Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމީ ވެކްސިން ކެމްޕެއިން

ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 302،000ށް

ހޯމަ ދުވަހު ފުރަތަމަ ޑޯޒް ޖަހާފައިވަނީ 531 މީހުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 އޯގަސްޓު 2021 | އަންގާރަ 18:26
ކުޅުދުއްފުށީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން

ކުޅުދުއްފުށީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ތެރެއިން

އިތުރު 325 މީހަކު ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ހޯމަ ދުވަހު 325 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 209 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 116 މީހުންނެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 302،182ށް އަރާފައެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު ފުރަތަމަ ޑޯޒް ޖަހާފައިވަނީ 531 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަަހައްދުން ވެކްސިން ޖެހި 274 މީހުންނާއި، އަތޮޅު ތެރެއިން ވެކްސިން ޖެހި 257 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 383،620ށް އަރާފައެވެ.

ވެކްސިން ޖެހުމަށް ޝަރުތުހަމަވާ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމަށްޓަކައި 1 ސެޕްޓެމްބަރުން ފެށިގެން, ވެކްސިން ޖެހުމަށް ޝަރުުހަމަވެ ވެކްސިންގެ އެއްވެސް ޑޯޒްއެއް ޖަހާފައި ނުވާ މީހުންނަށް އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރާގުޅޭ އާންމު ޚިދުމަތް ނުދިނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ވަނީ އަންގާފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެއްގަމާއި ކަނޑުދަތުރު ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުންނާއި، އަދި ޑޮމެސްޓިކް ވައިގެ ދަތުރުކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ޚިދުމަތްދިނުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންގައި ޝަރުތުކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު މެނުވީ ޚިދުމަތް ނުދިނުމަށް އަންގާ ކަމަށެވެ. އަދި ރައްޔިތުންނާ ގާތުން ދޭންޖެހޭ ޓެކްސީގެ ޚިދުމަތް ދޭފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިންގައި ޝަރުތުކޮށްފައިވާ ކަންކަން ކަށަވަރު ކުރުމަށްފަހު މެނުވީ ޚިދުމަތް ނުދިނުމަށް ވެސް އެދޭކަމަށެވެ.

މީގެ އިތުރުން ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް, ސެޕްޓެމްބަރ މަހުން ފެށިގެން އޮފީހަށް ނުކުމެވޭނީ ޕީސީއާރް ނެގެޓިވް ނަތީޖާއެއް ހިފައިގެން ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވެސް ވަނީ ބުނެފައެވެ. ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު, "ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއަށް ނުކުތުމުގައި އަމަލުކުރަންވީ ގޮތާ ބެހޭ ސަރކިއުލާ"ގައި ބުނެފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12ވަނަ މާއްދާގެ (ހ)ގެ 3ވަނަ ނަންބަރުގެ ދަށުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އިޢުލާނުގެ 5ވަނަ ނަންބަރުގެ ދަށުން، ކޮވިޑް-19އިން ރައްކާތެރިވުމަށް، ސިވިލް ސަރވިސްގެ މުވައްޒަފުގެ ތެރެއިން ވެކްސިން ޖެހުމުގެ ޝަރުތު ފުރިހަމަވާ މުވައްޒަފުން ވެކްސިން ޖެހުމަށާއި، އަދި ޝަރުތު ފުރިހަމަވާ މުވައްޒަފުންގެ ތެރެއިން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވާ މުވައްޒަފުން، ސެޕްޓެމްބަރ 1ން ފެށިގެން ވަޒީފާއަށް ނިކުންނަން ވާނީ ޕީސީއާރް ޓެސްޓު ހަދައިގެން ކަމަށެވެ. މިގޮތުން ކޮންމެ 14 ދުވަހަކުން ޕީސީއާރް ޓެސްޓު ހަދައިގެން ވަޒީފާއަށް ނުކުތުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާ ކަމަށެވެ.

ކޮވިޑް-19 ވެކްސިންކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމްއެޗްޕީއޭ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު