Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމީންގެ ޝަރީއަތް

އަމީންގެ މައްސަލާގައި ޕީޖީއިން ސުޕްރީމް ކޯޓަށް!

ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ނިންމީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމުގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26ވަނަ މާއްދާގެ (ފ) މާނަކޮށްދީފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކޭތީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 13:28
ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މުޙައްމަދު އަމީން

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މުޙައްމަދު އަމީން

ޓެރަރިސްޓެއް ކަމަށް ބުނާ މުޙައްމަދު އަމީނުގެ މައްސަލާގައި ޤަޟިއްޔާ ނިންމަވާފައިވާގޮތާމެދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހިތްހަމަ ނުޖެހޭތީ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ނިންމައިފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ނިންމީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމުގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްދީފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކޭތީއާއި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 1-28ގައި ބަޔާންކޮށްފައިވާ ތަޙުޤީޤު ކުރުމާއި ދަޢުވާކުރުމުގެ ޚާއްޞަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިޢާޔަތްކޮށްފައިނުވުމުގެ އިތުރުން އެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަޙުޤީޤުކުރުމާއި ދަޢުވާކުރުމުގެ ޚާއްޞަ މުއްދަތުތަކެއް ޤާނޫނުގައި ކަނޑައެޅުމުގެ މަޤްޞަދު ގެއްލިދާތީ ކަމަށެވެ.

Advertisement - newsAdvertisement

އަމީންގެ މައްސަަލަ ކްރިމިނިލް ކޯޓުގައިވެސް ކުރިއަށްދާއިރު, ކްރިމިނަލް ކޯޓުގައި ސެޕްޓެމްބަރު ދެވަަނަ ދުވަހު ތާވަލުކޮށްފައިވާ ޝަރީއަތް އިދާރީ މައްސަލައަކާއި ގުޅިގެން ވަނީ ކެންސަލްކޮށްފައެވެ. އެ ދުވަހަށް ތާވަލުކޮށްފައިވަނީ އޭނާގެ މައްޗަށް އުފުލާފައިވާ 2 ދައުވާއާ ގުޅިގެން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓާ ގުޅޭގޮތުން ހެކި ނެގުމެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހު ވެސް ދައުލަތުން ހުށަހަޅާފައިވާ ހެކި ނެގުމަށް ތާވަލު ކުރި ނަމަވެސް، ދިފާޢަށް އައު ވަކީލަކު ގުޅިފައިވާތީ އެ ދުވަހު ހެކި ބަސް ނެގުން މަޑު ޖައްސާލުމަށްފަހު ބުރާސްފަތި ދުވަހަށް އަލުން ޝަރީއަތް ތާވަލު ކުރިއެވެ.

އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބާއްވާފައިވަނީ, ދައުލަތުން އަމީނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން ދައުލަތުން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރި ފަރާތުގެ ހެކިބަސް ނެގުމަށް ނިންމާފައިވީ ނަމަވެސް، ހެކިބަސް ނެގިފައެއް ނުވެއެވެ. އެއީ އަމީނުގެ ގާނޫނީ ވަކީލުންގެ ޓީމާ އައު ވަކީލަކު ގުޅިވަޑައިގަތުމުންނެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އަމީނުގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވާފައިވާއިރު، މި އަޑު އެހުމުގައި އަމީން ވަނީ ޖަލުގައި އޭނާއާމެދު ތަފާތުކުރުން ގެންގުޅޭކަމަށް ބުނެފައެވެ. ދައުލަތުން އެކަމަށް އިންކާރުކޮށްފައިވާއިރު، ދެފަރާތުގެ މި ވާހަކަތަކާ ގުޅިގެން އަމީނުގެ މައްސަލަ ބައްލަވާ އިސް ގާޒީ އަޙުމަދު ޝަކީލް ވަނީ އެކަން އިތުރަށް ބައްލަވާނެކަމަށް ވިދާޅުވެފައެވެ.

އޮގަސްޓް 27ވަނަ ދުވަހުގެ އަޑު އެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ އިތުރުން އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރި އޮފިސަރުގެ ހެކިބަސް ނެގުމަށް ނިންމާފައިވީނަމަވެސް، އަމީނުގެ ވަކީލުންގެ ޓީމާ ގުޅިވަޑައިގެންނެވި އައު ގާނޫނީ ވަކީލު އެ ރިޕޯޓް ކިޔާލުމަށްފަހު ހެކިބަސް ނެގުމަށް އެދިވަޑައިގަތެވެ.

ދިފާއާ އަލަށް ގުޅިވަޑައިގެންފައިވަނީ ވަކީލު އިސްމާޢީލް ވިޝާމެވެ. އޭނާ ވިދާޅުވީ އެ ރިޕޯޓުފައި ވަރަށް ބޮޑެތި ކަންތައްތަކެއް އެބަހުރި ކަން ޓީމުގެ އެހެން ވަކީލުންގެ ފަރާތުން އެނގިފައިވާ އިރު، އަމީނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއާއި ގުޅިގެން 50 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ހެކިބަސް ނެގުމުގެ ކުރިން ރިޕޯޓް ބަލާލަން ބޭނުންވާކަމަށް ވަކީލު ވިޝާމް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ސިއްރު ހެކިވެރިންގެ ހެކިބަސް އުނިކުރުމަށްފަހު, ކޯޓުގައި އެ ރިޕޯޓް ކިޔުމުގެ ފުރުސަތު ދިފާއީ ވަކީލުންނަށް ދީފައިވާކަން ފާހަގަ ކުރައްވައި, ދައުލަތުން ވަނީ ރިޕޯޓް އަލުން ބެލުމުގެ ފުރުސަތު ދިނުމަށް އުޒުރުވެރިވެފައެވެ. ނަމަވެސް މައްސަލަ ބައްލަވާ އިސްގާޒީ އަޙުމަދު ޝަކީލް ވަނީ އެ ފުރުސަތު ދިފާއަށް ދިނުމަށް ނިންމަވާފައެވެ. އަދި އަންނަ މަހުގެ 2 ވަނަ ދުވަހު ހެކިބަސް ނަގާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި މީގެ ކުރިން ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި, ދިފާއުން ހުށައަޅާފައިވާ ހެކި ބަލައިނުގަތުމަށް ޝަރީއަތުން ނިންމެވި ނިންމެވުން މުރާޖަޢާ ކޮށްދިނުން އެދި އަމީނުގެ ވަކީލުގެ ފަރާތުން ހުށައެޅުއްވިއެވެ. ދިފާއުން ވަނީ އަމީނުގެ މައްސަލައިގައި ދައުލަތުން ތަފާތުކުރުން ގެންގުޅޭކަމަށް ތުހުމަތުކޮށްފައެވެ. ދިފާއުން ވަނީ ޝަފަވީ 5 ހެއްކެއް ހުށައަޅަން ބޭނުންވާކަން ފާހަގަކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ގާޒީ ޝަކީލު ވިދާޅުވީ، ދިފާއުން ހުށަހަޅާފައިވާ 5 ހެކިންނަކީ ވެސް އަމީން ދަންނަ މީހުން ކަމަށާއި، އޭނާގެ ދީނީ ފިކުރާއި އޭނާއާ ގުޅޭ ކަންކަން ދަންނަ މީހުންކަމަށްވާތީ, ހުށަހަޅާ ހެކިންކަން ދިފާއުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ޝަރީއަތުން ބެލި ބެލުމުގައި މި ހާލަތުގައި ހެއްކެއް ހުށައެޅުމުގެ ފުރުސަތު ދޭނަމަ އެ ހެއްކަކީ ކުރިން ދިޔަ މަރުޙަލާތަކުގެ ފަހުން ވުޖޫދުވި ހެއްކަކަށް ވާން ޖެހޭނެކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އެގޮތުން މި ހެކިންނަކީ ކުރިން ވެސް ތިބޭނެ ހެކިންކަމަށް ގާޒީ ޝަކީލު ވިދާޅުވިއެވެ. އަދި ކިތާބީ ހެކިތަކަކީ ވެސް ކުރިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ހެކިތަކެއްކަން ފާހަގަ ކުރައްވައި ގާޒީ ވިދާޅުވީ، އަލަށް ފާޅުވި އެއްވެސް ހެއްކެއް ނެތް ކަމަށެވެ. ވުމާއެކު އާންމު އުސޫލުން ބަލާއިރު މިއީ ކުރިން ހުށަހެޅެން އޮވެ، ހުށަހަޅާފައި ނުވާ ހެކިތަކަކަށްވާތީ މި ހެކިތައް ބަލައިގަތުމަށް އިޢުތިރާޒް ކުރައްވާކަމަށް ގާޒީ ޝަކީލު ވިދާޅުވިއެވެ.

މި މައްސަލައިގެ ޚުލާސާ ބަޔާން އަންނަ މަހު 29ގައި އިއްވައި، އޮކްޓޯބަރު މަހުގެ ފަހު ކޮޅު ނުވަތަ ނޮވެމްބަރު މަހުގެ ކުރީކޮޅު ހުކުމް އިއްވޭނެ ކަމަށް ވެސް އިސް ގާޒީ ވިދާޅުވިއެވެ.

އަމީނަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޜަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ)އިން އޭނާއަށް މާލީ ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައިވެއެވެ. 

އަމީންކްރިމިނަލް ކޯޓްހައި ކޯޓުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުޕީޖީ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު