Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ އިންތިޚާބީ ނިޒާމު

މިހާރު މިއޮތް އިންތިޚާބީ ނިޒާމުން ނަތީޖާ މެނިޕިއުލޭޓެއް ނުކުރެވޭނެ : އެސްޖީ ޙަސަން ޒަކަރިއްޔާ

16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 18:51

ހުރިހާ އިންތިޚާބަކީ ހާމަކަން ބޮޑު ގޮތެއްގައި، ދެފުށް ފެންނަ ގޮތަށް ބާއްވާ އިންތިޚާބުތަކެއް

އަމްނާ އިމާދު
އަމްނާ އިމާދު | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 18:51
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އެސްޖީ ޙަސަން ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އެސްޖީ ޙަސަން ވާހަކަދައްކަވަނީ

ދިވެހިރާއްޖޭގައި މިހާރު މިއޮތް އިންތިޚާބީ ނިޒާމުން ނަތީޖާ މެނިޕިއުލޭޓެއް ނުކުރެވޭނެ ކަަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ އެސްޖީ ޙަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އެސްޖީ ޙަސަން ވިދާޅުވީ, އިންތިޚާބުތަކުގައި ބަލިވާ މީހުން އަބަދުވެސް ސިސްޓަމް ގޯސްކުރާނެ ކަމަށާއި، އެއީ މުޅި ދުނިޔޭގައި އެކަން ހިނގާ ގޮތް ކަމަށެވެ. އަދި ރާއްޖޭގައި މިހާރު މިއޮތް އިންތިޚާބީ ނިޒާމު މެނިޕިއުލޭޓްކޮށް އިންތިޚާބެއްގެ ނަތީޖާ ބަދަލު ނުކުރެވޭނެ ކަމަށާއި، މެނިޕިއުލޭޓް ކުރުމުގެ ޖާގަ ވެސް ނޯންނާނެ ކަމަށެވެ. ސިޔާސީ ޕާޓީތަކާއި، ސިޔާސީ މީހުންނަށްވެސް އެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

Advertisement - newsAdvertisement

ޙަސަން ވިދާޅުވީ ރާއްޖޭގައި ބާއްވާ ހުރިހާ އިންތިޚާބަކީ ހާމަކަން ބޮޑު ގޮތެއްގައި ދެފުށް ފެންނަ ގޮތަށް ބާއްވާ އިންތިޚާބުތަކެއް ކަމަށެވެ. މިހާތަނަށް ކުރިއަށް ގެންދިޔަ ހުރިހާ އިންތިިޚާބަކީ ވެސް, ހެދިފައިވާ ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރިއަށް ގެންދިޔަ ވަރަށް ކާމިޔާބު އިންތިޚާބުތަކެއް ކަމަށެވެ. އަދި ދުނިޔޭގެ ހުރިހާ ހިސާބުން ރާއްޖޭގައި ބާއްވާ އިންތިޚާބުތައް އޮބްޒަރވްކުރާ ކަމަށާއި، އޮބްޒަރވްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސައިދޭ ކަމަށެވެ.

އެންމެ ފަހުން ބޭއްވިގެން ދިޔަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް އަލިއަޅުއްވާލައްވައި ޙަސަން ވިދާޅުވީ, އެއިންތިޚާބު އޮބްޒަރވް ކުރުމަށްފަހު ކޮމަންވެލްތުން ނެރުނު ރިޕޯޓުގައި ރާއްޖެއަށް ވަރަށް ތައުރީފްކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އިންތިޚާބީ ނިޒާމަކީ ސަރަހައްދީ ގައުމުތަކަށް އޮތް ނަމޫނާއެއް ކަމަށް ބުނެފައިވާ ކަމަށެވެ.

ޙަސަން ވިދާޅުވީ ރާއްޖޭގައި އޮތް އިލެކްޓޯރަލް ނިޒާމަކީ ނަމޫނާ ނިޒާމެއް ކަމަށާއި، މި ނިޒާމު އެހެން ގައުމުތަކުގައި ފަތުރަން ބޭނުންވާ ކަމަށެވެ. އަދި އެކަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް