުޅި މެޗު ކަހަލަ ގޮތަކަށް ކޮންޓްރޯލުގެ ދަށަށް ގެނެސްގެން ކުޅެމުން ދިޔައީ އީގަލްސް އިންނެވެ. އެޓީމުން ވަނީ ގިނަ ވަގުތު ޔޫވީގެ ހާފުގައި ބޯޅަ ހިފަހައްޓައިގެން ކުޅެ އެޓޭކް ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. އެގޮތުން އެޓީމުގެ އަހުމަދު ރިޒްވާން ރިޒޭގެ ކުޅުން ފާހަގަ ކޮށްލެވެއެވެ.

މެޗުން މޮޅުވެ، އީގަލްސްއިން ވަނީ ތާވަލުގެ 5 ވަނަ ޖާގަ އަލުން ހޯދާފައެވެ. ދެވަނަ ބުރު ފެށުނު އިރު 5 ވަނާގައި އީގަލްސްއިން އޮތް ނަމަވެސް ހޯމަ ދުވަހު ހަވީރު ކުޅުނު މެޗުން މާޒިޔާ ބަލިކޮށް ވިކްޓްރީއިން ވަނީ 5 ވަނައަށް އަރާފައެވެ. ނަމަވެސް އަލުން އީގަލްސްއިން 5 ވަނަ މަގާމު ހޯދީ 13 ޕޮއިންޓާއި އެކުގައެވެ.

ތާވަލުގެ 1 ވަނާގައި މިވަގުތު އޮތީ ހޯމަ ދުވަހު ލީގުގެ ފުރަތަމަ ބައްޔާއު ކުރިމަތިލާން ޖެހުނު މާޒިޔާއެވެ. އެޓީމަށް ކުޅުނު 8 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. ދެވަނަނާގައި އޮތް ނިއުރޭޑިއަންޓަށް ކުޅުނު 8 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ. 3 ވަނާގައި ކުޅުނު 8 މެޗުން 14 ޕޮއިންޓާއިއެކު ގްރިން ސްޓްރީޓް އޮތްއިރު 4 ވަނަ މަގާމުގައި އޮތީ 11 ޕޮއިންޓާއިއެކު ޓީސީ އެވެ. ޓިސީއިންވެސް ވަނީ ލީގުގައި މިހާތަނަށް 8 މެޗު ކުޅެފައެވެ. ތީސީ އާއި 5 ވަނާގައި އޮތް ވިކްޓްރީ އާއި ޕޮއިންޓުގެ ގޮތުން ހަމަވީ ނަމަވެސް ޓީސީއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
27 ޖެނުއަރީ 2017

ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް

27 ޖެނުއަރީ 2017
ކިރިގިސްތާންގެ ގައުމީ ޓީމުގެ ކީޕަރެއް ޔޫވީ އަށް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް