Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީގެ މަސައްކަތްތައް

މަސައްކަތްތައް ވަރަށް ކާމިިޔާބު، މިއަހަރު ވެސް ނިންމާލާނީ ރަނގަޅު ފާއިދާއާއެކު: އާޒިމް

14 ސެޕްޓެމްބަރު 2021 | އަންގާރަ 03:25

ގާތްގަނޑަކަށް 350 މިލިއަން ރުފިޔާގެ އިކުއިޕްމެންޓްތައް އިންވެސްޓް ކުރެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ސެޕްޓެމްބަރު 2021 | އަންގާރަ 03:25
ހޯރަފުށީގައި އަޅާ ފެރީޓާމިނަލްގެ އަމަލީ މަސައްކަތް ފެށި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ،

ހޯރަފުށީގައި އަޅާ ފެރީޓާމިނަލްގެ އަމަލީ މަސައްކަތް ފެށި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ،

މަސައްކަތްތައް ވަރަށް ކާމިިޔާބު ކަމަށާއި، މިއަހަރު ވެސް ނިންމާލާނީ ރަނގަޅު ފާއިދާއާއެކު ކަމަށް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ މާލީ ނަތީޖާ މިހާރު އާންމުކޮށްފައިވާއިރު ފާއިތުވި އަހަރު އެކުންފުނިން ކުރި 1.37 ބިލިއަން ރުފިޔާގެ ވިޔަފާރިން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އެ ކުންފުނީގެ 40 އަހަރުގެ ތާރީޚުގައި ލިބުނު އެންމެ ބޮޑު ފައިދާކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

Advertisement - newsAdvertisement

އެމްޓީސީސީއަށް މިހާތަނަށް ލިބުނު ކުރިއެރުންތަކާ ބެހޭ ގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މަގާމާ ހަވާލުވިއިރު މަޝްރޫއުތައް ނުނިމޭ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އެންމެ ފުރަތަމަ މަސައްކަތް ކުރީ މައްސަލަ ދެނެގަތުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން އިންސާނީ ވަސީލަތްތަކުގެ ދަތިކަމާއި، މަސައްކަތްތައް ކުރުމަށް ބޭނުންވާ އާލާތްތައް ނެތްކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ބޭނުން ކުރަމުން އައި ވެހިކަލްތަކަކީ ވެސް ވަރަށް ބޮޑަށް ހަވާލުވެ ގިނަ ދުވަސްވީ އެއްޗިއްސަށްވުމާއެކު ރަނގަޅަށް ބޭނުންނުހިފޭ އެއްޗެހި ކަމަށެވެ.

އާޒިމް ވިދާޅުވީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 350 މިލިއަން ރުފިޔާގެ އިކުއިޕްމެންޓްތައް އިންވެސްޓް ކުރެވިފައިވާ ކަމަށެވެ.

ކޮވިޑް-19ގެ ޕެންޑަމިކްއާއެކު ވެސް މަސައްކަތްތައް ނުހުއްޓި ކުރިއަށްދިޔަކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެމްޓީސީސީން އަބަދުވެސް މަސައްކަތް ކުރަނީ ތަކެތި ހޯދައިގެން އެންމެ ރަނގަޅު ނަފާ ހޯދަން ކަމަށެވެ. އަދި ކުންފުނީގެ ހިއްސާދާރުންނަށް ރަނގަޅު ހިއްސާއެއް ރަނގަޅު އާމްދަނީ އެއް ދިނުމަކީ ވެސް އަމާޒެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިހާރު ކުންފުނީގެ އެތެރޭގައި ހުރި މައްސަލަތައް ހައްލު ކުރެވި، އޯގަނައިޒް ކުރެވިފައިވާ ކަމަށާއި، އުސޫލުތަކާއި އިންތިޒާމްތަކުގެ ތެރެއިން މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން މަސައްކަތްތައް ހަލުއިވެ، މަޝްރޫއުތައް ނިންމަން ކަނޑައަޅާފައިވާ ތާރީޚުތަކަށް ނިންމޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިއަދު އެމްޓީސީސީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކާމިޔާބު ކުންފުންޏެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީއާދަމް ޢާޒިމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް