Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާއަށް އެތެރެވާ އިނގިރޭސި ރައްޔިތުން

ދެ ޑޯޒް ޖެހިއަސް އިންޑިޔާއަށް އެތެރެވާ އިނގިރޭސިވިލާތުގެ ރައްޔިތުންނަށް 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް

2 އޮކްޓޯބަރު 2021 | ހޮނިހިރު 02:43

ހޯމަ ދުވަހުން ފެށިގެން މިގަވާއިދަށް އަމަލުކުރަން ފަށާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 އޮކްޓޯބަރު 2021 | ހޮނިހިރު 02:43
އިންޑިޔާ

އިންޑިޔާ

ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ތިބި ނަމަވެސް އިންޑިޔާއަށް އެތެރެވާ އިނގިރޭސިވިލާތުގެ ރައްޔިތުން 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަންޖެހޭ ގޮތަށް އިންޑިޔާއަށް ހަމަޖައްސައިފިއެވެ.

ހޯމަ ދުވަހުން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ފަށާނެއެވެ. އެއާއެކު އިންޑިޔާއަށް އެތެރެވާ އިނގިރޭސިވިލާތުގެ ކޮންމެ ރައްޔިތަކުވެސް 10 ދުވަހުގެ މުއްދަތުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭނެއެވެ.

ގަވާއިދަށް މިގެނައި ބަދަލާ ގުޅޭގޮތުން އިންޑިޔާ ސަރުކާރުން ބުނެފައިވަނީ ބަދަލު ގެނެސްފައިވަނީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުމުގެތެރެއިން ލިބިދޭ ޚާއްސަ ކަންތައްތައްތަކެއްގެ ދަށުންކަމަށެވެ.

އިންޑިޔާގައި އުފައްދަމުން އަންނަ އެސްޓްރަޒެނިކާ ވެކްސިން ނުވަތަ ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ މީހުންނަށް އިނގިރޭސިވިލާތަށް އެތެރެވުމުގައި އެގައުމުން ގެންގުޅޭ ސިޔާސަތާއެކު އިންޑިޔާ އާއި އިނގިރޭސިވިލާތުގެ ގުޅުމަށް ވަނީ އެކަމުގެ ހިޔަނިއެޅިފައެވެ. ކޮވިޝީލްޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވީ ނަމަވެސް އިނގިރޭސިވިލާތަށް އެތެރެވާ އިންޑިޔާގެ ރައްޔިތުންވެސް ކަރަންޓީނުވާންޖެހެއެވެ.

އެހެންނަމަވެސް ކޮވިޝީލްޑް ވެކްސިން ފުރިހަމަކޮށްފައިވާ އެހެން ގައުމުތަކުގެ ރައްޔިތުންގެ މައްޗަށް މިގަވާއިދަށް އިނގިރޭސިވިލާތުން އަމަލެއް ނުކުރެއެވެ.

އިނގިރޭސިވިލާތުގައި ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ހުއްދަދީފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުއެވެ. އެއީވެސް ދެ ގައުމުގެ ދޭތެރޭ ބަހުގެ އެތައް ހަމަލާއެއް ބަދަލުކޮށް ތަފާތުކުރުން ގެންގުޅޭކަމަށް އިންޑިޔާއިން ބުނަމުންދިޔުމާއެކުއެވެ.

ކޮވިޝީލްޑް ވެކްސިނަކީ އިންޑިޔާގައި އާބާދީގެ ބޮޑުބަޔަކު ޖަހާފައިވާ އަދި ޖަހަމުން އަންނަ ވެކްސިނެވެ. މިހާތަނަށް އައިއިރު އިންޑިޔާގައި ކޮވިޝީލްޑް ވެކްސިންގެ 720 މިލިއަން ޑޯޒް ވަނީ ދީފައެވެ. ކޮވިޝީލްޑް ވެކްސިނަކީ އިނގިރޭސިވިލާތުގައި ޖަހަމުން އަންނަ އެސްޓްރަޒެނިކާ ވެކްސިންގެ ފޯމިޔުލާ ބޭނުންކޮށްގެން އިންޑިޔާގައި އުފައްދާފައިވާ ވެކްސިނެވެ.

އިނގިރޭސިވިލާތަށް އެތެރެވާ ފަތުރުވެރިންނާ މެދު ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ އައު ގަވާއިދުގައި ވެކްސިން ފުރިހަމަކޮށްފައިވާ ގިނަ ގައުމުތަކެއްގެ ރައްޔިތުންނަށް ކަރަންޓީނާ ނުލާ އެގައުމަށް އެތެރެވެވެއެވެ. ނަމަވެސް އެލިސްޓުގައިވެސް އިންޑިޔާގެ ނަމެއްނެތެވެ. މަސްރަހު އިތުރަށް ހޫނުވީ މިސަބަބާހެދިއެވެ.

މިދިޔަ މަހު އިންޑިޔާގެ ފޮރިން މިނިސްޓަރ ސުބްރަމާނިޔަމް ޖައިޝަންކަރު ވަނީ އދ ގެ އާންމު ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އިނގިރޭސިވިލާތުގެ އޮފިޝަލުންނާ ބައްދަލުކުރައްވާ ކަރަންޓީނުގެ މައްސަލައަށް ހައްލެއް ގެނައުމަށް އެދިވަޑައިގެންފައެވެ.

އިންޑިއާއިނގިރޭސިވިލާތް

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
16 ނޮވެމްބަރު 2025

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް