ކ. މާލެ
|
7 ސެޕްޓެންބަރ 2021 | އަންގާރަ 17:44
ގދ.ތިނަދޫ
ގދ.ތިނަދޫ
އެމްޓީސީސީ
ގޮދަން ފުށުގައި ގިނަ އަދަދަކަށް އުކުނާއި ފަނި
ތިނަދޫގައި ރައްކާކޮށްފައި ހުރި ގޮދަން ފުށުގައި ގިނަ އަދަދަކަށް އުކުނާއި ފަނި!
 
ޕްރީމަ ސިލޯން ބްރޭންޑްގެ އެ ބެޗްގެ ފުށް ނުވިއްކުމަށް ވަނީ އަންގާފައި
 
ރައްކާތެރިކަން ކަށަވަރުކުރާނެ
 
އެހެން ބެޗްތަކުގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ގދ. ތިނަދޫގައި ރައްކާކޮށްފައި ހުރި ''ޕްރީމަ ސިލޯން'' ބްރޭންޑްގެ ގޮދަން ފުށުގައި ގިނަ އަދަދަކަށް އުކުނާއި ފަނިހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މޯލްޑިވްސް ފުންޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނީ އެތޯރިޓީއަށް ހުށަހެޅި ޝަކުވާއަކާއި ގުޅިގެން ބެލިބެލުމުން, ތިނަދޫގައި ރައްކާކޮށްފައި ހުރި ''ޕްރީމަ ސިލޯން'' ބްރޭންޑްގެ ބެޗް ނަންބަރު MD2021003 ގޮދަން ފުށުގައި ގިނަ އަދަދަކަށް އުކުނާއި ފަނިހުރިކަމަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ޕްރީމަ ސިލޯން ބްރޭންޑްގެ އެބެޗްގެ ފުން ނުވިއްކުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.

އެމްއެފްޑީއޭއިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެހެން ބެޗްތަކުގެ ސާންޕަލް ނަގައި ޓެސްޓް ކުރަމުންދާ ކަމަށެވެ.

ކާބޯތަކެތީ މިފަދަ މައްސަލަތައް ފެންމަތިވަމުންދާއިރު، ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާހުގެ މިންވަރު ބެލުމުގެ މަސައްކަތްތައް އަބަދުވެސް އެމްއެފްޑީއޭއިން ކުރަމުން ގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް