Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓްރެޓީޖިކް އެކްޝަން ޕްލޭން

ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް: އެސްޖީ ޙަސަން ޒަކަރިއްޔާ

16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 17:56

މިއަހަރުގެ އެކްޝަން ޕްލޭން ވަރަށް ތަފާތުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 17:56
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އީސީގެ އެސްޖީ ޙަސަން ޒަކަރިއްޔާ ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އީސީގެ އެސްޖީ ޙަސަން ޒަކަރިއްޔާ ވާހަކަދައްކަވަނީ

އިލެކްޝަން ކޮމިޝަން (އީސީ)ގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި މައިގަނޑު ހަތަރު ލަނޑުދަޑިއެއް އެކުލަވާލީ ގާބިލުކަން ކުރި މިންވަރަށް ބެލުމަށްފަހު، އެކަންކަން ކުރެވޭނެ ކަމުގެ ޔަގީންކަމާއެކު ކަމަށް އެކޮމިޝަންގެ އެސްޖީ ޙަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އެސްޖީ ޙަސަން ވިދާޅުވީ, މިފަހަރު ސްޓްރެޓީޖިކް ޕްލޭންގައި މައިގަނޑު ހަތަރު ލަނޑުދަނޑިއެއް ފާހަގަކޮށްފައިވާ ކަމަށާއި، މިއަހަރުގެ އެކްޝަން ޕްލޭންގައި 2020 އަހަރުގެ އެކްޝަން ޕްލޭންގައި ހުރި ބައެއް ކަންކަން ހިމަނާފައިވާ ކަމަށެވެ. ނަމަވެސް މިއަހަރުގެ އެކްޝަން ޕްލޭން ވަރަށް ތަފާތުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ ކުރީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންއަށް އިޝާރާތް ކުރައްވައި ޙަސަން ވިދާޅުވީ, އެޕްލޭންގައި 8 ލަނޑުދަޑިއެއް ހާސިލުކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކޮންމެ 5 އަހަރަކުން ޖެހިޖެހިގެން 3 އިންތިޚާބެއް އަންނައިރު، އެހެން މަސައްކަތްތައް ކުރުމަށް ލިބެނީ ދެއަހަރު ކަމަށާއި، ދެއަހަރުގެ ތެރޭގައި އެކްޝަން ޕްލޭންގެ ހުރިހާ ލަނޑުދަނޑިއެއް ހާސިލުކުރުމަކީ ކޮމިޝަނަށް ވަރަށް ދަތި އުނދަގޫ ކަމެއް ކަމަށެވެ.

އަދި ކޮމިޝަނުން ކުރަން ބޭނުންވާ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ކަމަށާއި، މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ އެންމެ މުހިންމު މަސައްކަތްތައް ކުރުމަށް ކަމަށެވެ. އަދި ތަޖުރިބާއަށް ބެލުމަށްފަހު މިހާރު އެކުލަވާލާފައިވާ އެކްޝަން ޕްލޭންގައި މިހާރު ހުންނާނީ އެންމެ މުހިންމު މަސައްކަތްތައް ކަމަށެވެ. ލަނޑުދަޑިތައް 4އަށް ބަދަލުކުރި ނަމަވެސް އެމަސައްކަތްތައް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އީސީއިން ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލާފައިވާ އެ ކޮމިޝަންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފައިވަނީ ބުދަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

"ކުރިމަގު ރޭވުން" މި ނަމުގައި އިފްތިތާހުކުރި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އިލެކްޝަންސް ކޮމިޝަންގެ އިސްތިރާޖީ އެޖެންޑާއާއި، ކޮމިޝަންގެ ތަސައްވުރަށް ވާސިލުވުމަށް ގެންނަން ކަނޑައަޅާފައިވާ މައިގަނޑު ބަދަލުތަކާއި، ހާސިލުކުރަން ބޭނުންވާ ނަތީޖާތަކުގެ މަގުޗާޓު އެކުލަވާލާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް