Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކައިގެ ސޮފްޓްވެއަރގެ މަސައްކަތް

ފެނަކައިގެ ސޮފްޓްވެއަރގެ މަސައްކަތް ނުނިމެނީސް ފައިސާ ދޫކޮށްފައިވާ މައްސަލާގައި ދައުވާކުރުމަށް ހުށަހަޅައިފި

މި މައްސަލާގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަހުގީގުން އެނގޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2021 | ބުދަ 17:37
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

ފެނަކަ ކޯޕަރޭޝަންގެ ބިލިންގ ސޮފްޓްވެއަރގެ މަސައްކަތް ނުނިމެނީސް، 1.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ މައްސަލާގައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކަސްޓަމަރުންނަށް ބިލްކުރުމަށް 2017 ވަނަ އަހަރުގެ ތެރޭގައި ބިލިންގ ސޮފްޓްވެއަރއެއް ހެދުމަށް "ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކުރި ނަމަވެސް، އެ ޚިދުމަތް އަދި މިހާތަނަށް ފެނަކައަށް ލިބިފައިނުވާއިރު، އެ ސޮފްޓްވެއަރ ނިމުނުކަމަށް ލިޔުން ދޫކޮށް، ފައިސާ ދީފައިވާކަމަށް ބުނާ މައްސަލާގައި ދައުވާކޮށްކޮށް ދިނުމަށް އެދި 22 ސެޕްޓެންބަރު 2021 ވީ ބުދަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަަމަށެވެ.

Advertisement - newsAdvertisement

އޭސީސީން ބުނީ މި މައްސަލާގައި، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަހުގީގުން އެނގޭތީ ދައުވާކުރުމަށް ފޮނުވާފައިވަނީ، ފެނަކައިގެ އައި.ސީ.ޓީ ޑިޕާޓްމަންޓާ އޭރު ހަވާލުވެހުރި އިސްމާއީލް ޝަމްއޫން (މ.ފެހިވިދުވަރުގެ / ކ.މާލެ) އާއި އެކުންފުނީގެ ސޭލްސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ވެރިއެއްގެ ހައިސިއްޔަތުން އޭރު މަސައްކަތް ކުރި އަހުމަދު ނަޖާހު (ނަންބަރު ރސ 13142 / ކ.މާލެ) ގެ މައްޗަށް ކަމަށެވެ. އެމީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ، ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އަދި، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ދައުވާ ކުރުމަށް ކަމަށް އޭސީސީން ބުނެއެވެ.

މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ބިލިންގ ސޮފްޓްވެއަރ ހޯދުމުގެ ޕްރޮޖެކްޓްގެ ކޮލިޓީ ކޮންޓްރޯލަރ އަކީ ފެނަކައިގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާރޓްމަންޓް (އައި.ސީ.ޓީ) އެވެ. ބިލިންގ ސޮފްޓްވެއަރ 03 ފޭސް އަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށާއި، އެއިން ކޮންމެ ފޭސް އެއް ނިމުމުން އައި.ސީ.ޓީ ޑިޕާޓްމަންޓުން އެ މަސައްކަތް ޗެކްކޮށް އެޕްރޫވް ކުރަންވާނެ ކަމަށާއި، ކޮންމެ ފޭސް އެއް ނިންމުމަށްފަހު ޝުވެކް މޯލްޑިވްސްއިން ހުށަހަޅާ އިންވޮއިސް އައި.ސީ.ޓީ ޑިޕާޓްމަންޓުން އެޕްރޫވް ކުރަން ވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ޝުވެކް މޯލްޑިވްސްއިން ކޮށްފައިވާ މަސައްކަތުގެ ކޮލިޓީ އާއި އޯތެންޓިސިޓީ އައި.ސީ.ޓީ ޑިޕާޓްމަންޓުން ޗެކްކޮށްފައި ނުވާކަން ތަހުގީގުން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ އެކަމަކީ ފެނަކައިގެ އައި.ސީ.ޓީ ޑިޕާޓްމަންޓާ އޭރު ހަވާލުވެހުރި އިސްމާއީލް ޝަމްއޫންގެ ޒިންމާއެއްކަން ތަހުގީގު އެނގޭ ކަމަށެވެ. އެއްބަސްވުމުގައި ބިލިންގ ސޮފްޓްވެއަރގައި ހުންނަން ވާނެ ކަމަށް ބަޔާންކޮށްފައިވާ ގިނަ ކަންތައްތަކެއް ޝުވެކް މޯލްޑިވްސްއިން ފުރިހަމަކޮށްފައި ނުވާކަން ވެސް ފާހަގަކުރެވޭ ކަމަށް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ބުނީ އެ ބިލިންގ ސޮފްޓްވެއަރގެ މަސައްކަތް ޝުވެކް މޯލްޑިވްސްއިން 08 ނޮވެމްބަރ 2017 ގައި ނިންމުމަށާއި، އެ ސޮފްޓްވެއަރ ނިމުނު ކަމަށް ބެލޭނީ އެ ސޮފްޓްވެއަރ ޑިޒައިން ކޮށް، އިމްޕްލިމެންޓް ކުރުމުންކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް 15 އޮކްޓޯބަރ 2018 ގެ ނިޔަލަށް ވެސް އެ ސޮފްޓްވެއަރ ނިންމާފައިނުވާކަމާއި، އަދި ފެނަކައިގެ އެ ސޮފްޓްވެއަރ އިމްޕްލިމެންޓް ކޮށްފައިނުވާކަން ތަހުގީގަށް ހޯދާފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ ބިލިންގ ސޮފްޓްވެއަރއަށް ވޭރިއޭޝަންގެ ގޮތުގައި ގެނައުމަށް ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި، ޝުވެކް މޯލްޑިވްސްއިން ފުރިހަމަ ކުރަންޖެހޭ ކަމަށް އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ވޭރިއޭޝަންގެ ގޮތުގައި އެ ބަދަލުތައް ގެނައުމަށް ފެނަކައިގެ ފަރާތުން ހުއްދަ ދިންކަމަށް ބަޔާންކޮށް، އެ ބަދަލުތައް ގެނައުމަށް ހުއްދަދިން ލިޔުމުގައި ފެނަކައިގެ އައި.ސީ.ޓީ ޑިޕާޓްމަންޓާ އޭރު ހަވާލުވެހުރި އިސްމާއީލް ޝަމްއޫން އާއި، އެ ކުންފުނީގެ ސޭލްސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ވެރިއެއްގެ ހައިސިއްޔަތުން އޭރު މަސައްކަތް ކުރި އަހުމަދު ނަޖާހު ސޮއިކޮށްފައިވާ ކަމަށެވެ.

އޭސީސީން ބުނީ އެ ބިލިންގ ސޮފްޓްވެއަރގެ މަސައްކަތް ޝުވެކް މޯލްޑިވްސްއިން ނިންމާފައިނުވަނީސް، އެމަސައްކަތް 06 ނޮވެމްބަރ 2017 ގައި ނިންމާފައިވާ ކަމަށް ބަޔާންކޮށް ޝުވެކް މޯލްޑިވްސްއިން ފެނަކަ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ސިޓީގައި އިސްމާއީލް ޝަމްއޫން އަދި އަހުމަދު ނަޖާހު ވެސް ސޮއިކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެ ބިލިންގ ސޮފްޓްވެއަރ ހޯސްޓްކުރުމުގެ ގާބިލުކަން ފެނަކައިގެ އަމިއްލަ ސާވާރގައި ހުރިކަން އެނގޭ ކަމަށާއި، އެއްބަސްވުމުގެ އެއްވެސް މާއްދާއެއްގައި ޝުވެކް މޯލްޑިވްސްގެ ސާވާރގައި އެ ސޮފްޓްވެއަރ ހޯސްޓްކުރުމާ ގުޅޭ އެއްވެސް ކަމެއް ބަޔާންކޮށްފައިނުވާ ކަމަށް އޭސީސީން ބުނެއެވެ. ނަމަވެސް، އެ ސޮފްޓްވެއަރ ހޯސްޓްކުރުމަށް ޝުވެކް މޯލްޑިވްސްއަށް ހުއްދަދީ، އެކަމަށް ފައިސާ ދޫކުރުމަށް ފެނަކައިގެ އައި.ސީ.ޓީ ޑިޕާޓްމަންޓުން އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމަންޓަށް މެމޯއެއް ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެއެވެ.  

އޭސީސީން ބުނީ ޝުވެކް މޯލްޑިވްސްއިން ބިލިންގ ސޮފްޓްވެއަރގެ ފޭސް 2 އަދި 3 ގެ މަސައްކަތާއި، ވޭރިއޭޝަންގެ ގޮތުގައި ގެނައުމަށް ނިންމާފައިވާ މަސައްކަތްތައް ނިމިފައިނުވަނީސް، އެ މަސައްކަތްތައް ނިންމާފައިވާ ކަމަށް ބަޔާންކޮށް، ފައިސާ ދޫކޮށްދިނުމަށް އައި.ސީ.ޓީ ޑިޕާޓްމަންޓުން އެ ކުންފުނީގެ ޓެންޑަރ ސެކްޝަނަށް ފޮނުވާފައިވާ އިންޓަރނަލް މެމޯ ގައި ސޮއިކޮށްފައިވަނީ ވެސް އިސްމާއީލް ޝަމްއޫންކަން ތަހުގީގަށް އެނގޭ ކަމަށެވެ.

އޭސީސީން ބުނީ އެ ބިލިންގ ސޮފްޓްވެއަރ ހޯސްޓްކުރުމަށާއި، ޝުވެކް މޯލްޑިވްސްއިން އެ ސޮފްޓްވެއަރގެ މަސައްކަތް ނިންމާފައި ނުވިނަމަވެސް އެމަސައްކަތަށްވާ ފައިސާ ފުރިހަމައަށް ދޫކޮށްފައިވަނީ، އިސްމާއީލް ޝަމްއޫން އަދި އަހުމަދު ނަޖާހު ސޮއިކޮށްފައިވާ ހުއްދައަށް ރިއާޔަތްކޮށްގެންކަން ތަހުގީގުން އެނގޭ ކަމަށެވެ. އަދި މިކަންކަމުގެ ސަބަބުން ޝުވެކް މޯލްޑިވްސްއަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީޕީޖީ އޮފީސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު