Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯގެ ކުނި ނެގުމުގެ ޚިދުމަތް

ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްދީފި

16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 13:39

ކޮވިޑް-19ގެ ހާލަތުގައި ވެމްކޯއިން ކުނި ނަގާފައިވަނީ މަގުމައްޗަށް ނެރުމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 13:39
ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ފޯރުކޮށްދޭ ގޭބީސީތަކުން ކުނި ނެގުމުގެ ޚިދުމަތަށް ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ވެމްކޯއިން ކުނި ނެގުމުގެ ކަންކަން ކުރިއަށްގެންދާގޮތަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރެއްވީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުޙައްމަދެވެ. ކޮވިޑް-19ގެ ހާލަތުގައި ވެމްކޯއިން ކުނި ނަގާފައިވަނީ ގޭގޭގެ ބޭރުންނެވެ. އެހެންނަމަވެސް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ޚިދުމަތް ދޭ ގޮތަށް ވެމްކޯއިން ވަނީ ބަދަލުގެނެސްފައެވެ. އެހެންނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން މަގުމައްޗަށް ކުނި ނެރޭތީ ވެމްކޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ އެމްޑީ އާދަމް މުޙައްމަދު ވިދާޅުވީ ކޮވިޑް-19ގެ ހާލަތުގައި މި ޚިދުމަތަށް ރަޖިސްޓްރީ ނުކުރާ ގޭގެއިންވެސް ކުނި ނަގައިދީފައިވާއިރު، ދެން އެގޮތަށް އެ ޚިދުމަތް ނުދޭން ނިންމާފައިވާ ކަމަށެވެ. މާލެ ސަރަހައްދުގެ 50 އިންސައްތަ ގޭބީސީން ވެސް މި ޚިދުމަތަށް ރަޖިސްޓްރީކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ވީހާވެސް އަވަހަކަށް އެ ޚިދުމަތަށް ރަޖިސްޓްރީ ކުރުމަށް އާދަމް ވަނީ އެދިވަޑައިގެންފައެވެ.

މި ޚިދުމަތަށް ރަޖިސްޓްރީކުރުމަށް މިހާރު ހުޅުވާލާފައިވާއިރު މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ގާއިމްކޮށްފައިވާ ރެޖިސްޓްރޭޝަން ޑެސްކުތަކުންނާއި، ވެމްކޯގެ ވެބްސައިޓް މެދުވެރިކޮށްވެސް މި ޚިދުމަތަށް ރަޖިސްޓްރީކުރެވޭނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. މިމަހުގެ 30 ގެ ނިޔަލަށް ރަޖިސްޓްރޭޝަން ކުރިއަށްގެންދަން ނިންމާފައިވާއިރު، ރެޖިސްޓްރޭޝަން ކުރިއަށްދާ މުއްދަތުގައި މަގުމަތިން ކުނި ނަގަމުންދާނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ވީހާވެސް އަވަހަކަށް މި ޚިދުމަތަށް ރަޖިސްޓްރީކުރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވެމްކޯއިން ޚިދުމަތް ދިނުމުގައި އަމަލުކުރާ އުސޫލަށް ބަދަލުގެނެސްފައިވާއިރު، މިކަން ނޭނގިގެން ނުވަތަ އެނގިގެން ވިޔަސް ގިނަ ބަޔަކު މަގުމައްޗަށް ކުނި ނެރެފައިވާކަމަށް ވެމްކޯގެ އެމްޑީ ފާހަގަކުރެއްވިއެވެ. އަދިވެސް ބައެއް ސަރަހައްދުތަކަށް ކުނި ޖަމާކޮށްފައިވާކަމަށާއި، މި ސަރަހައްދުތަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އެމްޑީ އާދަމް ވިދާޅުވިއެވެ.

ވެމްކޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
30 އޮކްޓޯބަރު 2025

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
28 ސެޕްޓެމްބަރު 2025

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
26 ޖޫން 2025

މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު

26 ޖޫން 2025
މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު
30 އެޕްރީލު 2025

މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން

30 އެޕްރީލު 2025
މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން
28 ޖެނުއަރީ 2025

ރަމްޟާން މަހަށް މާލެ ސާފުކުރުމުގެ މަސައްކަތް ކުރަން ކައުންސިލާއި ވެމްކޯއިން ނިންމައިފި

28 ޖެނުއަރީ 2025
ރަމްޟާން މަހަށް މާލެ ސާފުކުރުމުގެ މަސައްކަތް ކުރަން ކައުންސިލާއި ވެމްކޯއިން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް