Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެފޭ އުސޫލުން މަސްތުވާ ތަންތަން

ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ތަންތަނުގައި ފުލުހުން ޑިއުޓީ އަދާކުރަން ފަށައިފި

6 ސެޕްޓެމްބަރު 2021 | ހޯމަ 16:39

މިފަދަ 8 މައްސަލައެއްގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ސެޕްޓެމްބަރު 2021 | ހޯމަ 16:39
މަސްތުވާ ކެފޭތައް - ފުލުހުން ވަނީ އެތަންތަނުގައި ފޯރިމަރަން ފަށާފައި

މަސްތުވާ ކެފޭތައް - ފުލުހުން ވަނީ އެތަންތަނުގައި ފޯރިމަރަން ފަށާފައި

ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ތަންތަނުގައި ފުލުހުން ޑިއުޓީ އަދާކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފާހަގަ ކުރެވިފައިވާ ތަންތަނަށް މީހުން ވަނަ ނުދީ އެކަން ހުއްޓުވުމަށް ހޯމަ ދުވަހުގެ ހެނދުނު 7:00ން ފެށިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެގޮތުން އެފަދަ ތަންތާނގައި 24 ގަޑިއިރު ފުލުހުން ޑިއުޓީ ކުރަމުންދާނެ ކަމަށާއި، ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ 25 ތަނެއްގެ ވެރިފަރާތަކަށް ގާނޫނީ އިންޒާރުދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި އެފަދަ 8 މައްސަލައެއްގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާ އިރު، އިތުރު 4 މައްސަލައެއްގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި, އަދި 1 ގޭގެ މައްސަލައިގައި ޕީޖީން ވެރިފަރާތަށް ދައުވާ ކުރުމަށް ކޯޓަށް ފޮނުވާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ މ. ބްރައިޓްފްލާވަރ ގޭގައި ކެފޭއުސޫލުން މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލާގައި, އެ ގޭގައި މީހުން މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ޕެޑްލް ކުރާކަމަށް ގަބޫލުކުރެވޭ ހާލަތު އޮވެ، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެކަން ހުއްދަކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ދައުވާކޮށްފައިވަނީ މ. ބްރައިޓްފްލާވަރ ޙުސައިން ޔޫސުފްގެ މައްޗަށް ކަމަށެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 127 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން، ގެއެއް ނުވަތަ އިމާރާތެއް ނުވަތަ ގެއަކުން ނުވަތަ އިމާރާތަކުން ބައެއް، ޖަދުވަލު 1ގައި ވާ މަސްތުވާއެއްޗެއް ނުވަތަ ޖަދުވަލު 2 ގައި ވާ މަސްތުވާއެއްޗެއް، ޓްރެފިކްކުރުމަށް ނުވަތަ ޕެޑެލްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ ނުވަތަ އެއިން ކަމެއް ކުރުމަށްކަން ގަބޫލުކުރެވޭ ހާލު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގެ މަސްއޫލިއްޔަތު އުފުލާފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ކުށުގެ ދައުވާ ކުރުމަށް 2 ސެޕްޓެންބަރު 2021 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

މިއީ ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތި ވިއްކާ މައްސަލައިގައި, މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ގޭގެ ވެރިފަރާތުގެ މައްޗަށް ދައުވާކުރެވުނު ފުރަތަމަ ފަހަރު ކަމަށް ޕީޖީން ބުނެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
12 މާރިޗު 2017

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް