Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިހިވެލި ބީޗް ރިސޯޓުގެ މައްސަލަ

ރިހިވެލި ބީޗް ރިސޯޓު ހިންގުމުގެ ލައިސަންސް ބާތިލްކޮށްފި

3 ސެޕްޓެމްބަރު 2021 | ހުކުރު 11:42

މަސްލަހަތު ގެއްލޭފަދަ ކަމެއް ހިންގާފައި ނުވާނެކަމަށް އެ ކުންފުނީގެ 7 ހިއްސާދާރުން ބުނެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ސެޕްޓެމްބަރު 2021 | ހުކުރު 11:42
ރިހިވެލި ރިސޯޓު،

ރިހިވެލި ރިސޯޓު،

ރިހިވެލި ބީޗް ރިސޯޓު ހިންގުމުގެ ލައިސެންސް ޓޫރިޒަމް މިނިސްޓްރީން ބާތިލް ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ސިވިލް ކޯޓުގެ އަމުރަށް ރިއާޔަތް ކުރުމަށްފަހު، 2 ސެޕްޓެންބަރު ވީ ބުރާސްފަތި ދުވަހު ރިހިވެލި ބީޗް ރިސޯޓުގެ ހިންގުމުގެ ލައިސަންސް ބާތިލް ކޮށްފައިވާ ކަމަށެވެ. ލައިސަންސް ބާތިލް ކޮށްފައިވަނީ އެރިސޯޓުގެ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށެވެ.

Advertisement - newsAdvertisement

ރިހިވެލި ބީޗް ރިސޯޓު ހިންގުމުގެ ލައިސަންސް ބާތިލްކޮށްފައިވާއިރު، މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން ސަބްލީޒްކޮށްފައިވާ ރިހިވެލި ބީޗަށް އަރައި، މަސްލަހަތު ގެއްލޭފަދަ ކަމެއް ހިންގާފައި ނުވާނެކަމަށް އެ ކުންފުނީގެ 7 ހިއްސާދާރުން ބުނެފައިވެއެވެ. ކުންފުނީގެ ހިއްސާދާރުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މުވައްޒަފުން އެ ރިސޯޓުން ބޭލުމަށް، ކުންފުނީގެ މެޖޯރިޓީ ހިއްސާދާރުން ކަމަށް ބުނެ ބަޔަކު އެ ރިސޯޓަށް އަރައި ހިންގި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެކަން ހިންގާފައިވަނީ ކުންފުނީގެ ހިއްސާދާރުންގެ ބައިވެރިވުން އޮވެގެން ނޫން ކަމަށާއި، ތަނުގެ މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއް ހިންގުމަކީ ހިއްސާދާރުންގެ ހައިސިއްޔަތުން އެއްވެސް ވަރަކަށް ތާއީދުކުރާ ކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން ކުންފުނީގެ ހިއްސާތަަކަށް ބަދަލު ގެނެސްފައިވާ ގޮތާއި، ޑިރެކްޓަރުންގެ ބޯޑާމެދު ގާނޫނީ މައްސަލަތަކެއް އުފެދިފައިވާތީ އެ މައްސަލަތައް ޝަރުއީ ކޯޓުތަކުގައި ކުރިއަށްދާކަން ވަނީ ފާހަގަކޮށްފައެވެ. ރިހިވެލި ބީޗް ރިސޯޓުގެ އުމްރާނީ ހާލަތު ބަދަލުކޮށް، އެރަށް ފަތުރުވެރިންނަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާހަލް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން ވަނީ ބުނެފައެވެ.

އެރިސޯޓުގެ ކުރީގެ މެނޭޖްމަންޓާއި މިހާރުގެ މެނޭޖްމަންޓާ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން ހަމަނުޖެހުން ހިންގި މައްސަލައެއް ފެންމަތިވެފައިވާއިރު، މާހަލް ޓުއަރސްއިން ބުނީ 14 ސެޕްޓެމްބަރ 2020 ގައި އެ ކުންފުނިން ރިހިވެލި ބީޗް ރިސޯޓުގެ ސަބްލީޒް އެގްރީމެންޓް ބާތިލުކުރީ ރަނގަޅަށް ކަމަށް، 31 އޯގަސްޓް 2021ގައި ސިވިލް ކޯޓުގެ ނިންމާފައިވާ ކަމަށެވެ.

ރިހިވެލި ބީޗް ރިސޯޓު ސަބްލީޒް ކުރުމުގެ ގޮތުން "ސޭވް ދަ ޑްރީމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އާއެކު 8 މެއި 2018 ގައި އެކުންފުނިން ވި އެއްބަސްވުން ބާތިލުކުރި މައިގަނޑު އެއް ސަބަބަކީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ހެޑްލީޒް ރެންޓާއި ސަބްލީޒް ރެންޓު ނުދެއްކުން ކަމަށް މާހަލް ޓްއަރސްއިން ބުނެއެވެ.

މާހަލް ޓުއަރސްއިން ބުނީ ހެޑްލީޒް ރެންޓުގެ ގޮތުގައި 323،188.79 ޔޫއެސް ޑޮލަރު (ތިންލައްކަ ތޭވީސްހާސް އެއްސަތޭކަ އަށްޑިހަ އަށް ޔޫއެސް ޑޮލަރު ހަތްދިހަނުވަ ސެންޓް)، އަދި ސަބްލީޒް ރެންޓުގެ ގޮތުގައި 1،000،000.00 ޔޫއެސް ޑޮލަރު (އެއްމިލިޔަން ޔޫއެސް ޑޮލަރު) ނުދައްކާ ކަމަށެވެ.

ރަށުގެ ހެޑްލީޒް ރެންޓު ނުދެއްކުމުން މީރާއިން ތަކުރާރުކޮށް ނޯޓިސްދެމުން ގޮސް މިހާރު ރެޑް ނޯޓިސް ފޮނުވާފައިވާ ކަމަށް މާހަލް ޓުއަރސްއިން ބުނެއެވެ.

މާހަލް ޓުއަރސްއިން ބުނީ ކުލި ނުދެއްކުމުގެ އިތުރުން ސަބްލީޒް އެގްރީމެންޓް ބާތިލުކުރި ސަބަބުތަކުގެ ތެރޭގައި އެރަށް ވީރާނާވެ، އިމާރާތްތަކާއި ޖެޓީ ފަދަ ތަންތަން ވެއްޓޭ ހިސާބަށް ދިއުމާއި، ނަރުދަމާއާއި އަލިފާންނިވާ ނިޒާމާއި އިންޝުއަރެންސާއި ނުލައި ރަށް ހިންގުމާއި އަދި އެތަކެއް މަސްދުވަސް ވަންދެން ތަނުގެ މުވައްޒަފުންނަށް މުސާރަ ނުދިނުމާއި ރަށުގެ ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ ފަދަ ގިނަގުނަ ކަންތައްތައް ކުރުން ހިމެނޭ ކަމަށެވެ.

އެކުންފުނީގެ އަމާޒަކީ ވީހާވެސް އަވަހަށް ސަރުކާރުން ގަބޫލުކުރާ މިންގަނޑަށް ރިހިވެލި ބީޗް ރިސޯޓުގެ އުމްރާނީ ހާލަތު ބަދަލުކޮށް، ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ފީތައް ދައްކައި އެރަށް އަވަހަށް ފަތުރުވެރިންނަށް ހުޅުވާލުން ކަމަށް މާހަލް ޓުއަރސްއިން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2017

މަޑޫގަލި ރިސޯޓުގެ ކުލީގެ ގޮތުގައި 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފި

12 ސެޕްޓެމްބަރު 2017
މަޑޫގަލި ރިސޯޓުގެ ކުލީގެ ގޮތުގައި 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފި
30 އޯގަސްޓު 2017

ބްރޯޑްކާސްޓްކުރަން ފަށާފައިނުވާ 13 ފަރާތެއްގެ ލައިސަންސް ބާތިލް ކުރަނީ

30 އޯގަސްޓު 2017
ބްރޯޑްކާސްޓްކުރަން ފަށާފައިނުވާ 13 ފަރާތެއްގެ ލައިސަންސް ބާތިލް ކުރަނީ
20 އޯގަސްޓު 2017

އެމްޓީސީސީ އާއި ސޭވްދަ ބީޗް ގުޅިގެން ހިރިލަންދޫގައި ސާފުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

20 އޯގަސްޓު 2017
އެމްޓީސީސީ އާއި ސޭވްދަ ބީޗް ގުޅިގެން ހިރިލަންދޫގައި ސާފުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި
13 އޯގަސްޓު 2017

ލައިސަންސް ނެތި ސައިކަލް ދުއްވި އަންހެނަކަށް ކޮށްލިވަރު!

13 އޯގަސްޓު 2017
ލައިސަންސް ނެތި ސައިކަލް ދުއްވި އަންހެނަކަށް ކޮށްލިވަރު!
12 އޯގަސްޓު 2017

ކަނިފިނޮޅު ރިސޯޓުގެ ދެ ރޫމުގައި އަލިފާން ރޯވެއްޖެ!

12 އޯގަސްޓު 2017
ކަނިފިނޮޅު ރިސޯޓުގެ ދެ ރޫމުގައި އަލިފާން ރޯވެއްޖެ!
23 ޖުލައި 2017

ވައްކަރު ރިސޯޓުގައި ބިދޭސީއަކަށް އަނިޔާކުރި މައްސަލައިގައި 3 ބިދޭސީން ހައްޔަރުކޮށްފި

23 ޖުލައި 2017
ވައްކަރު ރިސޯޓުގައި ބިދޭސީއަކަށް އަނިޔާކުރި މައްސަލައިގައި 3 ބިދޭސީން ހައްޔަރުކޮށްފި
01 މާރިޗު 2017

ސައޫދީ ރަސްގެފާނު ރިސޯޓުން މާލެ ވަޑައިގަންނަވާނީ ހެލިކޮޕްޓަރުގައި!

01 މާރިޗު 2017
ސައޫދީ ރަސްގެފާނު ރިސޯޓުން މާލެ ވަޑައިގަންނަވާނީ ހެލިކޮޕްޓަރުގައި!
09 ފެބުރުއަރީ 2017

އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ

09 ފެބުރުއަރީ 2017
 އޮޅުވެލި ރިސޯޓުގެ ވޯޓާވިލާއަކުން ވެއްޓި ޓޫރިސްޓަކު މަރުވެއްޖެ
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް