Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޮނިޓަރިންނަށް ލާފައިވާ ރަށްތައް

މި މަހުގެ މިހާތަނަށް 4 ރަށެއް މޮނިޓަރިއަށް، ޖުމްލަ 23 ރަށެއް!

5 ސެޕްޓެމްބަރު 2021 | އާދީއްތަ 07:23

މޮނިޓަރިންގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ ރ. ދުވާފަރު

އަމްނާ އިމާދު
އަމްނާ އިމާދު | 5 ސެޕްޓެމްބަރު 2021 | އާދީއްތަ 07:23
އަތޮޅުތަކުގެ ރަށްރަށް،

އަތޮޅުތަކުގެ ރަށްރަށް،

ކޮވިޑް-19ގެ ކޭސްތައް ފެނިގެން 23 ރަށެއް މޮނިޓަރިންއަށް ލާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން މިވަގުތު މޮނިޓަރިންގައި އޮތީ ރ. ދުވާފަރު، އއ. ހިމަންދޫ، އދ. ހަންޏާމީދޫ، މ. މަޑުއްވަރި، ކ. ގާފަރު، ފުވައްމުލައް ސިޓީ، އދ. މަޑަވެލި، ލ. މުންޑޫ، ށ. މިލަންދޫ، އދ. މަހިބަދޫ، ވ. ތިނަދޫ، ށ. ކަނޑިތީމު، ހދ. ނޮޅިވަރަމް، މ. ވޭވަށް، ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫފޭދޫ، ސ. ފޭދޫ، ހދ. ނޮޅިވަރަންފަރު، ރ. މަޑުއްވަރި، ސ. ހުޅުމީދޫ، ރ. ރަސްމާދޫ އަދި ގދ. ފަރެސްމާތޮޑާ އެވެ.

Advertisement - newsAdvertisement

މޮނިޓަރިންއަށް ލާފައިވާ ރަށްރަށުގެ ތެރެއިން މޮނިޓަރިންގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ ރ. ދުވާފަރު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ދުވާފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހު 25 ވަނަ ދުވަހުއެވެ. މި މަހުގެ ތެރޭގައި މޮނިޓަރިންއަށް ލާފައިވަނީ 4 ރަށެކެވެ. އެއީ ރ. މަޑުއްވަރީ، ސ. ހުޅުމީދޫ، ރ. ރަސްމާދޫ އަދި ގދ. ފަރެސްމާތޮޑާއެވެ.

މޮނިޓަރިންގެ ހާލަތަށް ރަށެއް ގެންނަނީ ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށެވެ. މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށުގެ ކަންކަން އެޗްޕީއޭއިން ވަރަށް ގާތުން ބަލަމުންދެއެވެ. އަދި އެރަށެއްގެ ހާލަތު ރަނގަޅުވާ މިންވަރަށް ބަލައި، ރަށްތައް މޮނިޓަރިންއިން ނަގަމުންދެއެވެ.

ރާއްޖެއިން ފެންނަ ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު މިހާރު ދަށްވި ނަމަވެސް މިދިޔަ މެއި މަހުގެ ތެރޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ 73 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. އެދުވަސްވަރު މާލޭގެ އިތުރުން އަތޮޅުތެރޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވާތީ ބަލި ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން ބައެއް ރަށްރަށް މޮނިޓަރިންއަށް ލައި، ގިނަ ރަށްރަށުގައި ކާފިއު ހިންގިއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވެ، ޚާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ރަނގަޅުވުމާއެކު، އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މިހާރު ވަނީ ލުއި ދީފައެވެ. މިގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އަތޮޅުތެރެއަށް ދަތުރުކުރެވޭ ގޮތަށް މިހާރު ވަނީ ހުޅުވާލާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
09 މާރިޗު 2017

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް