Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބަޖެޓުން ޚަރަދުކުރި މިންވަރު

ބަޖެޓުން ޚަރަދުކުރެވުނު އަދަދު 30 ބިލިއަނާ ގާތްކޮށްފި

25 ސެޕްޓެމްބަރު 2021 | ހޮނިހިރު 11:16

އާމްދަނީގެ ގޮތުގައި ލިބުނީ 12 ބިލިއަން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 25 ސެޕްޓެމްބަރު 2021 | ހޮނިހިރު 11:16
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

މިއަހަރުގެ މިހާތަނަށް އައިއިރު ދައުލަތުގެ ބަޖެޓުން 20.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަހަރުގެ މިހާތަނަށް އައިއިރު ބަޖެޓުން މިވަނީ 20.9 ބިލިއަން ރުފިޔާ ޚަރަދުކުރެވިފައެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރަމުން އަންނަ ތަފާސްހިސާބުގައި ވާގޮތުން މިއަހަރު ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. ރިކަރަންޓް ޚަރަދުތަކަށް 15.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ރިކަރަންޓް ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން، އޮފީސް ހިންގުމުގެ ޚަރަދުތަކެއެވެ. މީގެތެރެއިން މުސާރައާއި އިނާޔަތްތަކަށް 6.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޮފީސް ހިންގުމަށް 8.4 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މީގެ އިތުރުން ކެޕިޓަލް ޚަރަދުގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް 2.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާގެ މަޝްރޫއުތައް ހިންގުމަށެވެ. މި ދާއިރާއަށް 580.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ސިއްހީ ދާއިރާއަށް 378.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 12.5 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސްއިންނެވެ. އެއީ 9.1 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 10.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރާންޓްސްގެ ގޮތުގައި ލިބިފައިވަނީ 392.6 މިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި
06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
06 ނޮވެމްބަރު 2025

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު
31 އޮކްޓޯބަރު 2025

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް
30 އޮކްޓޯބަރު 2025

ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

30 އޮކްޓޯބަރު 2025
ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ
23 އޮކްޓޯބަރު 2025

ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ގޮސް، ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓް މިހާރު ވަނީ ހުސްވެފައި

23 އޮކްޓޯބަރު 2025
ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ގޮސް، ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓް މިހާރު ވަނީ ހުސްވެފައި
13 އޮކްޓޯބަރު 2025

ވަޒީރުންގެ މަޖިލީހުން ބޭނުން ބަޔަކަށް މަޝްރޫއުތައް ދެވޭގޮތަށް މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސްފި

13 އޮކްޓޯބަރު 2025
ވަޒީރުންގެ މަޖިލީހުން ބޭނުން ބަޔަކަށް މަޝްރޫއުތައް ދެވޭގޮތަށް މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސްފި
10 އޮކްޓޯބަރު 2025

ށ.ފޭދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުނުތާ 8 މަސް: ސަރުކާރުން ތަކުރާރުކޮށް ތާރީހުތައް ދީގެން ވެސް ކޮންޓްރެކްޓަރަށް ފައިސާ ނުދެވިފައި

10 އޮކްޓޯބަރު 2025
ށ.ފޭދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުނުތާ 8 މަސް: ސަރުކާރުން ތަކުރާރުކޮށް ތާރީހުތައް ދީގެން ވެސް ކޮންޓްރެކްޓަރަށް ފައިސާ ނުދެވިފައި
02 އޮކްޓޯބަރު 2025

މި ނޫނީ ބިލުތަކަށް ފައިސާ ދޭނެ ތާރީޚެއް ނުދޭ ސަރުކާރަކާ ދިމަލެއް ނުވޭ، މި ނާގާބިލު ސަރުކާރުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ ނެތި ހިނގައިދާނެ: ވިޔަފާރިވެރިއެއް

02 އޮކްޓޯބަރު 2025
މި ނޫނީ ބިލުތަކަށް ފައިސާ ދޭނެ ތާރީޚެއް ނުދޭ ސަރުކާރަކާ ދިމަލެއް ނުވޭ، މި ނާގާބިލު ސަރުކާރުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ ނެތި ހިނގައިދާނެ: ވިޔަފާރިވެރިއެއް
26 ސެޕްޓެމްބަރު 2025

ބަޖެޓް ސަރޕްލަސް ކަމަށް ދައްކަނީ ޝާއިއު ކުރާ ރިޕޯޓްތަކުގައި މަކަރު ހަދައިގެން: އަމީރު

26 ސެޕްޓެމްބަރު 2025
ބަޖެޓް ސަރޕްލަސް ކަމަށް ދައްކަނީ ޝާއިއު ކުރާ ރިޕޯޓްތަކުގައި މަކަރު ހަދައިގެން: އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް