Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޕްރީމް ކޯޓަށް 13 އަހަރު ފުރުން

ސުޕްރީމް ކޯޓުގެ 13 ވަނަ އަހަރަކީ އަދުލުއިންސާފު ހޯދައިދިނުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު އަހަރެއް

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދެވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 17:25
ސުޕްރީމް ކޯޓު،

ސުޕްރީމް ކޯޓު،

ސުޕްރީމް ކޯޓުގެ 13 ވަނަ އަހަރަކީ ރައްޔިތުންނަށް އަދުލުއިންސާފު ހޯދައިދިނުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށް އެކޯޓުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ކޯޓުގެ ގޮތުގައި އުފެދުނު ސުޕްރީމް ކޯޓަށް 13 އަހަރު ފުރުމާއި ގުޅިގެން އެކޯޓުން ހޮނިހިރު ދުވަހު ނެރެފައިވާ ނޫސްބަޔާނުގައި ބުނީ ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި ރައްޔިތުންނަށް އަދުލުއިންސާފު ލިބިދިނުމުގައި ކާމިޔާބީތަކެއް ހާސިލުކޮށް، މި ދާއިރާ ހަރުދަނާ ކުރުމަށް އެ ކޯޓުން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މި ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް އަދިވެސް ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށް އެކޯޓުން ބުނެއެވެ. މާލީ ގޮތުންނާއި އިންސާނީ ވަސީލަތްތައް ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، ލިބެންހުރި މަދު ވަސީލަތްތަކުގެ އެހީގައި މި ދާއިރާ އިސްލާހު ކުރުމަށާއި ކުރިއެރުވުމަށް މަސައްކަތްތައް ކުރާނެ ކަމަށް ބުނެއެވެ.

Advertisement - newsAdvertisement

ފާއިތުވެ ދިޔަ ދެ އަހަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށް ބަދަލުތަކެއް ގެނުވި ދެ އަހަރުކަން ފާހަގަކޮށް ސުޕްރީމް ކޯޓުން ބުނީ އިގުތިސާދީ ހަރަކާތްތަކާއި އިދާރީ އިންތިޒާމުތަކަށް ލޮޅުންއަރައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް މިގޮންޖެހުންތަކާއެކުވެސް ކޯޓުގެ އަމާޒަކީ މެދުކެނޑުމެއް ނެތި އަވަސްކަމާއި ހަލުވިކަމާއެކު އަދުލު އިންސާފު ފޯރުކޮށްދިނުމުގެ މަސައްކަތުގައި ދެމިތިބުން ކަަމަށެވެ.

ސުޕްރީމް ކޯޓުން ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަގެ ކުރީކޮޅުން ފެށިގެން އިޖުރާއީ ގޮތުންނާއި އިދާރީގޮތުން ގެނަންޖެހޭ ބަދަލުތައް ދެނެގަނެ އެ ކޯޓުގެ ޝަރީއަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް އީޖާދީ އައު ވަސީލަތްތަކުގެ ބޭނުން ހިފައި، އެ ކޯޓުގެ ޝަރީއަތްތައް ދާއިމީ ގޮތެއްގައި ދުރުން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ކޯޓުގެ ޝަރީއަތްތަކާ ގުޅޭ ކަންކަން ހަރުދަނާކުރުމަށް އިޖުރާއީ ގޮތުން ގެންނަން ފެނުނު ބަދަލުތައް ދެނެގަނެ އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

އެގޮތުން ކުރެވުނު މަސައްކަތްތަކާއެކު އެ ބަދަލުތައް ކޯޓުގެ ގަވާއިދުގައި ހިމަނައި ނިމިގެން މިދިޔަ އަހަރުގެ ތެރޭގައި ކޯޓުގެ އައު ގަވާއިދު އާންމުކުރެވިފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ. އަދި ހާމަކަން ބޮޑު ގޮތެއްގައި ޝަރީއަތްތައް ހިންގުމުގެ ސިޔާސަތަކީ 2020 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ސިޔާސަތު ކަމަށް ބުނެއެވެ.

ސުޕްރީމް ކޯޓުން ބުނީ 2020 ވަނަ އަހަރުގެ ފެބުރުއަރީ 16 ވަނަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓު ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އާންމުކުރަން ފެށިފައިވާ ކަމަށެވެ. ކޯޓުގެ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް 2020 ވަނަ އަހަރުގެ ޖޫން މަހުގެ 02 ވަނަ ދުވަހުން ފަށައި، ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މާލަމުގައި ބޭއްވޭ ޝަރީއަތްތައް ވެސް ލައިވް ސްޓްރީމް ކުރަން ފަށާފައިވާ ކަމަށް ބުނެއެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ތަފާސްހިސާބަށް ބަލާއިރު، ސުޕްރީމް ކޯޓުގެ 13 ވަނަ އަހަރަކީ އޭގެ ކުރީ އަހަރަށްވުރެ ކާމިޔާބު އަހަރެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރުގެ ސެޕްޓެންބަރު 18ން މި އަހަރުގެ ސެޕްޓެންބަރު 18 ވަނަ ދުވަހާ ހަމައަށް 225 މައްސަލަ ހުށަހެޅި 121 މައްސަލަ ވަނީ ރަޖިސްޓްރީ ކުރެވިފައެވެ. ނިމިދިޔަ އަހަރުގެ ތެރޭގައި 369 އަޑުއެހުން ބޭއްވިފައިވާއިރު، 90 މައްސަލައެއްގައި ހުކުމްކުރެވިފައިވެއެވެ. މިއީ، އޭގެ ކުރީ އަހަރު ހުކުމްކުރެވުނު އަދަދަށްވުރެ 29 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެކޯޓުން ބުނެއެވެ.

ސުޕްރީމް ކޯޓުން ބުނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ އައު ތަސައްވުރާއެކު، އެކޯޓުގެ ޝަރީއަތުގެ މަޖިލީސްތައް ހިންގުމުގައި، ކަރުދާސް މަދުކުރެވިފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ހާސިލުކުރެވުނު މުހިންމު އެއް ކާމިޔާބީއަކީ ޝަރުއީ ދާއިރާގެ ކޭސް ރިޕޯޓަރ އެޕްލިކޭޝަން ތަރައްގީކޮށް، ކޯޓު އުފެދުނީއްސުރެ މިއަދާ ހަމައަށް ކޯޓުން ނިންމާފައިވާ ނިންމުންތައް އެ އެޕްލިކޭޝަނަށް އަޕްލޯޑްކޮށް، އެތެރޭގެ ބޭނުންތަކަށް އެ އެޕްލިކޭޝަން ބޭނުންކުރުމުގެ އިންތިޒާމު ހަމަޖެއްސުން ކަމަށް ބުނެއެވެ.

ކޭސް ރިޕޯޓަރ އެޕްލިކޭޝަންއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިސްނެގުމަކަށް ފެށުނު ޚާއްސަ ޕްރޮޖެކްޓެވެ. މި އެޕްލިކޭޝަން ޑިވެލޮޕްކޮށް ތަރައްގީ ކުރެވިގެންދިޔައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ. މި މަސައްކަތަކީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެހީތެރިކަމާއެކު ކޮށް ނިންމާލެވުނު މަސައްކަތެކެވެ. މި މަސައްކަތުގެ ދެވަނަ ފިޔަވަހި ނިމިގެންދާއިރު މި އެޕްލިކޭޝަން ބޭނުންކުރުމުގެ އެކްސެސް ގާނޫނީ ވަކީލުންނާއި ގާނޫނު ކިޔަވާ ދަރިވަރުންނަށް ވެސް ހުޅުވައިލެވިގެން ދާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

އަމާޒަކީ، ލިބިފައިވާ މަދު ވަސީލަތްތަކާއެކުވެސް، އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި، އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ނަތީޖާ ނެރޭ ޒިންމާދާރު މުއައްސަސާއެއްގެ ގޮތުގައި އެ ކޯޓު ހަރުދަނާކުރުން ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

16 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު