Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްފެންގަނޑު

ރީތި މަސްފެންގަނޑުތައް ވަދާއީ ފެންގަނޑުތަކަކަށް ބަދަލުނުކުރޭ!

ދާދި ފަހުން 11 މަހުގެ ކުއްޖަކު މަސްފެންގަނޑަށް ވެއްޓި މަރުވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2021 | ބުދަ 17:51
ރީތި މަސްފެންގަނޑުތައް އަތޮޅުތެރޭގެ ރަށްރަށުގައި ވަރަށް ގިނައިން ހަދާފައިހުރޭ

ރީތި މަސްފެންގަނޑުތައް އަތޮޅުތެރޭގެ ރަށްރަށުގައި ވަރަށް ގިނައިން ހަދާފައިހުރޭ

ހިމަ ގޯޅިއަކުން ވަދެގެން ދާއިރު، ވަށައިގެން ވަނީ ފެހި ގަސްތަކެކެވެ. ތަފާތު ވައްތަރުގެ މާމެލާމެލީގެ ގަސްތަކުން މުޅި ގޯތިތެރެ އޮތީ ފުރިފައެވެ. ވަކި ހިސާބެއްގައި ޖޯލިފަތި ބަހައްޓާފައި ހުރިއިރު، އެތަނުގައި މަޑުކޮށްލަން ބޭނުން ނުވާނެ މީހަކު ނުހުންނާނެއެވެ.

އަވިބާރު ވަގުތުވެސް ގޭގެ ބަގީޗާގެ ފުރިހަމަ ކަމުން ހިސާބުގަނޑު މީހުން ކުދިންތައް ގޮވައިގެން އާދެއެވެ. ފޫހިފިލުވައިދޭ އެބަގީޗާއަށް އިތުރު ފުރިހަމަކަން ގެނެސްދީފައިވާ މަސްފެންގަނޑަކީ ކުދިންގެ އެންމެ ގާތް އެކުވެރިޔާއެވެ. މަހަށް ކާންދިނުމާއި މަސްފެންގަނޑު އިތުރަށް ރީތި ކުރުމަކީ އެކުދިންގެ ކޮންމެ ދުވަހެއްގެ މަސައްކަތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ނަމަވެސް މިފަދަ ގޮތްގޮތަށް ހަދާފައި ހުންނަ ރީތި ތަންތަނުން ބައެއް ހާލަތްތަކުގައި މުޅި ދިރިއުޅުން ބަނަވާ ފަހަރު އާދެއެވެ. އަޅުގަނޑުމެންގެ ދެލޮލުގެ ނޫރުކަމުގައިވާ ތުއްތުކުދިން މިދުނިޔެއަށް އަލްވަދާއު ކިޔަނީ މިފަދަ މަސްފެންގަނޑުތަކަށް ވެއްޓި ނޭވާ ހާސްވެގެންނެއެވެ. އެގޮތުން 28 އޮގަސްޓް 2021ގައި މުޅި ރާއްޖެ ސިއްސުވާލީ ވެސް މިފަދަ ހިތާވެރި ހާދިސާއަކުންނެވެ. އެންމެ 11 މަހުގެ ތުއްތު ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓި މަރުވީއެވެ.

މީގެ އިތުރުން ވެސް މަސްފެންގަނޑަށް ތުއްތު ކުދިން ވެއްޓި ހާލު ސީރިއަސްވެ ފަަރުވާ ދޭން ޖެހިފައި އެބަހުއްޓެވެ. މިއަހަރުގެ މާރޗް މަހުގެ ރ.އުނގޫފާރުގައި 1 އަހަރާ 4 މަހުގެ ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓި، ހާލު ދެރަވެ އައިސީޔޫގައި ވެސް ފަރުވާ ދީފައިވެއެވެ. އަދި ގަމުގައި ކުއްޖަކު މަސްފެންގަނޑަށް ވެއްޓި، ވެންޓިލޭޓަރުގައި ފަރުވާ ދީފައިވެއެވެ.

މިފަދަ ހާދިސާތަކަކީ ހަމައެކަނި ރާއްޖޭގައި ހިނގާ ހާދިސާތަކެއް ނޫނެއެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މިފަދަ ހާދިސާތައް ހިގަމުންދާއިރު، މިކަމަށް މިހާރަށް ވުރެ ބޮޑަށް ބެލެނިވެރިން ހޭލުންތެރިވާން ޖެހެއެވެ. ދަރިންގެ ފަހަތުން އަބަދު ނޫޅެވޭނެކަން ދަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހެއެވެ.

މިމައްސަލައާ ގުޅިގެން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، އަޙުމަދު ފައިޞަލް ވިދާޅުވީ އާއްމުކޮށް މަސްފެންގަނޑު ހުންނާނީ އެހާފުންކޮށް ނޫން ކަމަށާއި، ވަރަށް ތިލަވާނެ ކަމަށެވެ. އެހެންކަމުން އެއަށް ވެއްޓިގެން ކުއްޖަކަށް ގެއްލުމެއް ނުވާނެ ކަމަށް ބައެއް މީހުންނަށް ހީކުރެވޭ ކަމަށް ޑރ. ފައިޞަލް ވިދާޅުވިއެވެ. އެއީ ކުށްހީއެއްކަން ފާހަގަކުރައްވައި ޑޮކްޓަރ ވިދާޅުވީ, ވޭތުވެދިޔަ 3 އަހަރުވެސް މަސްފެންގަނޑަށް ވެއްޓިގެން ކުދިން މަރުވެފައި އެބަހުރި ކަމަށެވެ. އަދި މަރުނުވި ނަމަވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަސްފެންގަނޑު ސާފުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މަސްފެންގަނޑުގައި ހުންނަ ފެނަކީ ފަންގަސްފަދަ އެއްޗެހި ނެތް ފެނަށްވުން މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ގެނބިގެން ނޭވާނުލެވި ހަރަކާތެއް ނެތި އޮންނަ ކުއްޖެއްގެ ފުރާނަ ސަލާމަތްކުރުމަށް ސީޕީއާރް ދިނުން މުހިންމު ކަމަށް ވިދާޅުވެފައިވެއެވެ. އެއީ އޮކްސިޖަން ނުލިބި އޮންނަ ސިކުނޑިއަކަށް އެންމެ މުހިންމުވާނީ އެފަރުވާ ކަމުގައިވާތީއެވެ.

ދިރާސާތައް ދައްކާ ގޮތުން މަސްފެންގަނޑަށް އެންމެ ގިނައިން ވެއްޓެނީ ހިނގައިގަންނަން ފަށާ އުމުރުފުރާގެ ކުދިންނެވެ. އެހެންކަމުން މިކަމުން ރައްކާތެރިވުމަށް ވަރަށްގިނަ ކަންތައްތައް ކުރެވޭނެ އެވެ. ފެންގަނޑު ފަރުމާކުރުމަށް ބަދަލު ގެނެވޭނެއެވެ.

އެގޮތުން ފެންސު ޖެހުމާއި، މަތީގައި ނެޓުޖެހުމާއި، ވަށައިގެން އޮންނަ ފާރު ކުދިންނަށް އެތެރެއަށް ނުވަދޭވޭގޮތަށް ހެދުމާއި، ފެންގަނޑުތެރެއިން ފަސޭހައިން ބޭރަށް ނިކުމެވޭގޮތަށް ހެދުމާއި، ފެންގަނޑު އުސްކޮށް, ނޭރެވޭނެ ގޮތަކަށް ހެދުމާއި، ފަސޭހައިން ފެންނަ ހިސާބެއްގައި ފެންގަނޑު ހެދުން, އަދި ރެއާދުވާލު އަލިވާތަނެއްގައި މަސްފެންގަނޑު ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރައްކާވެތިބިއްޔާ ދަތުރޭ ބުނާ ބީދައިން، މިއަދު މިކަންކަމަށް ސަމާލުވާން ޖެހެއެވެ. ރީތި ޑިޒައިންތަކާއެކު ވެސް މަސްފެންގަނޑު އެތައް ގޮތަކަށް ފަރުމާ ކުރެވޭނެއެވެ. 80ގެ އަހަރުތަކުގައި ކުޑަކުދިންނާއި މީހުންނަށް ގޭގައި ހުންނަ ފެން ވަޅުތަކަށް ވެއްޓި އަނިޔާވުމުގެ ހާދިސާތައް އިތުރުވާތީ، ވަޅުތައް އުސްކުރަން ސަރުކާރުން އެންގި ޒަމާން މިއަދު މިވަނީ ބަދަލުވެފައެވެ.

ޚާއްސަ އުސޫލުތަކާއި ގަވާއިދުތަކެއް ސަރުކާރާއި ކައުންސިލުންތަކުން އާއްމު ނުކުރި ނަމަވެސް ތިމާމެންގެ ދަރިންގެ ސަލާމަތަށްޓަކައި ފަރުދީ ޒިންމާއެއްކަން ދަނެ މިކަންކަން ހައްލު ކުރަން ޖެހެއެވެ. އެހެން ނޫންނަމަ ބަގީޗާގައި ހަދާފައި ހުންނަ ރީތި މަސްފެންގަނޑު ބަދަލުވެގެންދާނީ ވަދާއީ ފެންގަނޑަކަށެވެ.

މަސްފެންގަނޑު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ރީތި ނަލަ ނަލަ ހަނދެއް ކުރި އަލި" ފަނޑުވީ، ދިވެހީންގެ ހިތްތައް ރޮއްވާލަމުން

"ރީތި ނަލަ ނަލަ ހަނދެއް ކުރި އަލި" ފަނޑުވީ، ދިވެހީންގެ ހިތްތައް ރޮއްވާލަމުން

27 ސެޕްޓެމްބަރު 2021
ރާއްޖޭގެ ރީތި ނަން ކުޑައަގަކަށް ވިއްކާލަނީތަ؟

ރާއްޖޭގެ ރީތި ނަން ކުޑައަގަކަށް ވިއްކާލަނީތަ؟

27 އޯގަސްޓު 2021
ރާއްޖޭގެ ޖާދުވީ ރީތިކަން ދަމަހައްޓަންޏާ ތިމާވެއްޓަށް ސަމާލުވޭ!

ރާއްޖޭގެ ޖާދުވީ ރީތިކަން ދަމަހައްޓަންޏާ ތިމާވެއްޓަށް ސަމާލުވޭ!

03 އޯގަސްޓު 2021
ޔޫރޯއިން ފެނުނު ކަމަށް ބުނެވޭ އެންމެ ރީތި ފަސް ކުޅުންތެރިން

ޔޫރޯއިން ފެނުނު ކަމަށް ބުނެވޭ އެންމެ ރީތި ފަސް ކުޅުންތެރިން

07 ޖުލައި 2021
ކިރިކާ ގައުމަށް ރީތި ނަން ހޯދައިދިނުމުގެ އަޒުމުގައި

ކިރިކާ ގައުމަށް ރީތި ނަން ހޯދައިދިނުމުގެ އަޒުމުގައި

14 ސެޕްޓެމްބަރު 2020

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު