Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާއިން ކޮވިޑް ވެކްސިން އެކްސްޕޯޓްކުރަން ފަށަ

އިންޑިޔާއިން ކޮވިޑް ވެކްސިން އެކްސްޕޯޓްކުރަން އަލުން ފަށަނީ

ކޮވެކްސް ފެސިލިޓީގެ އިތުރުން އަވަށްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އިސްކަންދޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ސެޕްޓެމްބަރު 2021 | ހޯމަ 13:54
އިންޑިޔާގައި ކޮވިޑް ވެކްސިން އުފުލާ ކޮންޓެއިނަރެއްގެ ކައިރިން މީހަކު ހިނގާފައިދަނީ

އިންޑިޔާގައި ކޮވިޑް ވެކްސިން އުފުލާ ކޮންޓެއިނަރެއްގެ ކައިރިން މީހަކު ހިނގާފައިދަނީ

އިންޑިޔާއިން ކޮވިޑް ވެކްސިން އަންނަ އޮކްޓޯބަރ މަހުން ފެށިގެން އަލުން އެކްސްޕޯޓްކުރަން ފަށާނެކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ މަންސުކް މަންދަވިޔާ ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދޭ ކޮވެކްސް ފެސިލިޓީގެ އިތުރުން އަވަށްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އިސްކަންދޭނެކަމަށެވެ. ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދަމުން އަންނަ އިންޑިޔާއިން އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން މެދުކަނޑާލީ އޭޕްރީލް މަހުއެވެ. އެއީ އިންޑިޔާގައި ކޮވިޑްގެ ހާލަތު ގޯސްވެ އެގައުމު ވެކްސިނަށް ޖެހެން ފެށުމާއެކުއެވެ.

އޭގެފަހުން އިންޑިޔާގައި ވެކްސިން އުފައްދާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އަންނަ މަހު 300 މިލިއަން ޑޯޒް އުފައްދާނެކަމަށް ބެލެވެއެވެ. ހެލްތު މިނިސްޓަރ ވިދާޅުވީ ކޮވެކްސް ފެސިލިޓީގެ ދަށުން އެހެން ގައުމުތަކަށް ފޯރުކޮށްދޭނީ އިންޑިޔާއަށް ބޭނުންވާ އަދަދަށްވުރެ އިތުރަށް އުފައްދާ ޑޯޒްތައްކަމަށެވެ.

މިއަހަރުގެ ބާކީ އޮތް ތިން މަސްދުވަސްތެރޭގައި އިންޑިޔާގައި 1 ބިލިއަން ޑޯޒް އުފައްދާނެކަމަށް ބެލެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި އިންޑިޔާއިން މީގެކުރިން އަދާކުރަމުންދިޔަ ދައުރު އަދާކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިޔާއިން ވެކްސިން އެކްސްޕޯޓްކުރުން މެދުކަނޑާލުމުގެ ކުރިން 100 ގައުމަށް 66 މިލިއަން ޑޯޒް ފޯރުކޮށްދީފައިވެއެވެ. ކުރިޔަށް އޮތް ކުއަރޓަރގައި ވެކްސިން ފޯރުކޮށްދޭން ފަށާނެކަމަށް އިންޑިޔާއިން ހާމަކޮށްފައިމިވަނީ މިހަފްތާތެރޭގައި އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވޮޝިންގޓަނަށް ވަޑައިގެން އިންޑިޔާ، އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާ ބައިވެރިވާ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ތައްޔާރުވެފައިވަނިކޮށެވެ.

މިއަހަރުގެ ޑިސެމްބަރ މަސް ނިމެންވާއިރު އިންޑިޔާއިން 944 މިލިއަން މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. މިހާތަނަށް އިންޑިޔާއަށް ފުރަތަމަ ޑޯޒް ދެވިފައިވަނީ 64 އިންސައްތަ މީހުންނަށެވެ. އަދި ދެ ޑޯޒް ދެވިފައިވަނީ 22 އިންސައްތަ މީހުންނަށެވެ.

މިދިޔަ މަހުން ފެށިގެން އިންޑިޔާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ވަނީ ހަލުވިވާން ފަށާފައެވެ. އެއީ އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިންގެ އަަދަދު އިތުރުކުރުމާއެކުއެވެ.

އިންޑިޔާގައި ވެކްސިން އުފައްދާ ކުންފުނިތަކުގައި އަހަރަކު 3 ބިލިއަން ކޮވިޑް ވެކްސިން ޑޯޒް އުފެއްދުމުގެ ގާބިލްކަން އެބަހުއްޓެވެ.

އިންޑިއާކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު