Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެހެންދި އެވޯޑް

"ރެހެންދި އެވޯޑު" ދިނުމުގެ ރަސްމިއްޔާތު މިމަހުގެ 6 ވަނަ ދުވަހު ރޭ!

އަމްނާ އިމާދު
އަމްނާ އިމާދު | 3 ސެޕްޓެމްބަރު 2021 | ހުކުރު 07:34
މިއަހަރުގެ ރެހެންދި އެވޯޑު ލިބޭނެ ކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކޮށްފައިވާ 7 ބޭފުޅުން،

މިއަހަރުގެ ރެހެންދި އެވޯޑު ލިބޭނެ ކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކޮށްފައިވާ 7 ބޭފުޅުން،

"ރެހެންދި އެވޯޑު" ދިނުމުގެ ރަސްމިއްޔާތު މިމަހުގެ 6 ވަނަ ދުވަހު ރޭ ބާއްވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ރެހެންދި އެވޯޑަކީ ގައުމީ ތަރައްގީގައި ފާހަގަކުރެވޭ ހިއްސާއެއް އަދާކުރާ، ގައުމަށް ލާބަޔާ މަންފާ ލިއްބައިދޭ ޚިދުމަތް ކޮށްދީފައިވާ އަންހެނުން އަދި އަންހެނުން ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ މަޤުޞަދުގައި އެ މިނިސްޓްރީއިން ދެމުންދާ އެވޯޑެކެވެ. ނަމުގައި ބާއްވާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޚާއްސަ އެވޯޑެއް ދެމުންދާ ކަމަށެވެ.

އެގޮތުން 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑު ހަވާލުކުރުމުގެ ރަސްމިއްޔާތު 06 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި އެވޯޑަކީ ގައުމީ ފެންވަރުގައި ދެވޭ އެވޯޑަކަށްވެފައި، މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ޙައިސިއްޔަތުން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު،، ގައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި ކުރިއެރުވުމަށް ވަކިވަކި ފަރުދުންނާއި ޖަމުއިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކޮންމެ އަހަރަކު ދެމުން ގެންދާ ޚާއްސަ އެވޯޑެކެވެ.

ހަމައެއާއެކު، ދިވެހިރާއްޖޭގެ ތަރައްގީއާއި، ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުމާއި، އެ ކަނބަލުން ކުރާ އަގުހުރި މަސައްކަތްތަކާއި، އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމާއި، ގައުމީ ޚިދުމަތުގައި އަދި އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، އާ ދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުމާއި، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތް ކުރާ ވަކިވަކި ފަރުދުންނާއި އަދި މުއައްސަސާތަކުގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަންކުރުން ވެސް މި އެވޯޑު ދިނުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ރެހެންދި އެވޯޑު

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2023

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2023
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
23 މާރިޗު 2022

ރެހެންދި އެވޯޑް މިފަހަރު ނުވަ ފަރާތަކަށް

23 މާރިޗު 2022
ރެހެންދި އެވޯޑް މިފަހަރު ނުވަ ފަރާތަކަށް
12 ޖެނުއަރީ 2022

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

12 ޖެނުއަރީ 2022
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު