Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުން

ނާއިބުރައީސްގެ އަރިހަށް ބަންގްލަދޭޝްގެ ސަފީރު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

22 ސެޕްޓެމްބަރު 2021 | ބުދަ 13:39

ރާއްޖޭގެ ތަރައްގީއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 22 ސެޕްޓެމްބަރު 2021 | ބުދަ 13:39
ނައިބު ރައީސް ބަންގްލަދޭޝްގެ ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން،

ނައިބު ރައީސް ބަންގްލަދޭޝްގެ ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން،

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްގެ އަރިހަށް، ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރިއަރ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަން، އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން ކުރިޔަށްގެންދަވާފައިވަނީ ބުދަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި، މި އަހަރު ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގުޅުން ގާއިމުކުރެވުނުތާ 43 އަހަރު ފުރުމާއި ގުޅިގެން، ދެބޭފުޅުންވެސް ވަނީ އެކަން ފާހަގަ ކުރައްވާފައެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރެވެންހުރި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާ ދެބޭފުޅުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނާއިބުރައީސް ފައިސަލް ނަސީމް ވަނީ ރާއްޖޭގެ ތަރައްގީއަށްޓަކައި އެކިއެކި ގޮތްގޮތުން ބަންގްލަދޭޝްގެ ފަރާތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމުގެ އަގުވަޒަންކުރައްވާ، އެކަމަށް ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންސާނީ ވަަސީލަތް ތަރައްގީ ކުރުމަށް ޓެކްނިކަލް އަދި ވޮކޭޝަނަލްގެ އެކި ރޮނގުރޮނގުން މީހުން ތަމްރީނު ކުރުމަށް ބަންގްލަދޭޝްގެ ފަރާތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ޚާއްސަގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި މިހާރުވެސް ޚިދުމަތުގައި ތިބި ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން މަދުކަން ފާހަގަކުރައްވާފައިވެއެވެ.

ނާއިބުރައީސްގެ ވާހަކަފުޅުގައި، ކޮވިޑް 19 ގެ ހާލަތުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއާއެކު ބޭއްވެވި ގާތް ރަހްމަތްތެރިކަމަށް، ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އެގޮތުން ބަންގްލަދޭޝްއަށް ކިޔަވަން ގޮސްތިބި ކުދިންނަށް އެހާލަތުގައި ދިމާވި ދަތިތައް ހައްލުކުރުމަށް ދިވެހި ސަރުކާރާއެކު ކުރެއްވި މަސައްކަތަށް ތައުރީފުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ބަންގްލަދޭޝް ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ ބަންގްލަދޭޝްގެ ރައްޔިތުންކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ އެ ފަރާތްތަކަށް ކުރިމަތިވެފައިވާ އަދި ކުރިމަތިވަމުންދާ އެކިއެކި މައްސަލަތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައިވެއެވެ.

މި ދެ ބޭފުޅުންގެ ވާހަކަފުޅުގައި، ދެ ގައުމުގެ ގާތް ރަހުމަތްތެރި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކުރައްވައި، ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ނާއިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްބަންގްލަދޭޝް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
30 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
14 ނޮވެމްބަރު 2025

ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ

14 ނޮވެމްބަރު 2025
ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ
04 ނޮވެމްބަރު 2025

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ
24 އޮކްޓޯބަރު 2025

މި ސަރަހައްދުގައި ދިއިރުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ

24 އޮކްޓޯބަރު 2025
މި ސަރަހައްދުގައި ދިއިރުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ
18 އޮކްޓޯބަރު 2025

ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި ބޮޑު އަލިފާނުގެ ހާދިސާ އެއް ހިނގާ އެއަރޕޯޓު ހުއްޓުމަކަށް

18 އޮކްޓޯބަރު 2025
ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި ބޮޑު އަލިފާނުގެ ހާދިސާ އެއް ހިނގާ އެއަރޕޯޓު ހުއްޓުމަކަށް
17 އޮކްޓޯބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ލީޑަރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުމަށް އެދިއްޖެ

17 އޮކްޓޯބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ލީޑަރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުމަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް