Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ސްޕެނިޝް ލީގު: މަލާގާ ބަލިކޮށް ރެއާލް އިން ލީގު ތަށި ކަށަވަރުކޮށްފި

22 މެއި 2017 | ހޯމަ 07:27

މިއީ ރެއާލް އިން ލީގު ކާމިޔާބުކުރި 33 ވަނަ ފަހަރު

ލީވާން އަލީ
ލީވާން އަލީ | 22 މެއި 2017 | ހޯމަ 07:27
ރެއާލް އިން ލީގު ތަށި ކަށަވަރުކުރުމަށް ފަހު އުފާފާޅުކުރަނީ

ރެއާލް އިން ލީގު ތަށި ކަށަވަރުކުރުމަށް ފަހު އުފާފާޅުކުރަނީ

ސްޕެނިޝް ލަލީގާގައި މަލާގާ ބަލިކޮށް ރެއާލް މެޑްރިޑުން ލީގު ތަށި ކަށަވަރުކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ލީގުގައި ކުޅުނު ފަހު މެޗު މަލާގާއާ ވާދަކޮށް ރެއާލް އިން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މަލާގާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ރެއާލް އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއާއެކު ރޮނާލްޑޯ ވެގެންގޮސްފައިވަނީ ޖެހިޖެހިގެން ސްޕެނިޝް ލީގުގެ 8 ސީޒަނުގައި 25 ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާއަށެވެ. ކުރިން މި ރެކޯޑް އޮތީ ބާސެލޯނާގެ ލިއޮނެލް މެސީ އަތުގައެވެ.

ރޮނާލްޑޯގެ މި ލަނޑަށް ފަހު ވެސް ރެއާލް އިން ދިޔައީ މަލާގާގެ ހާފަށް ބާރުބޮޑުކޮށް ފުލުފުލުގައި ލަނޑޫ ޖެހުމަށް ފުރުސަތު ތަނަވަސްކުރަމުންނެވެ. އެގޮތުން ކަރިމް ބެންޒެމާއަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

މީގެ އިތުރުން މަލާގާގެ ރަމިރޭޒް އަށް ވެސް ވަނީ ނަތީޖާ ހަމަހަމަކުރަން ފުރުސަތުތައް ލިބިފައެވެ. އެހެންނަމަވެސް ރެއާލްގެ ވަރުގަދަ ޑިފެންސާ އެކު ރަމިރޭޒްގެ ހަމަލާތައް ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން މަލާގާގެ މައްޗަށް ރެއާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި މަލާގާއިން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، އެޓޭކިން ގޭމެއް ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން ރެއާލްގެ ދެވަނަ ހާފްގައި ފަހަތަށް ޖެހިގެން ޑިފެންސްކުރި އިރު، ކައުންޓާގައި އެޓީމުން ދިޔައީ ނުރައްކާކުރަމުންނެވެ.

ރެއާލް އިން މެޗުގެ ލީޑު ފުޅާކުރީ 55 ވަނަ މިނެޓޫގައި ރަފައެލް ވެރާންގެ އެހީތެރިކަމާ އެކު ކަރިމް ބެންޒެމާ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑަށް ފަހު މަލާގާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ރެއާލްގެ ކީޕަރު ކޭލޯ ނަވާސްގެ ފަރާތުން މޮޅެތި ސޭވްތަކެއް ވަނީ ފެނިގެންގޮސްފައެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 38 މެޗުން ލިބުނު 93 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި މަލާގާ އޮތީ ކުޅުނު 38 މެޗުން ލިބުނު 46 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގަ އެވެ.

ރެއާލް އިން ހަތަރު އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ސްޕެނިޝް ލީގުގެ ތަށި ކަށަވަރުކޮށްފައިވާއިރު، މިއީ އެޓީމު ކާމިޔާބުކުރި 33 ވަނަ ލަލީގާ ތަށްޓެވެ. އެޓީމާ އެންމެ ކައިރިން ވާދަކުރި ބާސާ އަށް ލިބިފައިވަނީ 90 ޕޮއިންޓެވެ. އެގޮތުން ރެއާލް އިން ލީގު ކަށަވަރުކުރީ ތިން ޕޮއިންޓްގެ ލީޑަކާއެކުގައެވެ.

މީގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވެސް އެޓީމަށް އަދި އެބައޮތެވެ. ޗެމްޕިއަންސް ލީގު ފައިނަލުގައި އެޓީމު ނިކުންނާނީ އިޓަލީގެ ޗެމްޕިއަން ޔުވަންޓަސްއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް