Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޮއްވާލާނެ ކަމުގެ އިންޒާރު

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށްބުނެ އިންޒާރުދިން މީހާގެ މައްޗަށް ދައުވާކޮށްފި

އިންޒާރު ދީފައިވަނީ ޓްވިޓަރގައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 30 ސެޕްޓެމްބަރު 2021 | ބުރާސްފަތި 08:54
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން

ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށްބުނެ އިންޒާރުދިން މީހާގެ މައްޗަށް ދައުވާކޮށްފިއެވެ.

އޭނާ އިންޒާރު ދީފައިވަނީ ޓްވިޓަރގައެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މއ. ރެސްޓިންގހައުސް، މުޙައްމަދު ޢިނާދު 30 ޖޫން 2021 ދުވަހު، ސޯޝަލް މީޑިއާ ޕްލެޓްފޯމެއްކަމަށްވާ ޓްވިޓަރ ގައި، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށްބުނެ އިންޒާރުދިން މައްސަލާގައި ޢިނާދުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ގެ 13 ވަނަ މާއްދާގެ (ހ) އާއި، 4 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާ ޙަވާލާދީ، 13 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ.

މިދައުވާ ސާބިތު ވެއްޖެނަމަ އޭނާގެ މައްޗަށް 4 އަހަރާއި 6 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ސޯޝަލް މީޑިއާއާއި، އަދި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި، މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެކުރަނީ ޖިނާއީ ކުށެއްކަން ފުލުހުން ވަނީ ބުނެފައެެވެ. އަދި، އެފަދަ އަމަލު ހިންގާ މީހުންގެ މައްސަލަ ފުލުހުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ވެސް ބުނެފައިވެއެވެ.

އިންޑިއަން ހައި ކޮމިޝަން

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން ގޮވާލައިފި

16 އޮކްޓޯބަރު 2025
ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން  ގޮވާލައިފި
05 ފެބުރުއަރީ 2023

އޮލިމްޕަސް އަލުން ތަރައްޤީ ކުރުމުގައި ބައިވެރި ވެވުމަކީ އިންޑިއާ އަށް ލިބޭ ޝަރަފެއް: އިންޑިއާ އެމްބަސީ

05 ފެބުރުއަރީ 2023
އޮލިމްޕަސް އަލުން ތަރައްޤީ ކުރުމުގައި ބައިވެރި ވެވުމަކީ އިންޑިއާ އަށް ލިބޭ ޝަރަފެއް: އިންޑިއާ އެމްބަސީ
14 ޖެނުއަރީ 2023

އިންޑިއާ ކޭމްޕަށް ފުރާ އެތުލީޓުންނާ މިނިސްޓަރ މަޚްލޫފް އަދި އިންޑިޔާގެ ހައި ކޮމިޝަނަރު މުނޫ މަހާވާރު ބައްދަލުކުރައްވައިފި

14 ޖެނުއަރީ 2023
އިންޑިއާ ކޭމްޕަށް ފުރާ އެތުލީޓުންނާ މިނިސްޓަރ މަޚްލޫފް އަދި އިންޑިޔާގެ ހައި ކޮމިޝަނަރު މުނޫ މަހާވާރު ބައްދަލުކުރައްވައިފި
08 ޑިސެމްބަރު 2022

ގާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 50 ޖުޑީޝަލް އޮފިސަރުން އިންޑިއާއަށް ފުރަނީ

08 ޑިސެމްބަރު 2022
ގާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 50 ޖުޑީޝަލް އޮފިސަރުން އިންޑިއާއަށް ފުރަނީ
19 އޯގަސްޓު 2022

36 ސިވިލް ސާވަންޓުން ތަމްރީނަށް އިންޑިއާ އަށް ފުރަނީ

19 އޯގަސްޓު 2022
36 ސިވިލް ސާވަންޓުން ތަމްރީނަށް އިންޑިއާ އަށް ފުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު