Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާން އަންހެނުން މުޒާހަރާކުރުން

ހަމަހަމަކަން ގާއިމްކުރުމަށް ގޮވާލައި ކާބުލްގައި އަންހެނުން މުޒާހާރާކޮށްފި

4 ސެޕްޓެމްބަރު 2021 | ހޮނިހިރު 02:49

މުޒާހަރާކުރަމުން ދިޔަ އަންހެނުންނާއި ތާލިބާނުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވޭ

މަޚްތޫމް
މަޚްތޫމް | 4 ސެޕްޓެމްބަރު 2021 | ހޮނިހިރު 02:49
ތާލިބާނުން ކޮންޓްރޯލް ކުރަމުން އަންނަ ކާބުލްގައި ހަމަހަމަކަން ގާއިމްކުރުމަށް ގޮވާލާ އަންހެނުންތަކެއް ކުރި މުޒާހަރާގެ ތެރެއިން

ތާލިބާނުން ކޮންޓްރޯލް ކުރަމުން އަންނަ ކާބުލްގައި ހަމަހަމަކަން ގާއިމްކުރުމަށް ގޮވާލާ އަންހެނުންތަކެއް ކުރި މުޒާހަރާގެ ތެރެއިން | ސީ.އެން.އެން

ތާލިބާނުންގެ ކޮންޓްރޯލްގެ ދަށުގައިވާ ކާބުލްގައި، އަންހެން އެކްޓިވިސްޓުންތަކެއް ނުކުމެ ހަމަހަމަކަން ގާއިމް ކުރުމަށް ގޮވާލައި މުޒާހާރާކޮށްފިއެވެ.

ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މި މުޒާހަރާ ބާއްވާފައިވަނީ ވިމަން ޕޮލިޓިކަލް ޕާޓިސިޕޭޝަން ނެޓްވޯކުންނެވެ. ނުރައްކާ އޮތް ނަމަވެސް މި ގްރޫޕުން ވަނީ ހުކުރު ދުވަހު ފިނޭންސް މިނިސްޓްރީގެ ކުރިމަތީގައި މުޒާހަރާކޮށްފައެވެ. އެމީހުން ގޮވަމުން ދިޔައީ ސަރުކާރުގައި އަންހެނުން ބައިވެރި ކުރުމަށާއި، ގާނޫނުއަސާސީއެއް އެކުލަވާލުމަށެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން މުޒާހަރާކުރަމުން ދިޔަ އަންހެނުންނާއި ތާލިބާންގެ ގާޑުންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. އަދި މުޒާހަރާ ފެށުމުގެ ކުރިން އެތަނުން ދިއުމަށް ފިރިހެނަކު ގޮވާ އަޑު އިވޭކަމަށް ވެސް މީޑިއާތުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އެއްވި މީހުންގެ އަދަދު ނިސްބަތުން މަދުކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އިރު، މުޒާހަރާގެ ބައިވެރިން ލައިވް ކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި އެތަނުގައި ތިބީ މަދު އަދަދެއްގެ ބައެކެވެ. ނަމަވެސް މިއީ ތާލިބާނުންގެ ވެރިކަމުގައި ހަމަހަމަކަން ހޯދުމަށް ނުކުމެ ކުރި ޗެލެންޖެއްކަމަށް މީޑިއާތަކުގައި ބުނެފައިވެއެވެ.

ތާލިބާން ޖަމާއަތުން އަންނަނީ ސަރުކާރު އުފެއްދުމަށްޓަކައި އެ ޖަމާއަތުގެ އެތެރޭގައި މަޝްވަރާތަކެއް ކުރަމުންނެވެ. އަދި މަސައްކަތް ކުރާ އަންހެނުން ތިބެން ޖެހޭނީ ގޭގައި ކަމަށް ބުނެފައިވާ އިރު، ތާލިބާނުން ވަނީ އޮފީސްތަކުގައި މަސައްކަތް ކުރާ އަންހެނުން އެމީހުންގެ މަސައްކަތް ދޫކޮށް ދިއުމަށް ވެސް އަންގާފައެވެ.

އެހެންނަމަވެސް ތާލިބާނުންގެ ލީޑަރު ވަނީ މުޖްތަމައުގައި އަންހެނުން ބޮޑު ރޯލެއް އަދާކުރަނެކަމަށް ވިދާޅުވެ އަންހެނުންނަށް ތައުލީމް ހާސިލް ކުރުމުގެ ފުރުސަތުދޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިސްލާމީ އުސޫލުތައް ކަމަށް ބުނެ އަންހެނުން އާންމުތަންތަނަށް ނުކުތުމާއި މަސައްކަތް ކުރުން ހުއްޓުވަފާނެކަމުގެ ބިރު ހީވެފައިވެއެވެ. މީގެ 20 އަހަރު ކުރިން ތާލިބާނުންގެ ބާރުގެ ދަށުގައި އަފްގާން އޮތް އިރު ވެސް އަމަލުކުރި ގޮތަށް އަމަލުކޮށްފާނެކަމުގެ ބިރު އާންމުންގެ ތެރޭގައި ފެތުރިފައިވެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

31 މެއި 2017

ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި

31 މެއި 2017
ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި
31 މެއި 2017

ކާބުލްގައި ޑިޕްލޮމޭޓުން ތިބޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

31 މެއި 2017
 ކާބުލްގައި ޑިޕްލޮމޭޓުން ތިބޭ ސަރަހައްދުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި
03 މެއި 2017

އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި

03 މެއި 2017
އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި
19 މާރިޗު 2017

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
26 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި 10 ފުލުހަކާއި ކޮމާންޑަރެއްގެ އަންހެނުން މަރާލައިފި

26 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި 10 ފުލުހަކާއި ކޮމާންޑަރެއްގެ އަންހެނުން މަރާލައިފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް