Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއާރުސީއެމްއަށް މެމްބަރަކު އައްޔަނުކުރުން

އެޗްއާރުސީއެމްއަށް މެމްބަރަކު އައްޔަނުކުރުން ހޯމަ ދުވަހުގެ ޖަލްސާގައި

12 ސެޕްޓެމްބަރު 2021 | އާދީއްތަ 17:36

އެޗްއާރުސީއެމްއަށް މެމްބަރަކު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް 14 ނަމެއް ފޮނުއްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ސެޕްޓެމްބަރު 2021 | އާދީއްތަ 17:36
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަށް މެމްބަރަކު އައްޔަނުކުރުމުގެ މައްސަލަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އެޗްއާރުސީއެމްއަށް މެމްބަރަކު އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް 14 ނަމެއް ފޮނުއްވާފައެވެ. މިނަންތައް ފޮނުވާފައިވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ. ނަންތައް ދިރާސާކުރުމުގެ މަސައްކަތްކޮށްފައިވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންނެވެ.

Advertisement - newsAdvertisement

ނަންތައް ދިރާސާކުރުމުގެ މަސައްކަތަށްފަހު ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓްގައިވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 14 ބޭފުޅުންނަކީވެސް އެމަގާމަށް އިންޓަރވިއު ކުރުމުގެ ޝަރުތު ފުރިހަމަވާ ފަރާތްތައްކަމަށް ހުށަހަޅާފައިވާތީ, އެފަރާތްތަކާ އިންޓަރވިއުކުރުމަށް ކޮމިޓީން ނިންމިކަމަށެވެ. ނަމަވެސް ކޮމިޓީން އިންޓަރވިއު ކުރުމަށް ނިންމި ފަރާތްތަކުގެ ތެރެއިން 3 ފަރާތެއް އިންޓަރވިއުއަށް ދައުވަތު ދިނުމުން އިންޓަރވިއުއަށް ހާޒިރުވާން ބޭނުންނުވާކަމަށް އަންގާފައިވާތީ އެތިން ފަރާތާ އިންޓަރވިއުކޮށްފައި ނުވާކަމަށެވެ. އަދި އިންޓަރވިއުކުރުމަށް ބޭއްވި ބައްދަލުވުންތަކަށް ހާޒިރުވި 9 ފަރާތަކާ ކޮމިޓީން އިންޓަރވިއުކޮށްފައި ވާނެކަމަށެވެ.

އެފަރާތްތަކާ ވަކިވަކިން އިންޓަރވިއުރކުރުމަށްފަހު, އެޗްއާރުސީއެމްއަށް އައްޔަނުކުރުމަށް ރުހުންދިނުމާމެދު ކޮމިޓީގެ މެމްބަރުންގެ މެދުގައި ވޯޓު ނެގުމުން ކޮމިޓީގެ ތިންބައިކުޅަ ދެބައި ވޯޓު ހަމަވާ އަދަދަށް, އިންޓަރވިއު ކުރެވުނު 9 ފަރާތުގެ ތެރެއިން ގދ. ތިނަދޫ/ އަސޭގެ އަލްއުސްތާޛް ސަމާއު އަޙުމަދު ނަޖީބަށް ވޯޓު ލިބިވަޑައިގެންފައިވާތީ ތަޅުމަށް އެނަން ފޮނުވުމަށް ފާސްކޮށްފައިވާކަމަށެވެ.

ރިޕޯޓްގައި ބުނެފައިވަނީ ކޮމިޓީން އިންޓަރވިއުކުރި ގިނަ ފަރާތްތަކަކީ އެކި ދާއިރާތަކުން ތައުލީމް ހާސިލުކޮށްފައިވާ ފަރާތްތައް ކަމުގައިވީނަމަވެސް އިންޓަރވިއުގައި ކޮމިޓީން ކޮށްފައިވާ ގިނަ ސުވާލުތަކަށް އިންސާނީ ހައްގުތަކުގެ ނަޒަރުން އެންމެ ފުރިހަމައަށް ޖަވާބު ދެވިފައިނުވާކަމާއި, ރާއްޖޭގެ މުޖުތަމައުގައި ހުރި އިންސާނީ ހައްގުތަކާގުޅޭ މައްސަލަތައް ހައްލުކުރާނެ ގޮތް ފުރިހަމައަށް ބުނެދެވިފައިނުވާކަން ފާހަގަކުރެވޭކަމަށެވެ. އަދި ކޮމިޓީން އިންޓަރވިއުކުރި ބައެއް ފަރާތްތަކަށް އެޗްއާރުސީއެމްގެ މެންޑޭޓާ އެހެނިހެން އިދާރާތަކުގެ މެންޑޭޓާ ފުށުއަރާ ހާލަތްތަކުގައި މައްސަލަ ހައްލުކުރާނެ ގޮތް ސަމާއު އަޙުމަދު ނަޖީބާ އެއްފެންވަރަށް ބުނެދެވިފައި ނުވާކަމަށާއި, އިންސާނީ ހައްގުތަކުގެ ބައިނަލްއަޤްވާމީ ނިޒާމާއި ބައިނަލްއަޤްވާމީ އުސޫލުތަކަށް އޭނާއާ އެއްމިންވަރަށް އަހުލުވެރިވެފައި ނުވާކަންވެސް ކޮމިޓީއަށް ފާހަގަކުރެވިފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ އާމިނަތު ޝަފާޢަތު ޢަބްދުއްރައްޒާޤާއި މުއުމިނާ ވަޙީދާއި ޑރ. އަޙްމަދު އަދުހަމް ޢަބްދުﷲ އަދި މަރިޔަމް މުނާ އެވެ. އެޗްއާރުސީއެމްގައި 5 މެމްބަރުން ތިއްބަވަންޖެހެއެވެ.

އެޗްއާރްސީއެމްރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

03 ޑިސެމްބަރު 2025
އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި
11 އޮކްޓޯބަރު 2025

އެޗްއާރްސީއެމްގެ އެސްޖީ އިސްތިއުފާ ދެއްވައިފި

11 އޮކްޓޯބަރު 2025
އެޗްއާރްސީއެމްގެ އެސްޖީ އިސްތިއުފާ ދެއްވައިފި
08 އޮކްޓޯބަރު 2025

ލޫޓުވައިފި ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނާ އެޗްއާރްސީއެމްއިން ބައްދަލުކޮށްފި

08 އޮކްޓޯބަރު 2025
ލޫޓުވައިފި ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނާ އެޗްއާރްސީއެމްއިން ބައްދަލުކޮށްފި
07 އޮކްޓޯބަރު 2025

މާފުށި ކައުންސިލް ރައީސްގެ އިނގިލި ބިންދާލި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށައިފި

07 އޮކްޓޯބަރު 2025
މާފުށި ކައުންސިލް ރައީސްގެ އިނގިލި ބިންދާލި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށައިފި
06 އޮކްޓޯބަރު 2025

ސޮނިކް ވެޕަން ބޭނުންކުރި މައްސަލަ އެޗްއާރްސީއެމްއިން ތަހުގީގުކުރަން ފަށައިފި

06 އޮކްޓޯބަރު 2025
ސޮނިކް ވެޕަން ބޭނުންކުރި މައްސަލަ އެޗްއާރްސީއެމްއިން ތަހުގީގުކުރަން ފަށައިފި
13 ސެޕްޓެމްބަރު 2025

މީޑިއާ ރެގިއުލޭޓް ކުރާ ބިލުގެ ދަށުން އޮންލައިންކޮށް ޚިޔާލުފާޅު ކުރާ ފަރާތްތައް ރެގިއުލޭޓު ކުރުމަކީ އެޗްއާރުސީއެމް އިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މަޖިލީހަށް އަންގައިފި

13 ސެޕްޓެމްބަރު 2025
މީޑިއާ ރެގިއުލޭޓް ކުރާ ބިލުގެ ދަށުން އޮންލައިންކޮށް ޚިޔާލުފާޅު ކުރާ ފަރާތްތައް ރެގިއުލޭޓު ކުރުމަކީ އެޗްއާރުސީއެމް އިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މަޖިލީހަށް އަންގައިފި
28 ފެބުރުއަރީ 2025

ޒަކިއްޔާގެ މަރުގެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅައިފި

28 ފެބުރުއަރީ 2025
ޒަކިއްޔާގެ މަރުގެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅައިފި
26 ޖެނުއަރީ 2025

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް މުއުމިނާ ވަޙީދު

26 ޖެނުއަރީ 2025
ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް މުއުމިނާ ވަޙީދު
09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
22 ސެޕްޓެމްބަރު 2024

ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމު ކުރުން ހުއްޓުވައިފި

22 ސެޕްޓެމްބަރު 2024
ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމު ކުރުން ހުއްޓުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް